Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

9200 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފިން: ހައުސިން

17 ޖޫން 2019 | ހޯމަ 22:14

4200 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ކުންފުންޏަކާއެކު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 ޖޫން 2019 | ހޯމަ 22:14
ހުޅުމާލޭގައި އިމާރަތްކުރަމުން އަންނަ ފްލެޓްތައް

ހުޅުމާލޭގައި އިމާރަތްކުރަމުން އަންނަ ފްލެޓްތައް

ސަރުކާރުގެ ބޯހިޔާވެހިކަމުގެ ވައުދުގެ ދަށުން އިމާރަތްކުރުމަށް ނިންމާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 9200 ހައުސިން ޔުނިޓް އެޅުމަށް ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން ވިދާޅުވީ 9200 ހައުސިން ޔނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ސޮއިކޮށްފައިވާކަމަށެވެ. އޭގެތެރެއިން 4200 ހައުސިން ޔުނިޓް، މާލެ ސަރަހައްދުގައި އެޅުމަށް ނިންމާފައިވާއިރު، އެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޭޕްރީލް މަހުގައިކަމަށް ޝާމިން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝާމިން ވިދާޅުވިގޮތުގައި މާލެ ސަރަހައްދުގައި އިމާރަތްކުރާ 4200 ހައުސިން ޔުނިޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއެކު އެވެ.

އޭގެއިތުރުން 5000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަކޮށް ޝާމިން ވިދާޅުވި އެ އެއްބަސްވުމުގައި ސޮއިކުރީ ނިމުނު މެއި މަހުގައި ކަމަށެވެ. އަދި އެ 5000 ހައުސިން ޔުނިޓް އިމާރަތްކުރުމަށް ނިންމާފައިވަނީ ދެކުނުގެ އަތޮޅުތަކުގައިކަމަށް ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވިގޮތުގައި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތްކުރިއަށްދާއިރު، އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރިތާ 6 މަސް ދުވަސް ފަހުން ސޮއިކުރެވިގެންދާނެކަމަށް ޝާމިން ވިދާޅުވި އެވެ.

އެ މަޝްރޫއުގެެ އިތުރުންވެސް 2000 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައިި އިމާރަތްކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށް ޝާމިން ވިދާޅުވި އެވެ. އަދި ހައުސިން ޔުނިޓްތައް އެޅުމުގައި ސަރަހައްދުތައް ކަނޑައަޅަނީ ހައުސިން ނީޑް އެސެސްމަންޓަށް ބެލުމަށްފަހުގައިކަމަށާއި، އެކަމުގައި ރައްޔިތުންނާއި، ކައުންސިލްތަކުގެ ލަފާ ހޯދާނެކަމަށް ޝާމިން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރޔާސީ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ ވައުދު އެވެ. އެކަމުގައި ވަކި ރައްޔިތަކު ތަފާތުނުކުރާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 މެއި 2017

އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި

25 މެއި 2017
އާސަންދައިގެ އެމްޑީއަކަށް ހަސަން އަލީ ހަމަޖައްސައި މައުމޫނު ހައުސިން އަށް ބަދަލުކޮށްފި
25 އެޕްރީލު 2017

ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި

25 އެޕްރީލު 2017
ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި
25 މާރިޗު 2017

ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!

25 މާރިޗު 2017
ރައީސް ނަޝީދާއި ރައީސް މައުމޫންގެ ބަސްފުޅު: އެއްބަސްވުމުގައި ސޮއިކުރެއްވީ ގައުމަށްޓަކައި!
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް