Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސް

އީޒް އޮފް ޑުއިން ބިޒްނަސް އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 2 ޖޫން 2019 | އާދީއްތަ 05:33
އެމްޕީއެލްގެ ކޮމާޝަލް ހާބަރ: ރާއްޖޭގެ އިގްތިސާދުގެ ދޮރާށި

އެމްޕީއެލްގެ ކޮމާޝަލް ހާބަރ: ރާއްޖޭގެ އިގްތިސާދުގެ ދޮރާށި

ވާލްޑް ބޭންކުން ކޮންމެ އަހަރަކުވެސް އާންމުކުރާ "އީޒް އޮފް ޑުއިން ބިޒްނަސް" (އީއޯޑީބީ) އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ދަށަށް ގޮސްފިއެވެ.

ވިޔަފާރި ކުރުމަށް އެންމެ ފަސޭހަ ގައުމުތައް ދަރަޖަކުރާ އިންޑެކްސްގައި މި އަހަރު ރާއްޖެއަށް 139 ވަނަ ލިބުނު އިރު، 2018 ވަނަ އަހަރު އާންމުކުރި ލިސްޓުގައި ރާއްޖެއަށް ލިބުނީ 136 ވަނައެވެ. 2019 ވަނަ އަހަރުގެ ލިސްޓުގައި ހިމަނާފައިވާ މައުލޫމާތުގެ ބެންޗްމާކަކީ 2018 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހެވެ. އެހެންކަމުން އެ ލިސްޓުގައި ރާއްޖެ ގިންތިކޮށްފައިވަނީ އެ ދުވަހާ ހަމައަށް ލިބެން ހުރި މައުލޫމާތަށް ބަލާފައެވެ.

ރާއްޖެއަށް 2018 ވަނަ އަހަރު އީއޯޑީބީ ސްކޯގެ ގޮތުގައި 54.33 ލިބިފައިވާ އިރު، 2019 ވަނަ އަހަރުގެ ނަތީޖާއަށް ލިބުނީ އެންމެ 0.10 ގެ ކުރިއެރުމެކެވެ. މި އަހަރުގެ އިންޑެކްސްގައި ރާއްޖެއަށް ލިބުނު ސްކޯއަކީ 54.43 އެވެ. ލިސްޓުގައި ބަލާފައިވާ ދިހަ ދާއިރާގެ ތެރެއިން އެއްވެސް ދާއިރާއަކުން ރާއްޖެއިން އެދެވޭ ވަރުގެ ބަދަލުތަކެއް (ރިފޯމް) އައިސްފައިނުވާ ކަމަށް ވޯލްޑް ބޭންކުގެ ދިރާސާއިން ހާމަވެގެން ދެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ރާއްޖެ އުޅެނީ ހަ ވަނައިގައެވެ. މި ސަރަހައްދުގެ ގައުމުތަކުން އެންމެ ކުރީގައި އުޅެނީ އިންޑިއާއެވެ. ލިސްޓުގެ ތަރުތީބަށް ބަލާއިރު ރާއްޖެއަށް ވުރެ ކުރީގައި އުޅެނީ ބޫޓާން، ސްރީލަންކާ، ނޭޕާލް އަދި ޕާކިސްތާނެވެ. ރާއްޖެއަށް ވުރެ ދަށުގައި އުޅެނީ އަފްގާނިސްތާން އަދި ބަންގްލަދޭޝްއެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުގައި އުޅެނީ ބަންގްލަދޭޝްއެވެ. އެންމެ ބޮޑު ކުރިއެރުމެއް ހޯދީ 23 ދަރަޖައިގެ ކުރިއެރުމެއް ހޯދި އިންޑިއާއެވެ.

އިންޑެކްސް ތައްޔާރުކުރުމުގައި ބަލާފައިވާ ކަންކަމުގެ ތެރެއިން ދިވެހިރާއްޖެ އެންމެ ފަހަތުގައި އުޅެނީ މުދާ ރަޖިސްޓްރީ ކުރުމުގައެވެ. ރާއްޖެއަށް އެންމެ މަތީ ސްކޯއެއް ލިބިފައިވަނީ އިމާރާތްކުރުމުގެ ހުއްދައާ ގުޅޭ ބައިންނެވެ. އެބައިން ރާއްޖެއަށް މުޅި ދުނިޔެއިން ލިބުނީ 62 ވަނައެވެ. ދެން އެންމެ ކުރީގައި އުޅެނީ ވިޔަފާރިއެއް ފެއްޓުމަށް އޮންނަ ބައިންނެވެ. އެބައިން ރާއްޖެއަށް ލިބުނީ މުޅި ދުނިޔެއިން 71 ވަނައެވެ. ބަލާފައިވާ ބައިތަކުގެ އެންމެ ދަށް ސްކޯއެއް ލިބުނީ މުދާ ރަޖިސްޓްރީ ކުރުމުގެ ބައިންނެވެ. އެބައިން ރާއްޖެއަށް ލިބުނީ ދުނިޔެއިން 175 އެވެ.

ކޮންމެ އަހަރަކު ވެސް ވާލްޑްބޭންކުން އާންމުކުރާ އީއޯޑީބީ އިންޑެކްސްގައި ބަލާ ދިހަ ދާއިރާއަކީ ވިޔަފާރިއެއް ފެށުމާއި، އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމާއި، ކަރަންޓު ހޯދުމާއި، މުދާ ރަޖިސްޓްރީ ކުރުމާއި، ކްރެޑިޓް (ލޯނު) ހޯދުމާއި، ކުދި އިންވެސްޓަރުންގެ ހިމާޔަތްކުރުމާއި، ޓެކްސް ދެއްކުމާއި، ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިއާއި، އެއްބަސްވުންތައް (ކޮންޓްރެކްޓް) ތަންފީޒުކުރުމާއި، އިންސޯލްވެންސީ ހައްލުކުރުމެވެ.

މި ފަހަރުގެ އިންޑެކްސްގައި 190 ގައުމާ ބެހޭ މައުލޫމާތު ހިމަނާފައިވާ އިރު، ދުނިޔޭގެ އެންމެ ވިޔަފާރި ކުރަން ފަސޭހަ ގައުމެއްގެ މަގާމު ލިބުނީ ނިއު ޒިލެންޑަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އިންޑިވިޖުއަލް ކެޓަގަރީއަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާއިފި

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އިންޑިވިޖުއަލް ކެޓަގަރީއަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާއިފި

03 ސެޕްޓެމްބަރު 2018
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ދައްކާލައިފި

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ދައްކާލައިފި

02 އޯގަސްޓު 2018
އޭޝިއާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި މިފަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެ

އޭޝިއާގެ އެންމެ ރަނގަޅު ކުންފުނިތަކުގެ ތެރޭގައި މިފަހަރުވެސް ބޭންކް އޮފް މޯލްޑިވްސް ހިމެނިއްޖެ

31 ޖުލައި 2018
ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

27 މެއި 2018
މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި

މޯލްޑިވްސް ބިޒްނަސް ރިވިއުގެ ނަމުގައި އޮންލައިން މަޖައްލާއެއް ނެރެފި

08 މާރިޗު 2018

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު