Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީސްޓަރ ސަންޑޭ ހަމަލާ

ޕާލިމަންޓުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ލަންކާ އިންޓެލިޖެންސްގެ ވެރިޔާ މަގާމުން ވަކިކޮށްފި

9 ޖޫން 2019 | އާދީއްތަ 03:34

ކޮމިޓީގައި ތިއްބަވަނީ ބޮޑުވަޒީރު ރަނިލްއަށް ވަފާތެރި މެމްބަރުން

އަމަން ހަލީމް
އަމަން ހަލީމް | 9 ޖޫން 2019 | އާދީއްތަ 03:34
ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ

ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ

އީސްޓަރ ސަންޑޭ ހަމަލާގެ އިންޒާރާ ބެހޭ މައުލޫމާތު ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާއަށް ލިބިފައިވާ ކަމަށް ވިދާޅުވި ލަންކާގެ ގައުމީ އިންޓެލިޖެންސް އިދާރާގެ ވެރިޔާ މަގާމުން ވަކިކޮށްފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން ބަލަމުންދާ މައްސަލައިގައި، އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި ސިސިރަ މެންޑިސް ވިދާޅުވީ ގަވައިދުން ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުންތައް ނުބޭއްވި ދިޔުމާ ގުޅިގެން، އެންމެ ފުރިހަމައަށް އެ ގައުމަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

އެ ގޮތުން އޭޕްރިލް މަހުގެ 9 ވަނަ ދުވަހު ބޭއްވި ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި އިންޑިއާ އިން އިން ފޮނުވި އިންޒާރާ ގުޅިގެން ސުވާލުކުރުމުން، ސިރިސޭނާއަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް އެ ގައުމުގެ ޑިރެކްޓަރ އޮފް ދި ސްޓޭޓް އިންޓެލިޖެންސް ސާރވިސް ނިލަންތަ ޖަޔަވަރްދަނަ ވިދާޅުވި ކަމަށް މެންޑިސް ވިދާޅުވެފައި ވެއެވެ.

ހަމަލާއަށް ފަހު މަގާމުގެ ޒިންމާތަކުން ދުރުކުރެވިފައިވާ ލަންކާ ފުލުހުންގެ އިސްވެރިޔާ، ޕުޖިތް ޖަޔަސުންދްރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަމަލާއަށް ފަހު އޭނާ އިސްތިއުފާ ދޭން ރައީސް ސިރިސޭނާ ބާރުއެޅުއްވި ކަމަށެވެ. އަދި ހަމަލާއާ ގުޅިގެން ކުރިޔަށް ގެންދާ އެއްވެސް ތަހުގީގެއް ނިމޭއިރު، އޭނާ އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެ ކަމަށް ސިރިސޭނާ ވިދާޅުވި ކަމަށް ވެސް ޖަޔަސުންދްރާ ވިދާޅުވިއެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވި ކުރީގެ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ސެކެޓްރީ ހެމަސިރީ ފަނާންޑޯ ވިދާޅުވީ، ސިރިސޭނާއާ އެކު މަޝްވަރާ ބައްދަލުވުންތައް ހަމަޖައްސަން އުނދަގޫ ކަމަށެވެ. ލަންކާގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ޕޮލިސްއަކީ އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާއެވެ.

މެންދިސް މަގާމުން ވަކިކުރެވުނުކަން އިއުލާން ކުރެއްވީ، ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިރިސޭނާއެވެ. ސިރިސޭނާ ވިދާޅުވީ ޕާލިމަންޓުގެ ކޮމިޓީއަށް ހެކިބަސް ދިން އެންމެން މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި މެނޑިސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ހޮނިހިރު ދުވަހު ސިރިސޭނާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުން ޕާލިމަންޓުގައި ހެކިބަސް ދިނުމާ އެ މަނިކުފާނު ދެކޮޅުހައްދަވާ ކަމަށެވެ. އަދި އެ ގޮތަށް ކަންކުރައްވަން ހުކުރު ދުވަހު ފުލުސް އޮފިސަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވެފައިވާނެ ކަމަށް ވެސް ސިރިސޭނާގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ. ކޮމިޓީގެ އަޑުއެހުމަށް ހާޒިރު ނުވާ އޮފިސަރުން ހިމާޔަތް ކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

އެގޮތަށް އަމަލުކުރަން ފުލުހުންނަށް ބާރުއަޅަނީ، އީސްޓަރ ސަންޑޭ ހަމަލާއާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިޔަށްދާ މައްސަލަތަކަށް ބުރޫނޭރުވުމުގެ ގޮތުން ކަމަށް ސިރިސޭނާގެ މީޑިއާ ޓީމުން ބުނެފައި ވެއެވެ. ލަންކާ ސުޕްރީމް ކޯޓުގައި މިހާރު ވެސް އެ ހާދިސާއާ ގުޅުން ހުރި ފަސް މައްސަލައެއްގެ އަޑުއެހުންތައް ކުރިޔަށް އެބަދެއެވެ.

އެޕްރިލް މަހުގެ ތެރޭގައި ލަންކާގައި ހަށި ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާތަކުގެ އިންޒާރު ތަކުރާރުކޮށް ލިބި، އެ ހަމަލާ ހުއްޓުވަން ނުކުޅެދުމުން ރައީސް ސިރިސޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ، އިސްތިއުފާ ދެއްވަން ވެސް ބަޔަކު ގޮވާލާފައިވެއެވެ. ނަމަވެސް ސިރިސޭނާ ވަނީ ހަމަލާއާ ބެހޭ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. މި ހަމަލާގައި 250 މީހަކު މަރުވެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް