Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސާހޯ ފިލްމު

"ސާހޯ"ގެ ފޯސްޓަރު ދައްކާލައިފި

11 ޖޫން 2019 | އަންގާރަ 03:12

ފުރަތަމަ ޓީޒާ ރިލީޒް ކުރަނީ މި މަހުގެ 13 ވަނަ ދުވަހު

އަލީ ސަމާޚް
އަލީ ސަމާޚް | 11 ޖޫން 2019 | އަންގާރަ 03:12
\"ސާހޯ\" ގެ ޕޯސްޓަރުގައި ޝްރައްދާ ކަޕޫރް

\"ސާހޯ\" ގެ ޕޯސްޓަރުގައި ޝްރައްދާ ކަޕޫރް

މި އަހަރު ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރުކޮށްގެން ތިބި ފިލްމަކަށް ވެގެންދާނީ ޕްރާބާސްއާ ޝްރައްދާ ކަޕޫރް ފެނިގެންދާ ''ސާހޯ'' އަށެވެ.

"ބާހުބަލީ" އިން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ޕްރަބާސް އާއި ޝްރައްދާ ކަޕޫރް ފެނިގެންދާ "ސާހޯ"ގެ ޕޯސްޓަރު އާއްމުންގެ ތެރެއަށް ހޯމަ ދުވަހު ދޫކޮށްލާފައި ވަނީ ޕްރަބާސްގެ އިންސްޓްގްރާމް މެދުވެރިކޮށެވެ. ފޯސްޓަރުގައި ޝްރައްދާ ހުންނަނީ ބަޑިއެއް ހިފައިގެންނެވެ. ޕްރަބާސްގެ އިންސްޓަގްރާމްގައިވާ ގޮތުން ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އެކްޝަން ތްރީލާ ފިލްމެކެވެ.

ހައިދްރާއާބާދުގައި ހުންނަ ޔޫވީ ކްރިއޭޝަންސް ޕްރޮޑަކްޝަން އާއި މަޝްހޫރު ޓީ ސީރީސްއާ ގުޅިގެން ހަދާ މި ފިލްމުގައި ގިނަ އަދަދެއްގެ ކާސްޓުންތަކެއް ހިމެނެއެވެ. ސަޕޯޓިން ރޯލުން ނީލް ނިތިން މުކޭޝް، ތަމަޅަ ފިލްމުތަކުން ފެނިގެންދާ އަރުޖުން ވިޖޭގެ އިތުރުން ޖެކީ ޝްރޯފް ވެސް ހިމެނެއެވެ. އިތުރު ކާސްޓުންގެ ތެރޭގައި، އެވެލިން ޝަރްމާ، ފެޝަން ޑިޒައިނަރު މަންދީރާ ބޭދީ، ޗަންކީ ޕާންޑޭގެ އިތުރުން ތެލަގޫ ކޮމޭޑިއަން ވެނެއްލާ ކިޝޯރް ވެސް ހިމެނެއެވެ.

"ސާހޯ" ހަދާފައި ވަނީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މިއީ ޕްރަބާސް އެންމެ ފަހުން ކުޅެފައިވާ ''ބާހުބަލީ 2" އަށް ވުރެ ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ބޮޑު ބައި ޝޫޓް ކޮށްފައިވަނީ ދުބާއި، އަބޫދާބީ އަދި ރޮމޭނިއާގެ އިތުރުން ޔޫރަޕްގެ އެހެނިހެން ގައުމުތަކުގައެވެ. ބޮޑު ބަޖެޓެއްގައި އުފައްދާ މި ފިލްމުގައި ދުބާއީގެ ބުރްޖް ޚަލީފާ ކައިރީގައި ނަގާފައިވާ އެކްޝަން ސީންއަކަށް 25 ކްރޯޑް ރުޕީސް ހޭދަ ކޮށްފައިވާ ކަމަށް ފިލްމު ހެދި ފަރާތާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ފިލްމަކީ އެކްޝަން ފިލްމަކަށް ވާއިރު ފިލްމުގައި ކަނޑު އަޑީގެ ބައެއް މަންޒަރުތައް ވެސް ހިމެނެއެވެ. އެ ގޮތުން އެކަމަށް ތައްޔާރުވުމަށްޓަކައި ޕްރަބާސް ސްކޫބާ ޑައިވިން ދަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލަގޫ ބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމު ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ތެލަގޫ ޑައިރެކްޓަރު ސުޖީތް ރެޑީއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

23 އޮކްޓޯބަރު 2017
"ސާހޯ"ގެ ތަރި ޕްރަބާސްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 އޮކްޓޯބަރު 2017

"ޖަސްޓިސް ލީގް" ގެ ފަހު ޓްރެއިލާ ދައްކާލައިފި

11 އޮކްޓޯބަރު 2017
"ޖަސްޓިސް ލީގް" ގެ ފަހު ޓްރެއިލާ ދައްކާލައިފި
28 ސެޕްޓެމްބަރު 2017

ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި

28 ސެޕްޓެމްބަރު 2017
ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި
14 އޯގަސްޓު 2017

ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި

14 އޯގަސްޓު 2017
ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި
13 އޯގަސްޓު 2017

"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

13 އޯގަސްޓު 2017
"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި
10 އޯގަސްޓު 2017

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި

10 އޯގަސްޓު 2017
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
21 މެއި 2017

"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި

21 މެއި 2017
"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި
05 އެޕްރީލު 2017

“ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

05 އެޕްރީލު 2017
 “ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ދައްކާލައިފި
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް