Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމް-ފައިސާ

އުރީދޫގެ އެމް-ފައިސާއަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސް އެވޯރޑު ލިބިއްޖެ

އިތުރު ތިން އެވޯރޑެއްގެ ފައިނަލިސްޓް ގޮތުގައި ޝޯޓްލިސްޓްވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 17 ޖޫން 2019 | ހޯމަ 13:28
އުރީދޫގެ އެމް-ފައިސާއަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސް އެވޯރޑު ލިބުން

އުރީދޫގެ އެމް-ފައިސާއަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސް އެވޯރޑު ލިބުން

ޓެލެކޮމް އޭޝިއާ 2019ގައި އުރީދޫގެ ކުރިއަރަމުން އަންނަ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސްގެ އެވޯރޑު ލިބިއްޖެއެވެ.

އެމް-ފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ފައިސާ ޖަމާކުރުން، ފައިސާ ނެގުން، އެހެން ބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރުން އަދި ވިޔަފާރިތަކަށް ފައިސާ ދެއްކުންފަދަ ފައިސާގެ މުއާމަލާތްތައް ފަސޭހަ ކަމާއި އެކު ކުރުމަށް ފަހިކޮށްދޭ ޚިދުމަތެކެވެ. ހަމައެހެންމެ، އެއް ޕްލެޓްފޯމެއްގެ ތެރޭގައި، ރާއްޖޭ އެންމެ ގިނަ ޚިދުމަތްތަކަށް ބިލް ދެއްކެވޭނީ، އެމް-ފައިސާ އެޕް މެދުވެރިކޮށެވެ.

ޓެލެކޮމް އޭޝިއާ އެވޯރޑް 2019 ގައި މީގެ އިތުރުންވެސް އުރީދޫ އަށް ވަނީ މުހިއްމު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން އޭޝިއާގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި އުފެއްދުންތެރިކަމަށް ފާހަގަ ކުރެވޭ ކުންފުނިތަކުގެ އަގު ވަޒަން ކުރާ މި އެވޯރޑުގައި، 3 ކެޓަގަރީ އަކުން އުރީދޫ އިން ވަނީ ފައިނަލިސްޓެއްގެ ގޮތުގައި ޝޯޓްލިސްޓް ވެފައެވެ.

މީގެތެރޭގައި, އުރީދޫ މޯލްޑިވްސް، ބެސްޓް އެމާޖިންގ މާކެޓް އޮޕަރޭޓަރ, ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް އަދި މޯސްޓް އިނޮވޭޓިވް ކޮމިއުނިޓީ ޓެލެކޮމް ޕްރޮޖެކްޓް ހިމެނެއެވެ.

ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިގޮތުން އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމް ތަކަށް ވަނީ 12 ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއްގެ އިތުރުން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި ދާއިރާގެ ފަންނުވެރިންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވިފައެވެ.

އުރީދޫ ނެކްސްޓް، މޯސްޓް އިނޮވޭޓިވް ސޯޝަލް މީޑިއާ ސްޓްރެޓެޖީ، އަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ މޯލްޑިވްސް އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ޚިދުމަތް ހޯދޭނެއެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ އެކުންފުނިން ކުރާ ކޮންމެ ކަމެއްގައިވެސް ބަލަނީ، އެކަމެއް އީޖާދުކޮށް، އުފެއްދުންތެރިކަން ގެނައުމަށް ކަމަށާއި މިގޮތުން، މަސައްކަތްތަކުގެ އަގުވަޒަންކޮށް، މިފަދަ ބައިނަލްއަޤްވާމީ އެވޯރޑެއް ލިބުމަކީ، އުރީދޫގެ ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

22 އަހަރު ކުރިން ފަށާފައިވާ ޓެލެކޮމް އޭޝިއާ އެވޯރޑަކީ، ޓެލެކޮމް ދާއިރާ އަށް ޚާއްޞަކޮށްގެން މި ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ އަދި އެންމެ ފަޚުރުވެރި އެއް އެވޯރޑެވެ.

ޑިޖިޓަލް މުސްތަޤްބަލަކަށް މަސައްކަތްކުރަމުންދާއިރު، ޓެލެކޮމް އޭޝިއާއިން ފާހަގަ ކުރަނީ އިންޑަސްޓްރީގެ އެންމެ އީޖާދީ އަދި ވާދަވެރި ކުންފުނިތަކެވެ.

މިގޮތުން، މިއަހަރު ވަނީ ސަތޭކަ އެތަކެއް ފިކްސްޑް، މޮބައިލް އަދި ކޮންވާޖަންސް ޓެލެކޮމް އޮޕަރޭޓަރުންގެ ތެރެއިން، 28 ކެޓަގަރީއެއްގައި، އެންމެ ފާހަގަކޮށްލެވޭ ކުންފުނިތަކެއް ހޮވާފައެވެ. މި އެވޯރޑަށް ކުންފުނިތައް ނޮމިނޭޓް ކޮށްފައިވަނީ ޓެލެކޮމް އޭޝިއާގެ ކިއުންތެރިން، ޖަޖުން، އަދި އެޑިޓަރުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

އުރީދޫގެ ހިއްސާ ސްޓޮކް އެކްސްޗޭޖްގައި ޖަމާކޮށްފި

06 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
ދިރާގަށް މޮބައިލް މަނީގެ ލައިސަންސް

ދިރާގަށް މޮބައިލް މަނީގެ ލައިސަންސް

08 ޖުލައި 2017
އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު