Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް

ޕާރޓްނަރޝިޕް ފޯރަމުގެ ބައިވެރިންގެ ޝަރަފުގައި ރައީސް ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފި

ރައީސް ދެއްވި ފަރިއްކޮޅު އޮތީ ކުރުނބާ މޯލްޑިވްސްގައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 17 ޖޫން 2019 | ހޯމަ 22:08
ރައީސް ދެއްވި ފަރިއްކޮޅު އޮތީ ކުރުނބާ މޯލްޑިވްސްގައި

ރައީސް ދެއްވި ފަރިއްކޮޅު އޮތީ ކުރުނބާ މޯލްޑިވްސްގައި

މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމުގެ ބައިވެރިންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ހޯމަ ދުވަހުގެ ރޭ އޮތް މި ފަރިއްކޮޅުގައި ރައީސްގެ އިތުރުން ނައިބު ރައީސް ފައިޞަލް ނަސީމާއި ކެބިނެޓުގެ ވަޒީރުންނާއި ރާއްޖެއާ ރާއްޖެއިން ބޭރުގެ ގިނަ ޢަދަދެއްގެ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

"އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބަލް މޯލްޑިވްސް" ތީމެއްގެ ގޮތުގައި ކަނޑަޅައިގެން ކުރިއަށް ގެންދާ މި ފޯރަމުގެ މަޤްޞަދަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެހެން ޤައުމުތަކާއި ގުޅިގެން ކުރެވޭނީ ކޮންކޮން މަސައްކަތް ތަކެއްތޯ ބަލައި، ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ކުރިޔަށްގެންދިޔުމެވެ.

މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިއައެވެ.

މީގެ ތެރެއިން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ސެޝަންތަކުގައި ދެވުނު މައުލޫތަކުގެ ތެރޭގައި ޖަޒީރާ ރާއްޖޭގެ ޕޮލިސީ އެޖެންޑާއާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި “ނޫ އިޤްތިޞާދެއް” ބިނާކުރުމުގައި ބައިވެރިވުން އިތުރުކުރުމާއި، އިޖްތިމާޢީ ކުރިއެރުން އިތުރުކުރުމަށް ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ.

މި ފޯރަމުގައި އަންގާރަ ދުވަހުވެސް މުހިންމު ދާއިރާތަކުން މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށްދާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ އޮފް ފިނޭންސް ގުޅިގެން މި ހިނގާ ޖޫން މަހުގެ 17 އިން 18 އަށް ކުރިޔަށްގެންދާ ފޯރަމެކެވެ.

މި ފޯރަމަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި މިފަހުގެ ތާރީޚެއްގައި ބާއްވާ މިފަދަ އެންމެބޮޑު ފޯރަމެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު