Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާށިދޫ ފަރަށް ތެޔޮ ބާޖެއް އެރުން

ކާށިދޫ ފަރަށް އެރި ތެޔޮ ބާޖުން ތެޔޮ ލީކުވި ކަމުގެ މައުލޫމާތު ލިބިފައެއް ނެތް : އެމްއެންޑީއެފް

ތެޔޮ ލީކު ނުވާކަން އެމްއެންޑީއެފުންވެސް ކަށަވަރުކޮށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2019 | ހޮނިހިރު 06:46
ކާށިދޫ ފަރަށް އެރި ތެޔޮ ބާޖު: އެމްއެންޑީއެފުން ދަނީ ބާޖު ފުން ކުރުމުގެ މަސައްކަތް ކުރަމުން

ކާށިދޫ ފަރަށް އެރި ތެޔޮ ބާޖު: އެމްއެންޑީއެފުން ދަނީ ބާޖު ފުން ކުރުމުގެ މަސައްކަތް ކުރަމުން

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖެއް ކާށިދޫ ފަރަށް އަރާފައިވާއިރު، އެ ތެޔޮ ބާޖުން މޫދަށް ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލު ވިދާޅުވީ، ތެޔޮ ބާޖު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރުވެސް ކުރަމުންދާ ކަމަށާއި، މޫދަށް ތެޔޮ ލީކުވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ރިޕޯރޓްކުރެވިފައި ނުވާ ކަަމަށެވެ.

"މާތޮޅި" ނަމަކަށް ކިޔާ 100 ފޫޓުގެ މި ތެޔޮ ބާޖު ކާށިދޫ ހުޅަނގު ނެރު މައްޗަށް އުރިފައިވާއިރު، އެ ތެޔޮ ބާޖުގައި 27000 ލީޓަރުގެ ޕެޓްރޯލާއި، 180000 ލީޓަރު ޑީސަލް ބަރުކޮށްފައި ހުއްޓެވެ. އަދި ބާޖު ފުން ކުރުމަށްޓަކައި އެމްއެންޑީއެފުން އުޅަނދުގައި ހުރި ތެޔޮ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ތެޔޮބާޖު ކާށިދޫ ފަރަށް އަރާފައި އޮތް ނަމަވެސް ކާށިދޫ ގޮނޑުދޮށަށް ވެސް އެއްވެސް ވަރަކަށް ތެލުގެ އަސަރު މިހާތަނަށް ކޮށްފައިނުވާ ކަމަށް ކާށިދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ ވެސް ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ބުރާސްފަތި ދުވަހު އެ ހާދިސާ ހިނގި އިރު އުޅަނދުގައި ހަ ދިވެއްސަކު ތިބި ކަމަށާއި، މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
05 އެޕްރީލު 2017

ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

05 އެޕްރީލު 2017
ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި
30 މާރިޗު 2017

މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި

30 މާރިޗު 2017
މޫދަށް އެރިއުޅުނު ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި
22 މާރިޗު 2017

ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި

22 މާރިޗު 2017
ސިމެންތި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ތެޔޮފުނަދޫ ނެރުމައްޗަށް އަރައިފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު