Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮންގކޮންގގައި މުޒާހަރާ

ޝަރީއަތަށް ޗައިނާއަށް ފޮނުވާލަން ހުށައެޅުމުން ހޮންގކޮންގގައި މުޒާހަރާކޮށްފި

9 ޖޫން 2019 | އާދީއްތަ 18:05

ބައި މިލިއަނަށް ވުރެ ގިނަ މީހުން މުޒާހަރާގައި ބައިވެރިވެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 9 ޖޫން 2019 | އާދީއްތަ 18:05
ހޮންގ ކޮންގގައި ކުރި މުޒާހަރާގެ ތެރެއިން

ހޮންގ ކޮންގގައި ކުރި މުޒާހަރާގެ ތެރެއިން

ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތްތައް ހިންގުމަށް ޗައިނާއަށް ފޮނުވާލެވޭ ގޮތަށް (އެކްސްޓްރެޑޭޓް ކުރެވޭ ގޮތަށް) ހޮންގ ކޮންގގެ ގާނޫނަށް ބަދަލު ގެންނަން ހުށައެޅުމުން، އެ ގައުމުގެ ރައްޔިތުން ނިކުމެ މުޒާހަރާކޮށްފިއެވެ.

އާދިއްތަ ދުވަހު ހޮންގ ކޮންގގެ މަގުތަކުގައި ކުރި މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނީ، ބައި މިލިއަނަށް ވުރެ ގިނަ މީހުން މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށެވެ. އެ ފަރާތްތަކުން ބުނީ މިއީ 2003 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް ބަދަލުކުރަން ހުށައެޅުމުން މުޒާހަރާކުރަން ނިކުތް މީހުންނަށް ވުރެ ވެސް ގިނައިން މީހުން ބައިވެރިވީ މުޒާހަރާއެއް ކަމަށެވެ. އެ ފަހަރުގެ މުޒާހަރާގައި ވެސް ބައި މިލިއަނެއްހާ މީހުން ބައިވެރިވެފައިވެއެވެ.

އެފަހަރުގެ މުޒާހަރާތަކާ ގުޅިގެން ގާނޫނަށް ހުށައެޅި ބަދަލުތައް އަނބުރާ ގެންދަން ސަރުކާރުން ނިންމާ، އޭރުގެ ސަރުކާރުގެ އިސް އޮފިޝަލަކު އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގެންނެވިއެވެ. އާދިއްތަ ދުވަހުގެ މުޒާހަރާތަކާއި ގުޅިގެން އެ ގައުމުގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމްއަށް ވެސް އަވަސް ނިންމުންތަކެއް ނިންމަން ޖެހޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މުޒާހަރާގެ ބައިވެރިންނާ މުޙާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ ޑިމޮކްރެޓިކް ޕާޓީގެ ޖޭމްސް ޓޯ ވިދާޅުވީ، މުޅި ހޮންގ ކޮންގ އޮތީ ކެރީއާ ދެކޮޅަށް ކަމަށެވެ. އަދި އެކްސްޓްރެޑިޝަން ބިލް އަނބުރޭ ނެންގެވުމަށް ފަހު، އިސްތިއުފާ ދެއްވުމަށް ވެސް ޓޯ ގޮވާލެއްވިއެވެ.

ހޮންގ ކޮންގއަކީ ޗައިނާގެ ހާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ގައުމެކެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު, ސަތޭކަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެ މީހުންގެ ދަށުގައި އޮތުމަށް ފަހު، އެ ސަރަހައްދު އަނބުރާ ޗައިނާއާ ހަވާލުކުރެވުނީ 1997 ވަނަ އަހަރުގެ ތެރޭގައެވެ. ޗައިނާގެ ހާއްސަ އިދާރީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތުމުން، ހޮންގ ކޮންގއަށް ވަނީ އަމިއްލަ ސަރުކާރުގެ ހިންގުމުގެ ނިޒާމަކާއި އިގްތިސާދެއް ހިންގުމުގެ މިނިވަންކަން ދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2019

ތިންވަނަ ފަހަރަށް ހުށައެޅުމުން ވެސް މޭގެ ބްރެކްސިޓް އެއްބަސްވުން ފާހެއް ނުވި

30 މާރިޗު 2019
ތިންވަނަ ފަހަރަށް ހުށައެޅުމުން ވެސް މޭގެ ބްރެކްސިޓް އެއްބަސްވުން ފާހެއް ނުވި
05 މާރިޗު 2019

ބްރެކްސިޓަށް ތާއީދުކުރާ އަވަށްތަކަށް 1.6 ބިލިއަން ޕައުންޑުގެ ފަންޑެއް ހުށައެޅުމުން މޭއަށް ފާޑުކިޔުން

05 މާރިޗު 2019
ބްރެކްސިޓަށް ތާއީދުކުރާ އަވަށްތަކަށް 1.6 ބިލިއަން ޕައުންޑުގެ ފަންޑެއް ހުށައެޅުމުން މޭއަށް ފާޑުކިޔުން
21 ސެޕްޓެމްބަރު 2018

ރަޝިއާގެ ހަތިޔާރު ގަތުމުން އެމެރިކާ އިން ޗައިނާއަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި

21 ސެޕްޓެމްބަރު 2018
ރަޝިއާގެ ހަތިޔާރު ގަތުމުން އެމެރިކާ އިން ޗައިނާއަށް ދަތިކުުރުމުގެ ފިޔަވަޅު އަޅައިފި
17 ސެޕްޓެމްބަރު 2018

ބާރުގަދަ ތޫފާން މަންޚޫތު ޗައިނާއަށް އަރައިފި

17 ސެޕްޓެމްބަރު 2018
ބާރުގަދަ ތޫފާން މަންޚޫތު ޗައިނާއަށް އަރައިފި
13 ޖުލައި 2018

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ސްޕޭނަށް ފޮނުވާލަން ނިންމައިފި

13 ޖުލައި 2018
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ސްޕޭނަށް ފޮނުވާލަން ނިންމައިފި
08 ނޮވެމްބަރު 2017

ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި

08 ނޮވެމްބަރު 2017
ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެންފި
03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
30 ސެޕްޓެމްބަރު 2017

ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!

30 ސެޕްޓެމްބަރު 2017
ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!
03 ޖޫން 2017

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

03 ޖޫން 2017
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް