Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުޑީޝަރީ ކޮމިޓީ

ޖޭއެސްސީ އަށް ނޭދެވޭ އަސަރުތައް ސުޕްރީމް ކޯޓުން ފޯރުވާފައި އެބަހުރި: ބަންޑާރަ ނާއިބް

މަޖިލީހުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް އަސަރުކުރާ ގޮތަށް ކަންތައްތައް ނިންމާ ކަމަށް ތުހުމަތު ކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 13 ޖޫން 2019 | ބުރާސްފަތި 20:27
ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި

ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނޭދެވޭ އަސަރުތައް, ސުޕްރީމް ކޯޓުން ފޯރުވާފައިވާ ކަމަށާއި, ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އެކަން ފެނިފައިވާ ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީގެ މެމްބަރު ހާޒިރުކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މެމްބަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބް ވިދާޅުވީ، 2008 ވަނަ އަހަރު އެކުލަވައިލާފައިވާ ފެހި ގާނޫނު އަސާސީ ގައި ތިންބާރު ވަކިކޮށްފައިވާއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ވަކި ހާއްސަ ބާރުތަކާއި، އިޙްތިސާސްތަކެއް ލިބިދިފައިވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެކި ދުވަސްވަރު އެކި ބާވަތުގެ ނިންމުންތައް ނިންމާފައިވާއިރު އޭގެ ތެރޭގައި ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި މަސްއޫލިއްޔަތު ތަކަށް އަސަރުކުރާ ގޮތަށް ކަންތައްތައް ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކަށް އެކި ސިފަ ސިފާގައި ނޭދެވޭ އަސަރުތައް ފޯރުވާފައި ހުރިކަމަށެވެ.

ގާނޫނު އަސާސީގެ 157 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވެ އޮންނަން ޖެހޭ މުސްތަގިއްލު މުއައްސާސާއެކެވެ. އަދި އެކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ ގާނޫނޫ އަސާސީއާ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާ އެއްގޮތްވާ މަތިން ކަމަށާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުންނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިހުތިސާސް ހިނގާނެ ކަމަށް ޤާނޫނު އަސާސީގައިވެއެވެ.

ޤާނޫނު އަސާސީގެ އެ މާއްދާއަށް އިޝާރަތްކުރައްވާ ރިފްއަތު ވިދާޅުވީ، ޤާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޖޭއެސްސީގެ ބާރު ނުހިންގޭނެ ކަމަށް ބުނެފައިނުވާ ކަމަށާއި، ފަނޑިޔާރުން އެކަމުގައި އިސްތިސްނާ ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ނުފޯޒު ފޯރުވާ ކަމަށް ބަންްޑާރަ ނައިބް ވިދާޅުވެފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް ސަސްޕެންޑްކުރެވުނު ސުޕްރީމް ކޯޓުގެ ގާޒީ އަބްދުﷲ ދީދީގެ މައްސަލަ އެއްވެސް ގޮތަކަށް ކުރިޔަށް ނުގެންދިޔުމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ޖޭއެސްސީ އަށް އަމުރުކޮށްފައެވެ. އެކަމަކު ޖޭއެސްސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެކަމަށް ބުނެ ސުޕްރީމް ކޯޓުގެ އަމުރު ބަލައިގަތުމަށް އިންކާރު ކޮށްފައެވެ.

ދީދީ ސަސްޕެންޑްކުރުމަށް ނިންމީ ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އެއީ ފަނޑިޔާރާއި ގުޅޭ ރިޝްވަތުގެ މައްސަލައަކަށްވާއިރު، އެ މައްސަލަ ފުލުހުން ތަހުޤީޤްކުރަމުން އަންނަކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު