Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާރޓްނަރޝިޕް ފޯރަމް

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕާރޓްނަރޝިޕް ފޯރަމް ބޭއްވުމަށް ތައްޔާރުވެއްޖެ

މި ފޯރަމް ޖޫން މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2019 | ހުކުރު 10:06
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމް ތެރެއިން

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމް ތެރެއިން

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕާރޓްނަރޝިޕް ފޯރަމް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ފޯރަމް ޖޫން މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާއިރު، ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެކަމާ ގުޅޭ މައުލޫމާތު ދެއްވަމުން އެމްބެސެޑަރ އެޓް ލާރޖް ޑރ އާސިމް އަހުމަދު ވިދާޅުވީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ބޭރު ދުނިޔޭގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، ނަމަވެސް މި ސަރުކާރުން ގެންގުޅުއްވާ ޚާރިޖީ ސިޔާސަތު އޮންނާނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ރައީސް ސޯލިހުވެސް ވިދާޅުވެފައިވާ ކަމަށެވެ. ވުމާއެކު ގިނަ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ މި ފޯރަމްގެ މަޤްސަދެއް ކަމަށް އާސިމް ވިދާޅުވިއެވެ.

އާސިމް އިތުރަށް ވިދާޅުވީ، މި ފޯރަމްއަށް ވަޑައިގަންނަވާ ފަރާތްތަކުން ރާއްޖޭގެ ތަރައްޤީގެ ސިޔާސަތުތަކާބެހޭ މައުލޫމާތުތައް އޮޅުން ފިލުވައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހުޅުވާލެވިފައިވާގޮތާއި ބެހޭގޮތުންވެސް މައުލޫމާތު އޮޅުންފިލުވާނެ ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކުގައި އެފަރާތްތަކުން ވެދެވޭނެ އެހީތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ރައީސް އޮފީހުގެ ޕޮލިސީ ޕޮލިސީ ސެކެޓަރީ އާމިނަތު ޝައުނާވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ޝައުނާ ވިދާޅުވީ، ޕާރޓްނަރޝިޕް ފޯރަމްގެ އެންމެ ބޮޑު އެއް މަޤުސަދަކީ ފާއިތުވި 7 އަހަރު ތެރޭގައި ބައިނަލްއަޤުވާމީ މުޖުތަމައުގައި ރާއްޖެއިން ޒިންމާދާރުކަން ކުޑަގޮތަކަށް އަމަލުކޮށްފައިވާތީ އެކަންކަން ހައްލުކޮށް، ޤައުމުތަކާމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.

މި އަަހަރުގެ ޕާޓްނަރޝިޕް ފޯރަމް އިފްތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙެވެ. މި ފޯރަމްގައި ރަޙުމަތްތެރި ޤައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭ ގޮތުންނާއި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލު ކުރެވޭނެއެވެ. އެގޮތުން ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި، މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖޫން މަހުގެ 17 އަދި 18 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް" އަށް ދިވެހި ސަރުކާރުން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންދާ ކަމަށާއި ފޯރަމްއަށް ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިންގ އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު