Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޕާޓްނަރޝިޕް ފޯރަމް

ޕާޓްނަރޝިޕް ފޯރަމްގައި ބައިވެރިވާ ފަރާތްތައް ރާއްޖެ އަންނަން ފަށައިފި

15 ޖޫން 2019 | ހޮނިހިރު 13:59

މިފޯރަމް ކުރިއަށްދާނީ ދެ ދުވަހަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ޖޫން 2019 | ހޮނިހިރު 13:59
ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ

މި ފެށޭ ހަފްތާގައި ބާއްވާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ވަފުދުތައް ރާއްޖެއަށް އަންނަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި އަދި ޖަމްއިއްޔާތައް ތަމްސީލްކުރައްވާ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް މިއަދާއި މިރޭ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ އެކި ވަގުތުތަކުގައިވެސް މީގެ ތެރެއިން ބައެއް ބޭފުޅުން ވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ވެބްސައިޓްގައި ވާ ގޮތުން ފޯރަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ޝަރަފުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވާ ޚާއްސަ ފަރިއްކޮޅެއް އާދިއްތަ ދުވަހުގެރޭ އޮންނާނެއެވެ. އަދި ފޯރަމް ފެށޭނީ ހޯމަ ދުވަހު ހެނދުނެވެ. އެކި ދާއިރާތަކުން އެހެން ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދުމަށް ބާއްވާ މި ފޯރަމްއަށް ކުރުނބާ މޯލްޑިވްސް ރިސޯޓް މިހާރު ތައްޔާރުވެފައިވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ނިމިދިޔަ ހަފްތާގައި ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ގިނަ ޤައުމުތަކާއި ޖަމްއިއްޔާތައް ބައިވެރިވާ ފޯރަމްކަމަށެވެ. އަދި ސަތޭކައެއްހާ ފަރާތްތަކަށް ދައުވަތު ދީފައިވާކަމަށް މީގެ ކުރިން މިނިސްޓަރ ޝާހިދު މީޑިއާއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެއެވެ.

ފޯރަމް ހުޅުވައި ދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ފޮރިން މިނިސްޓަރ ޝާހިދު އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވާހަކަފުޅު ދައްކަވާނެއެވެ. މި ފޯރަމް ބާއްވަނީ ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެންނެވެ.

2 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފޯރަމާއި ބެހޭ ގޮތުން އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީއިން ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
21 ފެބުރުއަރީ 2017

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
10 ޖެނުއަރީ 2017

އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި

10 ޖެނުއަރީ 2017
އެމްޓީސީސީގެ ހުރިހާ އިސްވެރިން ދުވުމުގައި ބައިވެރިވާން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް