Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ގެސްޓް ހައުސްއާ ގުޅޭ ގޮތުން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

17 ޖޫން 2019 | ހޯމަ 10:09

ސޮވެރިން ގެރެންޓީ ދީގެން ނަމަވެސް، ފަސޭހައިން ފާއިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ބުނެފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 ޖޫން 2019 | ހޯމަ 10:09
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސައި, އެ މަގުން އަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބޭރުކޮށްލައިފިއެވެ.

ގަރާރު ބޭރުކޮށްލާފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާފައި ވަނީ 15 މެންބަރުންނެވެ. މި ވޯޓުގައި 85 މެންބަރުން ބައިވެރިވަޑައިގެންނެވި އިރު ދެ ބޭފުޅަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ.

Advertisement - newsAdvertisement

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގެސްޓް ހައުސްގެ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީ އިންވެސްޓަރުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދިޔަ ނުދިނުމަށްޓަކައި، ދިވެހި ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެން ނަމަވެސް، ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތަކެއް މިހާރުން މިހާރަށް ދައުލަތުން ހަމަޖައްސަވައި ދޭންޖެހޭނެ ކަމަށެވެ.

ގަރާރު އިތުރަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާއިރު، ހަމަ އެފަދައިން ރަށު ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ރަށު ގެސްޓް ހައުސްގެ ވިޔަފާރި ވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ގެސްޓް ހައުސްގެ ވިޔަފާރިން ދިވެހި މީހާ އަށް ލިބޭ މަންފާ ކުޑަވެ، ގެސްޓް ހައުސްގެ މުޅި ވިޔަފާރި ބޭރު އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރުވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ.

މިހެން މިކަން ދިމާވަނީ ދިވެހިރާއްޖޭގެ ބޭންކްތަކުން ލިބެން ހުރި މަދު ފައިނޭންޝިއަލް ފެސިލިޓީޒްތަކަށް ވާސިލްވުމަށް އާންމު ގެސްޓް ހައުސް ވިޔަފާރިވެރިޔާ އަށް ހާހުން ހުރަސްތައް ކުރިމަތި ކުރުވާފައި ވުން ކަމަށް ޖާބިރުގެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ގެސްޓް ހައުސް ސިޔާސަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް، އަދި ގެސްޓް ހައުސް ވިޔަފާރި ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ އިންވެސްޓްމަންޓަށް ފަސޭހައިން ވާސިލްވެވޭނެ އުސޫލްތަކެއް ތަންފީޒް ކުރަމުން ނުގެންދާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް