Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019

ޕާޓްނާޝިޕް ފޯރަމް 2019: ޖަޒީރާ ރާއްޖޭގެ ތަސައްވުރު ފަސް އަހަރު ތެރޭ ފޯރުކޮށްދޭނަން

18 ޖޫން 2019 | އަންގާރަ 14:52

ހުރިހާ ވައުދެއް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް

އަމަން ހަލީމް
އަމަން ހަލީމް | 18 ޖޫން 2019 | އަންގާރަ 14:52
ފޯރަމް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފޯރަމް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 ވަރަށް ކާމިޔާބު ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހި ވައުދުވެވަޑައިގެންނެވި "ޖަޒީރާ ރާއްޖެ" ދިވެހި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކުރުނބާ އައިލެންޑް ރިސޯޓުގައި ދެ ދުވަހުގެ މުއްދަތައް ކުރިޔަށް ދިޔަ ފޯރަމް ނިންމަވާލެއްވުމަށް ފަހު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހާރިޖީ ވަޒިރު އަބްދުﷲ ޝާހިދު ވިދާޅުވީ، މި ފަހަރުގެ ފޯރަމްގައި ރާއްޖެއިން ހުށައެޅި 70 މަޝްރޫއު ކުރިޔަށް ގެންދެވޭނެ ކަމާއި މެދު ޝައްކެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ފޯރަމްގައި ބައިވެރިވި ފަރާތްތަކުން ޖަޒީރާ ރާއްޖޭގެ ކޮންސެޕްޓް ބަލައިގެންފައިވާ ކަމަށާއި، މިކަމުން ދޭހަވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަށް ގެއްލިފައި އޮތް އިތުބާރު އަނބުރާ ލިބިއްޖެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށެވެ. އަދި މި އިތުބާރު އަނބުރާ އިޔާދަވުމުގެ ފަހަތުގައި ވަނީ ރައީސުން ފެށިގެން ގޮސް މުވައްޒަފުންނާ ހަމަޔަށް އެއް ވިސްނުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރަމުން ދިޔުން ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޕާޓްނާޝިޕް ފޯރަމްގެ ކޯ-ޗެއަރ މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ މި ދުވަހުގެ މަޝްވަރާތަކަށް ފަހު، މި ފަސް އަހަރަށް ރައީސް ސޯލިހު ވެވަޑައިގެންނެވި ހުރިހާ ވައުދުތައް ފުއްދޭނެ ކަމަށާއި ޖަޒީރާ ރާއްޖޭގެ ތަސައްވުރު ދިވެހި ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ ބޭރުގެ ވަފުދުތަކުން އެންމެ ބޮޑަށް ބަލައިގަން އެއް ކަމަކީ ހާމަކަށް ބޮޑު ގޮތެއްގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އަދި އިންވެސްޓަރުން އިންވެސްޓްމަންޓްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭން ގާނޫނީ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް ވެސް އެ ފަރާތްތަކުން ތައުރީފްކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މައްސަލަތަކާއި، މާލީ ނިޒާމު ހިންގުމުގެ މައްސަލަތަކާއި ރޭޓިންގްސްގެ މައްސަލަތައް އެބަހުރިކަން މި ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިކަން މިހެން އޮތް ނަމަވެސް މިހުރިހާ ކަމަކަށް ހައްލެއް ހޯދަން ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށާއި، އެހެންކަމުން އިންވެސްޓްކުރުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ބައިވެރިވީ ވަފުދުތަކުގެ މަންދޫބުން އެރުވި ކަމަށެވެ.

މިހާތަނަށް މާލީ އެހީ ލިބިފައިވާ މަޝްރޫއުތަކާއި ބެހޭގޮތުން ސުވާލުކުރެއްވުމުން އަމީރު ވިދާޅުވީ، ކައިރި މުސްތަގުބަލެއްގައި ހުރިހާ މަޝްރޫއުތަކަކާއި ބެހޭ ތަފްސީލީ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. މި ފަހަރުގެ ފޯރަމްގައި ހުށައެޅުނު މަޝްރޫއުތަކުގެ އަގު 1.6 ބިލިއަން ޑޮލަރަށް އަރާއިރު، އެ މަޝްރޫއުތައް ހިންގާނީ ސަރުކާރާ ގުޅިގެން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މި ފަހަރު ބޭއްވުނު ފޯރަމާ އެހެން ސަރުކާރުތަކުން، ހާއްސަކޮށް ރައީސް ޔާމިންގެ ސަރުކާރުން ބޭއްވީ އިންވެސްޓްމަންޓް ފޯރަމްތަކާ ތަފާތުވަނީ ކޮންގޮތަކުންތޯ ނޫސްވެރިޔަކު އެހި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ، މި ފަހަރު ބޭއްވުނީ އިންވެސްޓްމަންޓް ފޯރަމެއް ނޫންކަމަށާއި، މިއީ އެކުގައި ބައިވެރިވެގެން މަސައްކަތް ކުރަން ބޭއްވުނު ފޯރަމެއް ކަމަށެވެ. މި ސުވާލަށް ރައްދުކޮށް މިނިސްޓަރ އަމީރު ވިދާޅުވީ މި ފަހަރު ހަމައެކަނި ފޯރަމެއް ބޭއްވުމުގެ ބަދަލުގައި މި ފަހަރު މި ކުރިޔަށް ދަނީ ހުރިހާ ވަޒީރުންގެ ބައިވެރިވުމާ އެކީ، ރޭވިގެން، އަގު ކުރެވިގެން ގައުމީ ތަރައްގީގެ ޕްލޭނެއްގެ ދަށުން ކަމަށެވެ.

ފޯރަމްގައި މާލީ އެހީ ހަމަޖެހުނު މަޝްރޫއުތަކަށް އަލި އަޅުވާލާ އަމީރު ވިދާޅުވީ، އައްޑޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އެހެން ބައެއް މަޝްރޫއުތަކަށް ވެސް ފައިސާ ހަމަޖެހިފައިވާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުންތަކުގައި ސޮއިކުރެވިގެން އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މިއީ މިހާތަނަށް އެންމެ ގިނަ މަންދޫބުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން މި ފަހަރުގެ ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި 35 ގައުމެއްގެ މަންދޫބުންނާއި 27 ޖަމިއްޔާއަކުން 170 އަށް ވުރެ ގިން މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދިޔަ ފޯރަމްގައި ކުރިޔަށް ދިޔަ ސެޝަންތަކުގައި އިންވެސްޓަރުންނަށް މަޝްރޫއުތަކާއި ބެހޭގޮތުން ވަޒީރުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް