Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ބޮޑީ ބިލްޑިންގ & ފިޒީކް ޗެމްޕިއަންޝިޕް

ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފި

ރާއްޖޭގައި ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ އަހަރު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 14 ޖޫން 2019 | ހުކުރު 17:47
މިނިސްޓަރު މަހުލޫފް ރާއްޖޭގެ ބޮޑީ ބިލްޑިން އެޝޯސިއޭޝަންއާ ބީބީއެފްގެ ރައީސް ޕާޕާއެކު

މިނިސްޓަރު މަހުލޫފް ރާއްޖޭގެ ބޮޑީ ބިލްޑިން އެޝޯސިއޭޝަންއާ ބީބީއެފްގެ ރައީސް ޕާޕާއެކު

ދެހާސް ވިހި ވަނަ އަހަރު ބާއްވާ އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ބިޑް ރާއްޖެއިން ކާމިޔާބު ކޮށްފިއެވެ.

ރާއްޖެއިން އެ ބިޑް ކާމިޔާބު ކޮށްފައިވާކަން އިއުލާން ކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ބޮޑީ ބިލްޑިންގ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު މަހުލޫފް ފާޅުކުރައްވާފައިވަނީ، މޭމަހުގެ އެއްވަނަ ދުވަހު ބޭއްވި ނެޝަނަލް ބޮޑީ ބިލްޑިން ޖަޖިން ކޯސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތަށް ރާއްޖެއަށް ވަޑައިގެން އުޅުއްވި އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ (އޭބީބީއެފް) ގެ ރައީސް ޕައުލް ޗުއާ (ޕާޕާ) އާ އެކަމާއި ބެހޭ ގޮތުން ކުރިން މަޝްވަރާކުރެވި، ޕާޕާގެ ފުރިހަމަ ތާއިދު އެކަމަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުކުރު ދުވަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުފާލާއި އެކު 2020 ވަނަ އަހަރުގެ އޭޝިއަން ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށްފައިވާކަން އިއުލާންކުރާކަމަށެވެ. އެ ބިޑް ކާމިޔާބު ކުރުމަށްޓަކައި ބޮޑީ ބިލްޑިންގް އެސޯޝިއޭޝަންގެ ރައީސް އާއި އެކްޒިކްޓިވް ކޮމިޓީ (އެކްސްކޯ) އިން ކުރެއްވި މަސައްކަތައް މަހުލޫފް ވަނި ޝުކުރު އަދާކޮށްފައެވެ.

މަހުލޫފު ވިދާޅުވީ، އެ އިވެންޓް ބޭއްވުމަށް ގަސްދުކުރަނީ މާލެއިން ބޭރުގައި 400 އެތިލީޓުންނާއެކު ކަމަށެވެ. ބާއްވާނީ ކޮން ރަށެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ހަ ގައުމެއް ހިމެނޭ ގޮތަށް 1959 ވަނަ އަހަރު ވުޖޫދަށް އައި އޭބީބީއެފް ގައި މިހާރު 40 ގައުމުއް ހިމެނެއެވެ. އޭބީބީއެފް އަކީ އޮލިމްޕިކްސް ކައުންސިލް އޮފް އޭޝިޔާގެ އިތުރުން ޖެނެރަލް އެސެމްބްލީ އޮފް އޭޝިޔާ ޕެސިފިކް ސްޕޯޓްސް ފެޑެރޭޝަންގެ މެމްބަރެކެވެ.

މި ފަހަރުގެ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ ގައި ޖުލައި މަހުގެ 18 އިން 21 އަށެވެ.

އޭބީބީއެފްގެ ރައީސް ޕާޕާ އަކީ ރައްޖޭގެ ބޮޑީ ބިލްޑިން ފެޑެރޭޝަންއާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ގިނަ ބޮޑީ ބިލްޑަރުން ތަކެއް ތަމްރީނު ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

27 ޖޫން 2017
ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުގައި ޤަތަރަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
13 ޖޫން 2017

ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި

13 ޖޫން 2017
ޔުނައިޓެޑުން މޮރާޓާ އަށް ބިޑްކުރިކަން އޭނާގެ އެޖެންޓް ކަށަވަރުކޮށްދީފި
10 ޖޫން 2017

ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި

10 ޖޫން 2017
ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި
09 ޖޫން 2017

މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

09 ޖޫން 2017
މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
08 ޖޫން 2017

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި

08 ޖޫން 2017
މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ކުރި ބިޑް 60 މިލިއަން ޕައުންޑަށް ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު