Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޯދީގެ ދަތުރުފުޅު 2019

އިންޑިއާ އަށް ރާއްޖެ މުހިންމުވަނީ ކީއްވެ؟

ރާއްޖެ މުހިންމު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ސަބަބުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 7 ޖޫން 2019 | ހުކުރު 16:28
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމަނިކުފާނާއި އަނބިކަނބަލުންނަށް މަރުހަބާ ދަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމަނިކުފާނާއި އަނބިކަނބަލުންނަށް މަރުހަބާ ދަންނަވަނީ

އިންޑިއާ ކަނޑުގައި ހާރެއްހެން ފެތުރިފައިވާ މި ދިވެހި ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ގައުމެކެވެ. ބިމުގެ ގޮތުން ވެސް އަދި އާބާދީގެ ގޮތުން ވެސް އެހެން ގައުމުތަކާ ނުބައްދަލެވެ. ނަމަވެސް ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތުގެ ގައުމުތަކަށް އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރުކުރުމަށް އޮތް މައި ނާރެހަކީ މި ކުޑަކުޑަ ޖަޒީރާ ގައުމެވެ. އިރުމަތީ އޭޝިޔާގެ ގައުމުތަކާއި އަރަބި އަދި އެފްރިކާގެ ގައުމުތަކަށް ކަނޑުމަކުން ކުރާ ދަތުރުތަކުގައި އެންމެ މުހިއްމު އެއް ރޫޓު އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައެވެ. ކޮންމެ ދަވަހަކު އެތައް ސަތޭކަ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް މި ގައުމުތަކަށް ދަތުރުކުރެއެވެ. އެތައް ބިލިއަން ޑޮލަރެއްގެ މުދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސް އުފުލައެވެ. މިއީ ދުނިޔެއަށް ރާއްޖެ މުހިންމުވާ ސަބަބެވެ.

މި ކުޑަކުޑަ ރާއްޖެއަކީ ވަސީލަތްތަކުގެ ގޮތުން ސަރަހައްދީ އެހެން ގައުމުތަކާ ނުބައްދަލު ގައުމަކަށް ވެދާނެއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން އެހެން ގައުމުތަކަށް ވުރެ ފަހަތުގައި ރާއްޖެ އުޅުނަސް ފާއިތުވި އަހަރުތަކުގައި ރާއްޖެ ވަނީ މި ސަރަހައްދު ގައުމުތަކާ ތަރައްގީގެ ދުވެލީގައި ވަރަށް ބޮޑަށް ފައިހަމަކޮށްފައެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ބަސް މި ސަރަހައްދުގައި ނުވިކުނަސް ފާއިތުވި އަހަރުތަކުގައި ހޯދި ބޮޑެތި ކުރިއެރުންތަކާ އެކު ދެކުނު އޭޝިޔާގައި ރާއްޖެގެ ބަސް ވެސް ވަނީ ވިކެން ފަށާފައެވެ. ހާއްސަކޮށް ސަރަހައްދީ މައްސަލަތަކުގައި ރާއްޖޭގެ ބަސް މިހާރު މުހިންމެވެ.

އަސްކަރީ ގޮތުން މި ސަރަހައްދުގެ ގިނަ ގައުމުތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކެވެ. އިންޑިއާ އާއި ޕާކިސްތާނަކީ ނިއުކްލިއާ ބޮޑު ދެ ބާރެވެ. ސަރަހައްދުގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ރާއްޖެއަކީ މުހިންމު ބައިވެރިއެކެވެ. އަދި ދެކުނު އޭޝިޔާއާ އިންވެގެން އޮތް ޗައިނާ އާއި އިރުމަތީ އޭޝިއާގެ އެހެން ގައުމުތަކަށް ވެސް އިންޑިއާ ކަނޑުގެ މަސްލަހަތު ގާއިމުކުރުމުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެކެވެ. ހާއްސަކޮށް ދުނިޔޭގެ ބާރުތައް މުށުތެރެއަށް ލުމަށް އަދި ސަރަހައްދީ ކޮންޓްރޯލް ހޯދުމަށް އުފެދިފައިވާ ވާދަވެރިކަމުގައި އެންމެ މުހިންމު އެއްގައުމަކީ ވެސް ރާއްޖެއެވެ. ރާއްޖެ އޮތް ސަރަހައްދެވެ. އިންޑިއާ ކަނޑާއި އޭޝިއާ ސަރަހައްދުގެ ބާރު ހޯދުމަށް ޗައިނާ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ވާދަވެރިކަމުގައި ވެސް އެންމެ މުހިންމު އެއް ގައުމަކީ ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ މި ދިވެހި ރާއްޖެއެވެ. އިންޑިއާ އާއި ޗައިނާ އަށް ރާއްޖެ މުހިންމުވާ މައިގަނޑު ސަބަބަކީ ވެސް މިއީއެވެ.

އޭޝިޔާގެ ލަގަން ހޯދުމަށް ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަން އުފެދިފައިވާ އިރު އެ ދެ ގައުމުން ވެސް ގެންދަނީ ރާއްޖޭގައި އެ އިރެއްގައި އޮންނަ ސަރުކާރަކާ ގުޅުން ބަދަހިކުރަމުންނެވެ. ނަމަވެސް މި ގުޅުން ބިނާވެފައި ވަނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާން ވެސް ދެ ބަޔަކަށް ބެހިފައެވެ. އެއްބަޔަކީ ޑިމޮކްރަސީގެ ހަމަތައް ދިރުވާއާލާކުރުމަށް ފިސާރި ވަކާލާތުކުރާ ފިކުރެވެ. އަނެއް ބަޔަކީ ހުދުމުހުތާރު ސިޔާސަތުތަކެއްގެ މައްޗަށް އެކުލެވެ ފިކުރެކޭ ބުނެވިދާނެއެވެ. މިހާރު ވެރިކަމުގައި އޮތީ ޑިމޮކްރަސީ އަށް ވަކާލާތުކުރާ ފިކުރުގެ މައްޗަށް އެކުލެވޭ ޕާޓީއެވެ. މީގެ ކުރިން ވެރިކަން ކުރަމުން އައީ ތަންކޮޅެއް ހުދުމުހުތާރު ސިޔާސަތުތަކެއްގެ ގެންގުޅުނު ޕާޓީއެކެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑިމޮކްރަސީއެވެ. ދީނީ ހިޔާލުތަފާތުވުންތަކާއި ނަސްލުގެ ތަފާތުތައް އިންތިހާ އަށް ބެހިގެން ގޮސްފައިވީ ނަމަވެސް ޒަމާނީ ޚާރިޖީ ސިޔާސަތުގައި އިންޑިއާ ފާހަގަކޮށްލެވެނީ ޑިމޮކްރަސީގެ ބަހާތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައެވެ. ޗައިނާއަކީ އޭގެ އިދިކޮޅެވެ. ޗައިނާ ފާހަގަކުރެވިފައި ވަނީ ކޮމިއުނިސްޓް ގައުމުތަކުގެ ތެރެއިން ވެސް އެންމެ ހަރުކަށި އުސޫލްތައް ޒަމާނުއްސުރެ ހިފަހައްޓަމުން އަންނަ ގައުމެއްގެ ގޮތުގައެވެ. ކަންކަން ފޮރުވައި ހިފަހައްޓައިގެން ގެންގުޅޭ ގައުމެއްގެ ގޮތުގައެވެ.

ރާއްޖެ އާއި މި ދެ ގައުމުގެ ގުޅުން ވެސް ބިނާ ވަނީ މި ދެންނެވި ދެ ފިކުރުގެ މައްޗަށޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. އާ ގާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީ ވެރިކަމަށް ފަހު އެންމެ ބޮޑަށް ގުޅުން ބަދަހިކުރި އެއް ގައުމަކީ އިންޑިއާއެވެ. ރާއްޖޭގެ ގިނަ މަޝްރޫއުތަކެއްގައި އެމްޑީޕީ ސަރުކާރުން އިންޑިއާ ބައިވެރިކުރިއެވެ. އިންޑިއާ ފަސްޓް ޕޮލިސީއަކީ އެ ޕާޓީގެ މުހިންމު ސިޔާސަތެކެވެ. ނަމަވެސް އެވެރިކަން ނިމި އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ މަންޒަރު ބަދަލުވެގެން ދިޔައެވެ. ދުނިޔޭގެ ގައުމުތަކާ ގުޅުން ކުޑަ ސަރުކާރެއްގެ ގޮތުގައި ފާހަގަކުރެވުނު ޔާމީންގެ ސަރުކާރުން އިންޑިއާ ދޫކޮށް ޗައިނާގެ އަތުގައި ހިފިއެވެ. ނަތީޖާއަކަށްވީ ކުދި ގައުމުތަކަށް އިގްތިސާދީ ގޮތުން އަޅުވެތިކުރުމަށް ޗައިނާ އިން ގެންގުޅޭ ސިޔާސަތުގެ ތެރެއަށް ރާއްޖެ ވެސް ވަދެ ބޮޑެތި މަޝްރޫއުތަކުގެ ބައިވެރިއަކަށް ޗައިނާ ވުމެވެ.

އާ ސަރުކާރުގެ ފެށުން ވެސް އައީ އިންޑިއާއާ އެކުއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވުމުން، އިންޑިއާ އަށް ރާއްޖެ މުހިންމު މުހިންމު ފާހަގަ ވެގެން ދިޔައެވެ. ހާއްސަކޮށް މި ސަރުކާރަށް އިންޑިއާގެ މުހިންމުކަން ހާމަވެގެން ދިޔައެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރެއް ނިމިގެންދިޔަ އިރު މޯދީ ވަނީ ސަރަހައްދީ ގައުމުތަކަށް ދަތުކުރައްވާފައެވެ. ނަމަވެސް ރާއްޖެ އަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ. ނަމަވެސް ނޮވެމްބަރު 17 ވަނަ ދުވަހު ކުރެއްވި ދަތުރުފުޅަށް މާގިނަ ދުވަހެއް ނުވެ އަދި ދެ ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެން މޯދީ ވަޑައިގަންނަވާ ފުރަތަމަ މަންޒިލަކަށް ރާއްޖެވުމުން އިންޑިއާގައި މިހާރު އޮތް ސަރުކާރާއި ރާއްޖޭގެ މިހާރު އޮތް ސަރުކާރާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ހާމަވެގެން ދެއެވެ. މާޒީގެ ކަންކަމަށް ބަލާއިރު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ފަދަ ގުޅުމަކަށް ވުރެ ބޮޑަށް ދޭދޭ ސަރުކާރުތަކުގެ މެދުގައި އޮތް ގުޅުމަކަށް ވަނީ ބަދަލުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރު އޮތް އިރު ރާއްޖެއިން ޗައިނާއާ ދިޔައީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. ނަތީޖާއަކަށްވީ އަވަށްޓެރި އިންޑިއާ ފޭއަށް ޖެހުމެވެ. ނަމަވެސް ގުޅުން ބަދަހިކުރެވޭތޯ އިންޑިއާ އިން މަސައްކަތްތަކެއް ކުރިއެވެ. ފުރުސަތަކަށް އޮތީ ބަލަބަލައެވެ. ނަމަވެސް ޗައިނާ އިން ރާއްޖެ އަށް އޮއްސަމުންދިޔަ ލޯނު ފައިސާތަކުގެ ސަބަބުން އިންޑިއާގެ އަޑު ދިވެހި ސަރުކާރަކަށް ނީވެއެވެ. އާ ސަރުކާރާ އެކު އިންޑިއާ އަނެއްކާ ވެސް މި ވަނީ ގާތަށް ޖެހިލާފައެވެ. މޯދީގެ ދަތުރުފުޅާ އެކު އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އިގްތިސާދީ އެތައް އެއްބަސްވުންތަކެއް ގާއިމުކުރެވި އާ ސަފްހާތަކެއް ލިޔެވިގެންދާނެއެވެ. މި ސަރަހައްދުގައި އިންޑިއާގެ ނުފޫޒު އިތުރަށް ވަރުގަދަކުރުމުގައި އަނެއްކާ ވެސް ރާއްޖެ އިންޑިއާގެ ބައިވެރިއަކަށް ވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު