Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއާޖެންޓީނާއިން ކަރަންޓް ކެނޑުން

ވޯޓުލާން ތައްޔާރުވެފައި ވަނިކޮށް މުޅި އާޖެންޓީނާއިން ކަރަންޓު ކަނޑައިގެން ހިނގައްޖެ

އާޖެންޓީނާ، އުރުގުއޭ، ޕެރެގުއޭ އަދި ޗިލީއިން ކަރަންޓު ގޮސްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 17 ޖޫން 2019 | ހޯމަ 19:06
އާޖެންޓީނާއިން ކަރަންޓު ކަނޑައިގެން ގޮސް، ރައްޔިތުން ފުޅިބައްތި ދިއްލައިގެން

އާޖެންޓީނާއިން ކަރަންޓު ކަނޑައިގެން ގޮސް، ރައްޔިތުން ފުޅިބައްތި ދިއްލައިގެން

އާޖެންޓީނާގެ ލޯކަލް އިންތިހާބަށް ވޯޓުލާން ކައިރިވެފައި ވަނިކޮށް، އެ ގައުމުންނާއި އަވަށްޓެރި އުރުގުއޭއިން ކަރަންޓް ކަނޑައިގެން ދިޔުމާއި ގުޅިގެން އެތައް އިރެއް ވަންދެން ވޯޓުލުން ފަސްވެއްޖެއެވެ.

ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން އެ ދެ ގައުމުގެ 10 މިލިއަނަށް ވުރެ ގިނަ މީހުން އިރުތަކެއް ވަންދެން ކަރަންޓާ ނުލާ އުޅެން ޖެހުނެވެ. ކަރަންޓް ކެނޑެން މެދުވެރިވީ އެ ދެ ގައުމަށް ހިދުމަތްދޭން ބޭނުންކުރާ ގްރިޑެއް ފެއިލްވެގެން ކަމަށެވެ. މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް އާޖެންޓީނާގެ ރައީސް މައުރީސިއޯ މެކްރީ ވައުދުވެވަޑައިގެންނެވިއެވެ.

އާޖެންޓީނާ އާއި އުރުގުއޭގެ އިތުރުން ޕެރެގުއާއީ އަދި ޗިލީގެ ވެސް ބައެއް ހިސާބުތަކަށް އަސަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. ކަރަންޓު ފޯރުކޮށްދޭ އެޑެސޫރް ކުންފުނީގެ ތަރުޖަމާނު އަލިހާންޑްރާ މާޓީނޭޒް ބުޏީ މިއީ މުޅީ ގައުމުން ކަރަންޓު ކަނޑައިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.

ކަރަންޓް ކަނޑައިގެން ދިޔުމާއި ގުޅިގެން އެ ގައުމުގެ ރޭލު ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސް، ފެން ފޯރުކޮށްދިނުމުގައި ވެސް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

އާޖެންޓީނާގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ ހަވާލާދީ އެ ގައުމުގެ މީޑިއާތަކަން ރިޕޯޓްކޮށްފައިވަނީ، ކަރަންޓު ކެނޑުނީ ޔަސިކްރޭތާ ހައިޑްރޯއިލެކްޓްރިކް ޑޭމްއަށް ދިމާވި ޓްރާންސްމިޝަން މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިހާރު ގައުމުގެ 80 އިންސައްތައަށް ކަރަންޓް ފޯރުކޮށްދީފައިވާ ކަމަށް އާޖެންޓީނާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2018

ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ދެކޮޅަށް އިންޑިއާއިން ވޯޓު ދީފައިވަނިކޮށް ނަތަންޔާހޫ އިންޑިއާއަށް ވަޑައިގަންނަވަނީ

13 ޖެނުއަރީ 2018
ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ދެކޮޅަށް އިންޑިއާއިން ވޯޓު ދީފައިވަނިކޮށް ނަތަންޔާހޫ އިންޑިއާއަށް ވަޑައިގަންނަވަނީ
05 ނޮވެމްބަރު 2017

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ރޭންޑް ޕައުލް އަމިއްލަ ގޭގައި ހުންނަވަނިކޮށް ހަމަލާއެއްދީފި

05 ނޮވެމްބަރު 2017
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ރޭންޑް ޕައުލް އަމިއްލަ ގޭގައި ހުންނަވަނިކޮށް ހަމަލާއެއްދީފި
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
15 ޖޫން 2017

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު