Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލް: ސުޕްރީމް ކޯޓު

17 ޖޫން 2019 | ހޯމަ 09:43

ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ފުލުހުންނަށް ވަނީ ހުށަހަޅާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 17 ޖޫން 2019 | ހޯމަ 09:43
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްުދުﷲ ދީދީ

ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްުދުﷲ ދީދީ

ސުޕްރީމް ކޯޓު އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށް ގާނޫނު އަސާސީގެ ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިނދު، އަދުލު އިންސާފުގެ ގާއިމްކުރުމުގެ އެންމެހާ ބާރުތައް ލިބެގެންވަނީ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތައް ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓުކަމުގައި ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ފަނޑިޔާރުގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް އެ މާއްދާގެ (ނ)ގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނޫ އަސާސީ އާއި ގާނޫނު މަނާކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމުމަކީ ފަހުގެ ނިންމުންކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އެ އަމުރުގައި ވެއެވެ.

Advertisement - newsAdvertisement

އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކޯޓުތަކުން ނެރޭ އެންމެހާ އަމުރުތަކާއި ހުކުމްތަކާއި އަދި ނިންމާ އެންމެހާ ނިންމުންތަކުގެ ސައްހަކަމާ މެދު ނުވަތަ އެ ނިންމުންތަކުގެ ޝަރުއިއްޔަތާ މެދު ގޮތް ކަނޑައެޅުމުގެ ބާރެއް އިހްތިޞާސެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދޫސްތުރީ ގޮތުންނާއި ގާނޫނީ ގޮތުން ލިބިގެންނުވާކަން އެނގެން އޮންނަ އިރު ޖޫން މަހުގެ 13 ވަނަ ދުވަހު ޖޭއެސްސީން ނިންމި ނިންމުމަކީ ހުރަސްއެޅޭ ގޮތަށް އެކޮމިޝަނުން ނިންމާފައިވާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.

ސުޕްރީމޯ ކޯޓުން ނެރެފައިވާ އަމުރުގައި އިތުރަށް ބުނެފައިވަނީ، އެ ކޯޓުގެ އަމުރާ ހިލާފަށް ޖޭއެސްސީން ނިންމާ ކޮންމެ ނިންމުމަކީ އެއަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބެގެންނުވާ މުތުލަގު ސިފައެއްގައި ބާތިލް ނިންމުމެއް ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއް ނިންމުމަށްޓަކައި އެ ކޮމިޝަނުން ހިންގާ ކޮންމެ އިޖުރާއަތަކީ ވެސް ބާތިލް އިޖުރާއަތެއް ކަމަށެވެ. އަދި އެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާ މަޖިލީހުގެ ކޮމިޓީއަކުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ނިންމައި މަޖިލިހަށާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ސުޕްރީމޯ ކޯޓުން ނެރެފައިވާ އަމުރުގައި އިތުރަށް ބުނެފައިވަނީ، އެ ކޯޓުގެ އަމުރާ ހިލާފަށް ޖޭއެސްސީން ނިންމާ ކޮންމެ ނިންމުމަކީ އެއަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބެގެންނުވާ މުތުލަގު ސިފައެއްގައި ބާތިލް ނިންމުމެއް ކަމަށާއި، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއް ނިންމުމަށްޓަކައި އެ ކޮމިޝަނުން ހިންގާ ކޮންމެ އިޖުރާއަތަކީވެސް ބާތިލް އިޖުރާއަތެއް ކަމަށެވެ. އަދި އެ ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާ މަޖިލީހުގެ ކޮމިޓީއަކުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ނިންމައި މަޖިލިހަށާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުން ނިންމުމުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާ މަޖިލީހުގެ ކޮމިޓީއަކުން ނިންމާފައިވާ އެއްވެސް ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ކޯޓުން ކަނޑައަޅަފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މި މަހުގެ 13 ވަނަ ދުވަހު ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވައިލާފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އާދިއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ. ފަނޑިޔާރު ދީދި ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް މަޖިލީހުން ކަނޑައަޅައި ދިނުމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް