Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގު މޮބައިލް ޕޭ

ދިރާގަށް މޮބައިލް މަނީގެ ލައިސަންސް

ދިރާގު މި ހިދްމަތަށް ކިޔަނީ "ދިރާގު ޕޭ"

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖުލައި 2017 | ހޮނިހިރު 09:36
ދިރާގު ބިލްޑިންގ

ދިރާގު ބިލްޑިންގ

ރާއްޖޭގެ މާލީ މައި އިދާރާ ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދިރާގަށް މޮބައިލް މަނީގެ ހިދްމަތް ދިނުމުގެ ލައިސަންސް ދޫކޮށްފި އެވެ.

ދިރާގުން ބުނީ މޮބައިލް މަނީގެ ހިދްމަތް ދިނުމުގެ ލައިސަންސް ދިރާގަށް ދޫކޮށްފައިވަނީ މިހާރު ހިނގަމުންދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވުުގެ ރަސްމިއްޔާތުގެ ތެރެއިން ކަމަށެވެ. އެ ރަސްމިޔާތުގައި އެމްއެމްއޭގެ ފަރާތުން ދިރާގަށް އެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރ އަޒީމާ އާދަމް އެވެ. ދިރާގުން އެ ލައިސަންސާ ހަވާލުވެ ލެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދު އެވެ.

ފައިނޭންޝަލް އެކްސްޕޯގައި ދިރާގު މޮބައިލް މަނީގެ ހިދްމަތާ ގުޅޭ މައުލޫމާތު ދީ އަދި އެކަމާގުޅޭ ބައެއް މައުލޫމާތު ހިއްސާކުރި އެވެ.

ދިރާގުން ބުނީ މި ލައިސަންސް ލިބުމާއި ގުޅިގެން އެ ހިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މޯބައިލް މަނީގެ ހިދުމަތަކީ ވޮލެޓުގައި ފައިސާ ގެންގުޅުމުގެ ބަދަލުގައި ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމާއި ފޯނު މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތް އަދާކުރެވޭ ޚިދުމަތެކެވެ.

ދިރާގުން ދޭ މޮބައިލް މަނީގެ ހިދްމަތަށް ކިޔަނީ "ދިރާގު ޕޭ" އެވެ. ދިރާގު އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2020

އީ-މަނީގެ ހިދުމަތްދޭ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރަން އެދެފި

17 އޯގަސްޓު 2020
އީ-މަނީގެ ހިދުމަތްދޭ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރަން އެދެފި
22 މެއި 2020

ދިރާގުޕްލޭގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް

22 މެއި 2020
ދިރާގުޕްލޭގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް
09 ޖެނުއަރީ 2020

ސީއެމްޑީއަށް ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމުގެެ ލައިސަންސް ދީފި

09 ޖެނުއަރީ 2020
ސީއެމްޑީއަށް ފައިނޭންސް ލީސިންގް ވިޔަފާރި ކުރުމުގެެ ލައިސަންސް ދީފި
03 އޯގަސްޓު 2019

ދެވަނަ ކުއާޓަރގައި ދިރާގަށް 710 މިލިއަން ރުފިޔާ

03 އޯގަސްޓު 2019
ދެވަނަ ކުއާޓަރގައި ދިރާގަށް 710 މިލިއަން ރުފިޔާ
17 ޖޫން 2019

އުރީދޫގެ އެމް-ފައިސާއަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސް އެވޯރޑު ލިބިއްޖެ

17 ޖޫން 2019
އުރީދޫގެ އެމް-ފައިސާއަށް މޯސްޓް އިނޮވޭޓިމް މޮބައިލް ޕޭމަންޓް ސަރވިސް އެވޯރޑު ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު