Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު ދީދީ

ފަނޑިޔާރު އަބްދުﷲ ދީދީ ހުށައެޅުއްވި ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި

18 ޖޫން 2019 | އަންގާރަ 04:08

މަގާމުގެ ނުފޫޒް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސްޕްރީމް ކޯޓުން ބަލަމުންދޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 18 ޖޫން 2019 | އަންގާރަ 04:08
ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ

ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީ

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހުށައެޅުއްވި ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެގޮތަށް ނިންމީ ހޯމަ ދުވަހު ބޭއްވި އެކޮމިޝަނުގެ 35 ވަނަ ބައްދަލުވުމުގައި ކޮމިޝަނުގެ އަގުލަބިއްޔަތުންނެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފެވެ. ރައީސް އަރީފް ތަނާޒުލުވެ ވަޑައިގަތުމުން ދެން ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް މަސްތޫރު ހުސްނީ އެވެ. މީގެ އިތުރުން ވެސް އެކޮމިޝަނުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ތަހުގީގު ކުރަމުން ދާކަމުގެ މައޫލޫމާތު ޖޫން މަހުގެ 12 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސްސަރވިސްއިން ސިޓީއަކުން އަންގާފައިވާތީ އެ ސިޓީގައިވާ ކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރު ދީދީގެ ސްލޫކީ މައްސަލައެއް އޮތްތޯ ބެއްލެވުމަށް ވެސް ނިންމެވިއެވެ.

އަދި ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ މައްސަލަ ބެއްލެވުމަށް ނިންމެވިއެވެ.

އޭގެ އިތުރުން މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް މަންފާތަކެއް ހާސިލް ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން ދާކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީއަކުން އަންގާފައިވެއެވެ. އެކަމާ ގުޅިގެން ކޮމިޝަނުގެ ނިންމުމުން ފަނޑިޔާރު ދީދީ ސްޕްރީމް ކޯޓުގެ މައްސޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށް ނިންމާފައި ވަނިކޮށް އެ ނިންމުމަށް ގޮންޖައްސަވައި މަސައްކަތަށް ނުކުންނެވި ނުކުންނެވުމަކީ ފަނޑިޔާރު ދީދީގެ ސްލޫކީ މައްސަލައެއް އޮތް ކަމެއް ކަމަށް ބެލެވެއެވެ. އެހެންކަމުން އެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
06 ފެބުރުއަރީ 2017

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް