Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯދީގެ ދަތުރުފުޅު 2019

ރާއްޖެ އާދެވިއްޖެ، ދަތުރުން ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖެ ގުޅިފައިވާ މިންވަރު: ބޮޑުވަޒީރު މޯދީ

ރާއްޖެ ވަޑައިގެންނެވީ ދެ ދުވަހަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖޫން 2019 | ހޮނިހިރު 11:44
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ކުޑަކުއްޖަކު މަރުހަބާ ކިޔަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ކުޑަކުއްޖަކު މަރުހަބާ ކިޔަނީ

ރާއްޖެ އަށް ވަޑައިގެންނެވިއްޖެ ކަމަށާއި، މި ދަތުރުފުޅުން ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖެ ގުޅިފައިވާ މިންވަރު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު ނަރެންދްރާ މޯދީ މިހްނެ ވިދާޅުވީ ހޮނިހިރު ދުވަހު އެމަނިކުފާނުގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅުން ދައްކުވައިދެނީ އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިންމުކަން ކަމަށެވެ. އަދި ތަފާތު ރޮނގުތަކުން ރާއްޖެއާ އެކު ގުޅުން ބަދަހިކުރުމަށް ބޭނުންވެވަޑައިގަންނަވާ މިންވަރު މި ދަތުރުފުޅުން ފެންނާނެ ކަމަށް ވެސް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީ ވަނީ މީގެ ކުރިން ވެސް ދިވެހި ބަހުން ޓްވީޓެއް ކުރައްވާފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މޯދީގެ ރަސްމީ ޓްވިޓާ އެކައުންޓުން ޓްވީޓްކުރެއްވީ ދިވެހި ދެ ލަވަކިޔުންތެރިއަކު ހިންދީ ބަހުން ކިޔާފައިވާ ލަވަޔަކާ ގުޅިގެންނެވެ.

ބޮޑުވަޒީރު މޯދީ އަށް ރާއްޖޭގެ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން މަރުހަބާ ދަންނަވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ބޮޑުވަޒީރު މޯދީ ތަގުރީރް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ތަގްރީރް ކުރައްވާ ޖަލްސާ ފަށާނީ ހޮނިހިރު ދުވަހުގެ 6:45 ގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު