Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ގްރިޒްމަން

ގްރިޒްމަން ބަދަލުވާނީ ބާސާއަށް: އެޓްލެޓިކޯގެ ޗީފް

13 ޖޫން 2019 | ބުރާސްފަތި 13:50

ގްރިޒްމަން ވަނީ އެޓްލެޓިކޯ ދޫކޮށްލަން ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 13 ޖޫން 2019 | ބުރާސްފަތި 13:50
އެންޓޯނިއޯ ގްރިޒްމަން

އެންޓޯނިއޯ ގްރިޒްމަން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން ބަދަލުވާނީ ބާސެލޯނާއަށް ކަމަށް އެޓްލެޓިކޯގެ ޗީފް އެކްޒެކިއުޓިވް މިގުއެލް އެންހެލް ގިލް މެރިން ވިދާޅުވެއްޖެއެވެ.

ސްޕެއިންގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި މިގުއެލް ވިދާޅުވީ، ގްރިޒްމަން ބަދަލުވަނީ ބާސާއަށްކަން ވަރަށް ސާފު ކަމަށާއި، މިދިޔަ މާޗު މަހުން ފެށިގެން އެކަން އެނގޭ ކަމަށެވެ.

ނަމަވެސް ކުރިޔަށް އޮތް ސީޒަނުގައި ގްރިޒްމަން ކުޅޭނެ ކްލަބެއް ނޭނގޭ ކަމަށް އެޓްލެޓިކޯ މެޑްރިޑްގެ ރައީސް އެންރީކޭ ސެރޭޒޯ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގްރިޒްމަން ވެސް ބަދަލުވާ ކްލަބް ބުނެފައިނުވާ ކަމަށެވެ.

ދާދި ފަހުން ޓެލެމަޓިން އަށް ދިން އިންޓަވިއުއެއްގައި ގްރިޒްމަން ބުނީ، ކުރިޔަށް އޮތް ސީޒަނުގައި އޭނާ ކުޅޭނެ ޓީމު އެނގޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.

އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު، ގްރިޒްމަން ބުނީ، މި ސީޒަނަށް ފަހު އެޓްލެޓިކޯ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށާއި، އާކަންތައްތަކެއް ތަޖުރިބާ ކުރުމަށް ބޭނުންވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގްރިޒްމަން ބަދަލުވުން އެންމެ ގާތީ ބާސެލޯނާއަށެވެ. އެގޮތުން އޭނާގެ ޓްރާންސްފާގެ ކަންކަން ބާސާ އާއި އެޓްލެޓިކޯ އިން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގްރިޒްމަން އޭނާގެ ކެރިޔަރު ފެށީ 2009 ވަނަ އަހަރު ރެއާލް ސޮސައިޑާޑް އިންނެވެ. އޭނާ އެޓްލެޓިކޯ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓްލެޓިކޯގައި މިހާތަނަށް ހޭދަކުރި ފަސް ސީޒަނުގައި އެ ކްލަބަށް ކުޅުނު 257 މެޗުގައި 133 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެޓްލެޓިކޯއާ އެކު ޔުއެފާ ޔޫރޮޕާ ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕާކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ އެ ކްލަބުގައި އަމިއްލަ ގިނަ ރެކޯޑްތައް ވެސް ހަދާފައެވެ.

ލަލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2016 ވަނަ އަހަރު ހޯދާފައިވާ ގްރިޒްމަން ވަނީ ހަމަ އެ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ބެލޮންޑޯ އެވޯޑުގެ ތިންވަނަ ވެސް ހޯދާފައެވެ.

ފްރާންސް ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ގްރިޒްމަން ވަނީ 2010 ވަނަ އަހަރު ފްރާންސްގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 70 މެޗުގައި 29 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ޖޫން 2017

އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި

04 ޖޫން 2017
އެންމެފަހުން އެޓްލެޓިކޯގައި މަޑުކުރަން ގްރިޒްމަން ނިންމައިފި
02 ޖޫން 2017

އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި

02 ޖޫން 2017
އެޓްލެޓިކޯގެ ޓްރާންސްފާ ބޭން، ކޯޓް އޮފް އާބިޓްރޭޝަނުން ދަމަހައްޓައިފި
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
07 އެޕްރީލު 2017

ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން

07 އެޕްރީލު 2017
ޔުނައިޓެޑަށް ދާކަށް ނުނިންމަން: ގްރިޒްމަން
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
25 މާރިޗު 2017

ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ

25 މާރިޗު 2017
ގްރިޒްމަން ހޯދުމުގެ ރޭހުގައި ޗެލްސީވެސް ބައިވެރިވެއްޖެ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް