Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު ލަންކާ ދަތުރުފުޅު

ބޭނުންވަނީ ސްރީ ލަންކާއަކީ އަމާން ތަނެއް ކަން މުޅި ދުނިޔެއަށް ހާމަކޮށްދޭން: ނައިބު ރައީސް

15 ޖޫން 2019 | ހޮނިހިރު 11:32

ލަންކާއަކީ ދިވެހިންނާ ގާތް ގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ ގައުމެއް ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 15 ޖޫން 2019 | ހޮނިހިރު 11:32
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ސްރީލަންކާއަކީ އަމާންތަނެއް ކަމަށް މުޅި ދުނިޔެއަށް ހާމަކޮށްދޭން ބޭނުންފުޅުވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި، ގައުމީ މަޖިލިސް މެމްބަރުން ލަންކާއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރި ވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ސްރީލަންކާގެ މީޑިޔާތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ އެމްޑީޕީ އިން ލަންކާއަށް ކުރާ މި ދަތުރުފުޅުގައި އެ މަނިކުފާނު ބައިވެރިވެ ވަޑައިގަންނަވަނީ ލަންކާއަކީ އަމާންތަނެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދެއްވުމަށް ސަރުކާރުގެ ފަރާތުން ކަމަށެވެ.

ލަންކާއަކީ އަބަދުވެސް ދިވެހިންނާ ވަރަށް ގާތްގުޅެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި، އެ ގައުމަށް ލިބޭ ހިތާމައަކީ ދިވެހިންނަށް ވެސް ލިބޭ ހިތާމައެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ދާއިރާތަކުގައި ލަންކާގެ މީހުން ވަޒީފާ އަދާކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ޓީޗަރުންނާއި، ޑޮކްޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާތަކުގައި ލަންކާ މީހުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ގިނަ ދިވެހި ރައްޔިތުންތަކެއް ލަންކާގައި ދިރިއުޅެމުންދާ އަންނައިރު، ލަންކާއަކީ ދިވެހިންނަށް އެތައް ގޮތަކުން މުހިއްމު ގައުމެއް ކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ލަންކާ މި ހާލަތުގައި އޮތް އިރު ލަންކާގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ތިން ދުވަހުގެ ދަތުރުފުޅެއް ލަންކާއަށް ކުރައްވަނީ އެޕްރީލްމަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް، ލަންކާ ރައްޔިތުންނާއެކުގައި ދިވެހި ރައްޔިތުން ވާކަން ހާމަކޮށްދިނުމުގެ ގޮތުންނެއެވެ.

އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް