Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގުމަތީގެ ރައްކާތެރިކަމުގެ ކެމްޕެއިން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ހަރަކާތެއް މީސްމީޑިއާގައި ފަށައިފި

2 ޖޫން 2019 | އާދީއްތަ 14:48

މުޅި ރާއްޖޭގައި މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 2 ޖޫން 2019 | އާދީއްތަ 14:48
ނައިބު ރައީސް ފައިސަލް ނަސީމް ކުޑަ ކުދިންތަކަކާ އެކު ފޮޓޯއެއްް ނަންގަވަނީ

ނައިބު ރައީސް ފައިސަލް ނަސީމް ކުޑަ ކުދިންތަކަކާ އެކު ފޮޓޯއެއްް ނަންގަވަނީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހަރަކާތެއް މީސްމީޑިއާގައި ފަށައިފި އެވެ.

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެއް ނަމްބަރު ޖެޓީ ސަރަހައްދުގައި އޮތް ހަފްލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު ހަވީރު އޮތް މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ނައިބުރައީސް ފައިސަލު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުން ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވެސް އެންމެ އިސްކަމެއް ދެއްވާ ކަމަކީ ވެސް އެއީ ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ މި ވަރުގެ ގައުމެއްގައި މިހާ ވަރަށް އެކްސިޑެންޓްތައް ހިނގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިއަދުވެސް ރާއްޖޭގައި އެކްސިޑެންޓްތަކުގެ ސަބަބުން ނުކުޅެދޭ ހާލަތުގައި ތިބި އެތައް ބަޔަކު އެބަ އުޅޭ ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާއި މިފަދަ މަންޒަރުތަކަކީ ގަބޫލު ކުރާ އަދި ދެކެން ބޭނުންވާ ކަންކަން ނޫން ކަމަށެވެ.

މަޑުން ދުއްވުމާއި ބާރަށް ދުއްވުމަކީ އެ މީހެއްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށް ވާއިރު ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ އެތައް ކަމެއް ހުންނަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ގައުމުތަކުގައި ބާރަށް ދުއްވަނީ ދުވާލަކު އެތައް ސަތޭކަ ކިލޯމީޓަރެއް ދުއްވަން ޖެހިފައިވާ އަދި އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހިފައިވާ ގައުމުތަކުގައި ކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ޔޫރަޕާއި ސިންގަޕޫރުގެ ގައުމުތަކާއި އެހެނިހެން ބޮޑަތި ގައުމުތަކުގައި ވެސް ސަލާމަތާއި ރައްކާތެރިކަން އޮތީ މި ކުޑަކުޑަ ރާއްޖެއާ އަޅާބަލާއިރު ވަރަށް މަތީ ދަރަޖައަކަށް ރައްކާތެރި ކުރެވިފައި ކަމަށެވެ.

ރޯޑްސޭފްޓީ ކެމްޕެއިންގެ މީސްމީޑިއާ ހަރަކާތަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ފެށުމެވެ. މި ހަރަކާތް މިއަދު މާލޭގެ ނުވަ ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ހިންގާނެއެވެ.

މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި އޮންނާނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖްތަކެއް ލިޔެގެން ހަދާފައިވާ ފޮޓޯ ފްރޭމްތައް ބޭނުންކޮށްގެން ފޮޓޯނެގުމަށް ފަހު ހޭޝްޓެގާ އެކު ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް