Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީ-ބްރޮޑްކާސްޓަރުންގެ ޖޫރިމަނާ މާފު ކުރުން

ރީބްރޮޑްކާސްޓާރުންގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޖޫރިމަނާ މާފުކުރުމަށް ހުށައަޅައިފި

6 ޖޫން 2019 | ބުރާސްފަތި 10:46

2،504،000 ރުފިޔާ ޖޫރިމަނާ ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖޫން 2019 | ބުރާސްފަތި 10:46
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

ބައެއް ރީ-ބްރޯޑްކާސްޓަރުންނަށް ޖޫރިމަނާގެ ގޮތުގައި ކޮށްފައިވާ 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާފުކޮށްދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި އެދިއްޖެއެވެ.

ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރީބްރޮޑްކާސްޓިންގ ކުންފުނިތަކުން ދޭންޖެހޭ 2،504،000 (ދެ މިލިއަން ފަސް ލައްކަ ހަތަރު ހާސް) ރުފިޔާ މާފުކޮށްދިނުމަށް އެދިފައި ވަނީ އެ ފަރާތްތަކަކީ ރަށްރަށުގައި ކުދި ވިޔަފާރި ކުރާ ފަރާތްތަކަކަށް ވެފައި އެ ކުންފުނިތަކުގެ މާލީ ހާލަތު ހުރި ގޮތުން ޖޫރިމަނާ ދެއްކުމަށް ނުކުޅެދިފައިވުމާއި، އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ޖޫރިމަނާ މަޢާފުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު އެ ކޮމިޝަނަށް ލިބިފައި ވާތީ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންގެ ފަރާތްޕުޅުން ވެސް ބައެއް ކުންފުނިތަކުގެ ޖޫރިމަނާ މައާފުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދި ކޮމިޝަނަށް ކަންބޮޑުވުން ހުށައަޅާފައިވާ ކަމަށާއި، އެ ކުންފުނިތަކުގެ މާލީ ހާލަތަށް ބަލައި، އެކަމުން އަރައިގަނެ، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދެން ބޭނުންވާ ކަމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލައިސަންސް ނެތި ނުވަތަ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކޮށްގެން އެ ފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދުގައި ބަޔާންކުރާ ޖޫރިމަނާ ޖުމްލަ 29 ފަރާތެއްގެ މައްޗަށް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ޖޫރިމަނާ ދައްކާފައިވާއިރު، 15 ފަރާތަކުން ޖޫރިމަނާ ނުދައްކާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ރީބްރޯޑްކާސްޓަރުންގެ އިތުރުން ބްރޮޑްކޮމް އިން ވަނީ، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މިދިޔަ ސަރުކާރުން ފާސްކުރި އަބުރު ރައްކާތެރިކޮށްދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ. އެގޮތުން އެކި މައްސަލަތަކުގައި ރާއްޖެޓީވީ 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްލެވެ. ބްރޮޑްކޮމް އިން އެންގި މުއްދަތުތަކުގައި ރާއްޖެ ޓީވީން އެ ފައިސާ ދައްކާފައިވާއިރު އެ މައްސަލަތައް ވަނީ ކޯޓުގައެވެ. މި ސަރުކާރު އައުމާ އެކު އަބުރުގެ ގާނޫނު ވަނީ އުވާލާފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް