Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޯދީގެ ދަތުރުފުޅު 2019

ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރި އިއްޒަތްތެރިން!

ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރެއްވުމުގެ ފުރުސަތު އަރުވާފައިވަނީ އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 7 ޖޫން 2019 | ހުކުރު 15:23
މަންމޯހަން ސިންގް އާއި އޭރުގެ މަޖިލިސް މެމްބަރުން ސަލާމް ކުރައްވަނީ

މަންމޯހަން ސިންގް އާއި އޭރުގެ މަޖިލިސް މެމްބަރުން ސަލާމް ކުރައްވަނީ

ރާއްޖޭގައި އެންމެ ދުވަސްވީ މުއްސަސާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ހިމެނެއެވެ. ގާނޫނު ހަދާ މަޖިލީހަކީ އެ ގައުމެއްގެ އެންމެ މަތީ ގެއެވެ. ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަކީ މި ގައުމުގެ ހުރިހާ ރައްޔިތުން ތަމްސީލްވާ އެންމެ މަތީގެއެވެ. އެ ގޭގައި ވާހަކަދެއްކުމުގެ ފުރުސަތު އެހެން ގައުމުތަކުގެ ވެރިންނަށް އެރުވުމަކީ އެ ގައުމަކާ އޮންނަ ގާތްކަމާއި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމުގެ ޝަރަފް ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރިންނަށް އެ ގައުމުތަކުން އަރުވަނީ، އެ އިއްޒަތްތެރިއަކަށް ދެވޭ އެންމެ ބޮޑު ޝަރަފް އެރުވުމުގެ ގޮތުންނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ހިނގި 86 އަހަރުގެ ތެރޭގައި، ބޭރު ގައުމުގެތަކުގެ އިސްވެރިންގެ ތެރެއިން، މަޖިލީހުގައި ތަގްރީރްކުރެއްވުމުގެ ޝަރަފް މިހާތަނަށް އަރުވާފައިވާ ހަމައެކަނި ބޭފުޅަކީ އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގްއެވެ. މަޖިލީހުގެ ހަޔާތުގައި 78 އަހަރު ފަހުން،2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 އިން 11 އަށް ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައެވެ. މަންމޯހަން ސިންގް އަށް މި ޝަރަފް އަރުވާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. މަންމޯހަން ސިންގް މަޖިލީހުގައި ވާހަކަދެއްކެވުމަށް ފާސްކޮށްފައި ވަނީ 65 މެމްބަރުންގެ އިއްތިފާގުންނެވެ. މަންމޯހަން ސިންގް ތަގްރީރްކުރެއްވި ޖަލްސާ ބާއްވާފައި ވަނީ 12 ނޮވެމްބަރު 2011 ވަނަ ދުވަހު މެންދުރު 12 ޖެހިއިރުއެވެ. އެއީ 2011 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާއެވެ. މަންމޯހަން ސިންގް ތަގްރީރްކުރެއްވި ޖަލްސާއަށް ހާޒިރުވެފައިވަނީ 66 މެމްބަރުންނެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ، މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

މަޖިލިސް ހުޅުވާ ޖަލްސާ ބާއްވާ ގޮތަށް އިންތިޒާމްކޮށްގެން ބޭއްވި އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަންމޯހަން ސިންގް ވިދާޅުވީ ދީނީ ހިޔާލު ތަފާތުވުންތަކާއި އިންޑިއާ ކަނޑުގައި ދިމާވެފައިވާ ކަނޑުފޭރުމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރުން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިންޑިއާ އިން ރާއްޖެއަށް އެހީތެރިވެދޭނެ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށްޓަކައި އިންޑިއާގެ އެކި ދާއިރާތަކުން އެހީތެރިވެދެއްވާނެ ކަމަށް މަންމޯހަން ސިންގުގެ އެ ތާރީޚީ ތަގްރީރްގައި ވަނީ ވިދާޅުވެފައެވެ. އެ ގޮތުން އިގްތިސާދީ އިންވެސްޓުމެންޓްތަކާއި ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓާ ދާއިރާތަކާއި މަސްވެރިކަމާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އިޔާދަ ކުރަނިވި ހަކަތަ ކުރިއެރުވުމަށް އިންޑިއާއާ އެކު، ގުޅިގެން މަސައްކަތް ކުރުމަށް ފްރޭންމްވޯކް އެގްރީމެންޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަންމޯހަން ސިންގް ވަނީ ވިދާޅުވެފައެވެ.

ގެދޮރު އިމާރާތް ކުރުމަށް 40 މިލިއަން ޑޮލަރުގެ "616.8 މިލިއަން ރުފިޔާ" ލައިން އޮފް ކްރެޑިޓް ރާއްޖެ އަށް ދީފައިވާ ކަމަށާއި އަދި ވަރަށް އަވަހަށް އެ ނިޒާމުގެ ދަށުން ދޫކުރި ފައިސާ އިން އަޅާ ގެދޮރު ފެނިގެންދާނެ ކަމަށާއި، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް އިންޑިއާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާތަކާ އެކު ގާތް ގުޅުމެއް އިންޑިއާ އިން ބާއްވާނެ ކަމަށް އިޝާރާތް ކުރައްވައި މަންމޯހަން ސިންގް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު، ޓޫރިޒަމް ދާއިރާތައް ކުރިއަރާދާނެ ޕްރެޖެކްޓުތައް ހިންގުމުގައި އިންޑިއާގެ ކުންފުނިތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިންޑި އާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު ކުރުމުގެ މަޝްރޫތަކެއް ފެނިގެންދާނެ ކަމަށް ވިދާޅުވެ މަންމޯހަން ސިންގް ވިދާޅުވީ މާލެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ޕެސިންޖާ ލައިނެއް، ފެރީގެ ހިދުމަތެއްގެ ގޮތުގައި ދަތުރު ކުރުމަށް ވާހަކަތަކެއް ދެ ގައުމުގެ މެދުގައި ބަދަލު ކުރާ ކަމަށެވެ. އަދި އިންޑި އާއި ރާއްޖެއާ ދެމެދު އުދުހޭނެ އިތުރު އެއާލައިންތަކެއް ހަމަޖައްސާދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.ރާއްޖޭގެ ސިޔާސީ ވެއްޓަށް ރައްޔިތުންގެ ގެނެސްފައިވާ ބަދަލުތަކާ އެކު ވެރިކަމުގެ ނިޒާމަށާއި ޝަރުއީ ދާއިރާއަށާއި ގާނޫނު ހަދާ ރައްޔިތުންގެ މަޖިލީހަށް އަންނަމުންދާ ކުރިއެރުންތަކަށް ތައުރީފު ކުރައްވައި މަންމޯހަން ސިންގް ވިދާޅުވީ ގާނޫނީ ހެދުމުގައި އެހީތެރިކަން އިންޑިއާ އިން ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ގާއިމު ކުރުމަށް އިންޑިއާ އިން އެހީތެރިވެދެއްވާނެ ކަމަށެވެ.

ރާއްޖެ އަށް ދިމާވެފައިވާ މޫސުމީ ގޮންޖެހުންތައް ހައްލު ކުރުމަށް ރާއްޖެ އިސް ސަފުގައި އޮވެ، ބައިނަލްއަގުވާމީ މުޖުތަމައުގައި ކުރަމުންދާ މަސައްކަތުގައި އެކައްޗެއްގެ ގޮތުގައި އިންޑިއާ މަސައްކަތް ކުރާނެ ކަމަށް މަންމޯހަން ސިންގް ވިދާޅުވި އެވެ. އަދި ކާބަން ނިއުޓްރަލް ގައުމަކަށްވުމަށް ރާއްޖެ ކުރަމުންދާ މަސައްކަތުގައި އެ ގައުމުން ފުރިހަމަ އަށް އެއްބާރުލުންދޭނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

މަންމޯހަން ސިންގްގެ އެ ތާރީޚީ ތަގްރީރަށް ފަހު، އޭގެ ނުވަ އަހަރު ފަހުން ރާއްޖޭގެ ގާނޫނޫ ހަދާ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ޝަރަފު ދެން ވެސް އެރުވުމަށް ހަމަޖެހިފައި ވަނީ އިންޑިޔާގެ ބޮޑު ވަޒީރަކަށެވެ. ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން ހުވާކުރެއްވުމަށް ފަހު، އިންޑިޔާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ޖޫން 7 އަދި 8 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށް ދައުވަތު ވަނީ އަރުވާފައެވެ. މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ދެއްވުމަށް ހަމަޖެހިފައި ވަނީ 8 ޖޫންވާ ހޮނިހިރުދުވަހުގެ ރޭގަނޑުއެވެ.

މީގެ އިތުރުން ބޭރުގެ ގައުމުތަކުގެ ބައެއް އިއްޒަތްތެރިން ވަނީ މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ތަގުރީރުކުރައްވާފައެވެ. ނަމަވެސް އެއީ މަޖިލީހުގެ ޖަލްސާއެއްގެ ގޮތަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެއް ނޫނެއެވެ.

މީގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސްއާބެހޭ ހައިކޮމިޝަނަރ ނަވަނެތަމް (ނަވީ) ޕިއްލޭ، 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އެއީ ވެސް މަޖިލީހުގެ ޖަލްސާއެއްގެ ގޮތަށް މަޖިލީހުން ފާސްކޮގެން ދައުވަތު އަރުވައިގެން ކުރިއަށް ގެންދެވުނު ބައްދަލުވުމެއް ނޫނެއެވެ.

ޕިއްލޭ މަޖިލީހަށް ވަޑައިގެން ވާހަކަފުޅު ދައްކަވާފައިވަނީ 28 ނޮވެމްބަރު 2011 ގައެވެ. ޕިއްލޭ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާ ދެކޮޅަށް ރާއްޖޭގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. ޕިއްލޭ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ޒިނޭކުރާ އަންހެނުންގެ ގައިގައި ހައްދުޖެހުމަކީ އެ މީހުންގެ ޝަރަފަށް އުނިކަން ލިބޭ ކަމެއް ކަމަށާއި އެކަމާ ބެހޭ އާންމު ބަހުސެއް ބޭނުންވާ ކަމަށެވެ. ޕިއްލޭގެ އެ ވާހަކަތައް ކުށްވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ މުޒާހަރާކޮށްފައެވެ. އެ ވާހަކަފުޅުތައް ކުށްވެރިކޮށް އޭރުގެ ލ. މާވަށު ދާއިރާގެ މެމްބަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް އޭނާ ވަނީ އެ މައްސަލަ ވަނީ ފަހުން އަނބުރާ ގެންދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މޯދީ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވާއިރު އެތައް ބަޔަކު ދަނީ މާޒީގެ ސަފުހާތައް ފޮޅާ ސާފުކުރަމުންނެވެ. ޕިއްލޭގެ ޒިޔާރަތުގެ ތަންތަންކޮޅާއި އެކަން ވެގެންދިޔަ ގޮތަށް އަމާޒުކޮށް އެއްބަޔަކު ދަނީ ސޯޝަލް މީޑިއާގައި މޯދީގެ ޒިޔާރަތުގައި ވެސް އެފަދަ ކަމެއް ތަކުރާރުވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ހަރުކަށި ހިންދޫންގެ ވިސްނުމުގެ މައްޗަށް އެކުލެވިފައިވާ މޯދީގެ ބީޖޭޕީ ސަރުކާރާ އެ ވާހަކަތަކާ ދަނީ ގުޅުވަމުންނެވެ. ނަމަވެސް ބެލެވޭ ގޮތުގައި މޯދީގެ ވާހަކަފުޅު އަމާޒުކުރައްވާނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށެވެ. އެކަމަށް ބުރުލެއް އަރާފަދަ ކަމެއް ކުރައްވާނެ ކަމަކަށް ނުބެލެވެއެވެ. މަޖިލީހުގައި މޯދީ ދެއްވާ ތަގުރީރުވެގެންދާނީ ރާއްޖޭގެ ކުރިމަކަށް ވެސް ކޮށޭ މަގުތަކަކަށެވެ. ތާރީހީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"

އަލި ރަސްގެފާނުގެ ޒިޔާރަތް "ނަޖިސް ވަޅުގަނޑަކަށް!"

15 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު