Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުއީން އެލިޒަބަތް- ބަރމީޒް ރޫބީ ޓިއާރާ

ކުއީން އެލިޒަބަތް، ބަރމީޒް ރޫބީ ޓިއާރާ ތުރުކުރެއްވީ ޓްރަމްޕްއަށް މަލާމާތެއްގެ ގޮތުންބާ؟

ހާރު ހަދަފައިވަނީ ބަލިމަޑުކަމާއި ނުބައިކަމުން ސަލާމަތް ކޮށްދޭނެ ފަދަ ބާރުތަކެއް ހިމަނައިގެން

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 6 ޖޫން 2019 | ބުރާސްފަތި 10:26
ހާރުގައި ހިމެނޭ 96 ރޫބީ ރަމްޒުކޮށްދެނީ އިންސާނަކަށް ޖެހިދާނެ 96 ބަލިމަޑުކަން

ހާރުގައި ހިމެނޭ 96 ރޫބީ ރަމްޒުކޮށްދެނީ އިންސާނަކަށް ޖެހިދާނެ 96 ބަލިމަޑުކަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރާނީ އެލިޒަބަތު، ޓްރަމްޕްއަށް ހާއްސަކޮށް ބޭއްވި ޝާހީ ފަރިއްކޮޅަށް ވަޑައިގެންނެވި އިރު، އެކަމަނާ ތުރުކުރެއްވި ތާޖުކޮޅުން ޓްރަމްޕް އަށް މަލާމާތް ރައްދުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފިއެވެ.

ޝާހީ ކެއުމަށް ވަޑައިގެންނެވިއިރު، ކުއީން އެލިޒަބަތު ތުރުކުރެއްވީ އެކަމަނާގެ "ބަރމީޒް ރޫބީ ޓިއާރާ" އެވެ. އެ ތާޖުކޮޅަކީ ޕްރިންސް ފިލިޕް އާއި އެކަމަނާގެ ކައިވެނި ވެވުނުއިރު މިޔަންމާ (ކުރީގެ ބުރުމާ) އިން އެކަމަނާއަށް ހަދިޔާކުރި ހާރެއްގައި އެކުލަވާލައިފައިވާ ރޫބީ (ޖަވާހިރުގެ ވައްތަރެއް) ހިމެނޭ ގޮތަށް ހަދާފައިވާ ތާޖެކެވެ.

މިޔަންމާގެ މީހުން ކުއީން އެލިޒަބަތަށް ހަދިޔާކުރި ހާރަކީ ބަލިމަޑުކަމާއި ނުބައިކަމުން ސަލާމަތް ކޮށްދޭނެ ފަދަ ބާރުތަކެއް ހިމަނައިގެން ހަދާފައިވާ ހާރެއް ކަމަށް ތާރީހުގައި ބުނެދީފައި ވެއެވެ. އަދި އެ ހާރުގައި ހިމެނޭ 96 ރޫބީ ރަމްޒުކޮށްދެނީ އިންސާނަކަށް ޖެހިދާނެ 96 ބަލިމަޑުކަމެވެ.

އެހެންކަމުން ޝާހީ ކެއުމަށް ވަޑައިގެންނެވިއިރު، ކުއީން އެލިޒަބަތު އެ ތާޖު ތުރުކުރެއްވުމުން ދޭހަވަނީ އެއީ ނުސީދާ ގޮތުން ޓްރަމްޕްއަށް މަލާމާތް ކުރެއްވުމުގެ ގޮތުން އެކަމަނާ ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ވާހަކަ ފަތުރާފައެވެ.

ކުއީން އެލިޒަބަތުގެ ތާޖުކޮޅު ތައްޔާރުކުރެއްވީ 1973 ވަނަ އަހަރު، ކުއީން އެލިޒަބަތުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނިގެންވާ އިތުރު ޖަވާހިރުތަކަކާ އެކު ޖެރާޑް އެންޑް ކޯ އިންނެވެ.

ޓްރަމްޕް 2018 ވަނަ އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާނީ އެލިޒަބަތު ވަނީ މިފަދަ ކަމެއް ކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ޓްރަމްޕްއަށް ބައްދަލުކުރެއްވި އިރު އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެކަމަނާއަށް ދެއްވި ދައްޗެއް، އެ ދުވަހު ތުރުކުރެއްވި ހެދުންކޮޅުގައި ބޭނުންކުރައްވާފައެވެ.

އިތުރަށް ކިޔާލަން

21 މެއި 2022

ކުއީން އެލިޒަބެތުގެ ތަފާތު ފެޝަން ސްޓައިލް އަށް ނަޒަރެއް

21 މެއި 2022
ކުއީން އެލިޒަބެތުގެ ތަފާތު ފެޝަން ސްޓައިލް އަށް ނަޒަރެއް
29 އެޕްރީލު 2022

އިނގިރޭސި ރާނީގެ ޕްލެޓިނަމް ޖުބުލީއަށް ލިބިވަޑައިގަތީ "ކުއީން ބާބީ" އެއް

29 އެޕްރީލު 2022
އިނގިރޭސި ރާނީގެ ޕްލެޓިނަމް ޖުބުލީއަށް ލިބިވަޑައިގަތީ "ކުއީން ބާބީ" އެއް
13 ޑިސެމްބަރު 2018

20 ވަނަ ގަރުނުގެ އެންމެ ގިނަ ބަޔަކު ސްޓްރީމްކުރި ލަވަޔަކަށް ކުއީންގެ ބޮހިމިން ރާޕްސަޑީ!

13 ޑިސެމްބަރު 2018
20 ވަނަ ގަރުނުގެ އެންމެ ގިނަ ބަޔަކު ސްޓްރީމްކުރި ލަވަޔަކަށް ކުއީންގެ ބޮހިމިން ރާޕްސަޑީ!
04 ނޮވެމްބަރު 2018

އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް

04 ނޮވެމްބަރު 2018
އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު