Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު\'ދަ ސްކައި އިޒް ޕިންކް

'ދަ ސްކައި އިޒް ޕިންކް'ގެ ޝޫޓިން ނިންމާލައިފި

މިފިލްމު ރިލީޒްކުރާނީ އޮކްޓޯބަރ 11ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ޖޫން 2019 | ބުރާސްފަތި 13:53
\"ދަ ސްކައި އިޒް ޕިންކް\"ގެ ތަރިންނާއި ޕްރޮޑިއުސަރުން

\"ދަ ސްކައި އިޒް ޕިންކް\"ގެ ތަރިންނާއި ޕްރޮޑިއުސަރުން

ބޮލީވުޑްގެ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ނިންމާލައިފި އެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި މިފިލްމުގެ ޝޫޓިން ނިންމާލާފައިވަނީ ދިހަ މަސް ދުވަހުންނެވެ.

"ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ނިމުނުކަން ހާމަކޮށް މިފިލްމުގެ ލީޑްރޯލުން ފެނިގެންދާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވަނީ ވަނީ އޭނާގެ އިންސްޓަގްރާމުގައި އެ ފިލްމުގައި ހިމެނޭ ތަރިންނާ އެކު ނަގާފައިވާ ގްރޫޕް ފޮޓޯއެއް ލާފައެވެ. ފޮޓޯގައި ފިލްމްގެ ޑައިރެކްޓަރު ޝޮނާލީ ބޯސް އާއި ކޯ-ސްޓާރުން ކަމަށްވާ ފަރްހާން އަޚްތަރް ފިޔަވައި، ޒާއިރާ ވަސީމް އާއި ޕްރޮޑިއުސަރުން ވެސް ތިއްބެވެ.

ޕްރިޔަންކާ ބުނެފައިވަނީ މިފިލްމަކީ ތަފާތު އެކި ގޮތް ގޮތުން އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އެގޮތުން މިއީ އޭނާ ދައްކަން ބޭނުންވެފައިވާ ހަޤީޤީ ހާދިސާއެއްގެ ވާހަކަ ކަމަށާއި އޭނާގެ ދިރިއުޅުމުގެ ވާހަކަ މިފިލްމުން ފެނިގެންދާނެ ކަމަށެވެ. އަދި ފަރްޚާން އަޚްތަރަކީ ވަރަށް ވެސް ކުޅަދާނަ އެކްޓަރެއް ކަމަށާއި މިފިލްމުން ދެން ފެނިގެންދާ ޒާއިރާ ވަސީމާއި ރޯހިތް ޝަރަފްއަކީ އޭނާގެ ގާތް އެކުވެރިންގޮތުގައި މިހާރު ދެކޭ ތަރިން ކަމަށެވެ. އަދި މިއީ ވަރަށް އުނދަގޫ އެހެން ނަމަވެސް ވަރަށް ތަފާތު ތަޖްރިބާއެއް ކަމަށް އޭނާ ބުންޏެވެ.

އެހެންކަމުން މިފުރުޞަތު އޭނާއަށް ދިން ކަމަށްޓަކައި ޝޮނާލޯ ބޯސްއަށް ޕްރިޔަންކާ ވަނީ ޝުކުރުއަދާކޮށްފައެވެ.

މިފިލްމު ވެގެންދާނީ ވެގެން ދާނީ 2016ގެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ޕްރިޔަންކާ ފެނިގެން ދާނެ ފިލްމަށެވެ.

އެންމެ ފަހުން ޕްރިޔަންކާ ފެނިފައިވާ ބޮލީވުޑްގެ ފިލްމަކީ "ޖެއި ގަންގާޖަލް" އެވެ.

ޝޯނާލީ ބޯސްގެ ވާހަކައެއްގެ މައްޗަށް އުފައްދާ "ސްކައި އިޒް ޕިންކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
03 އެޕްރީލު 2017

ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި

03 އެޕްރީލު 2017
ފިލްމު"ހައްދު"ގެ 20 ޕަސެންޓް މަސައްކަތް ނިންމާލައިފި
02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު