ހޯރަފުށި ސްކޫލު ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ބޮކްސްގައި އަލިފާން ރޯވެ އަނދައިފި
8 ޖޫން 2019 | ހޮނިހިރު 10:59މިހާދިސާ ހިނގީ މިއަދުގެ ހެނދުނު 9:24 ހާއިރު

އަމްނާ އިމާދު | 8 ޖޫން 2019 | ހޮނިހިރު 10:59

އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ
ހއ. ހޯރަފުށި ސްކޫލު ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ބޮކްސްގައި އަލިފާން ރޯވެ އަނދައިފިއެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:24 ހާއިރު އެރަށު ސްކޫލު ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ބޮކްސްގައި އަލިފާން ރޯވެފައިވާ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހޯރަފުށީގައި މަސައްކަތް ކުރާ ފުލުހުން ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށާއި، އަލިފާން ރޯވެފައިވަނީ ކަރަންޓް ސްޕާކް ވެގެން ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.





