Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

އިންސާނުންނަށް ނުރައްކާތެރި ކެމިކަލް އެކުލެވޭ ޓްރާންސްފޯމަރުތައް އައްޑުއާ ފުވައްމުލަކުގައި

31 މެއި 2019 | ހުކުރު 17:30

އެތަކެތި ނައްތާލުމުގެ މަސައްކަތް ވަނީ ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 31 މެއި 2019 | ހުކުރު 17:30
އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތައް

އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ޖަނަރޭޓަރުތައް

ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލް އެކުލެވޭ ޓްރާންސްފޯމަރުތައް އައްޑޫއާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި، އެތަކެތި ނައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލް 'ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް (ޕީސީބީ)' އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނީޑޯ) ގުޅިގެން ނެޝަނަލް މެނޭޖްމެންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ މިޕްލޭން އެކުލަވާލުމުގައި ކައުންސިލާއެކު މަޝްވަރާކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ބުރާސްފަތި ދުވަހު ވަޑައިގެންނެވި ޓީމުން މައުލޫމާތު ދިންގޮތުގައި 1989 ވަނަ އަހަރުގެ ކުރިން ތައްޔާރުކޮށްފައިވާ ޓްރާންސްފޯމަރުތައް އައްޑޫއާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެތަކެތީގައި މިކެމިކަލް އެކުލެވޭ ކަމެށެވެ.

މިނިސްޓްރީގެ ޓީމާ ހަވާލާދީ ކައުންސިލުން ބުނީ ޕީސީބީ އެކުލެވޭކަމަށް ބެލެވޭ 6 ޓްރާންސްފޯމަރު އައްޑޫގައި އެބަހުރި ކަމަށާއި އޭގެ ތެރެއިން ބޭނުންކުރަނީ 3 ޓްރާސްފޯމަރުކަމަށެވެ.

ކައުންސިލުން ބުނީ މިޕްލޭނުގެ ބޭނުމަކީ އެތަކެތި ރާއްޖެއިން ބޭރަށް ގެންގޮސް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ނައްތާލާނެ ގޮތުގެ ޕްލޭން އެކުލަވާލުން ކަމަށެވެ. އެހެންކަމުން އެތަކެތި ނަގައި ރީޕްލޭސް ކުރުމަށްޓަކައި ފެނަކާއާއިވެސް މިހާރު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ޕީސީބީ އަކީ ކެންސަރާއި އަދި ތަފާތު ނުރައްކާތެރި ބަލިތަކަށް ކުރިމަތިކުރުވާ އެއްޗެކެވެ. މިހާރު ދުނިޔޭގެ ގައުމުތަކުގައި ޕީސީބީ ބޭނުންކުރުން ހުއްޓާލާފައިވީ ނަމަވެސް މިކެމިކަލަކީ އޭގެ އަސަރު ޒަމާންތަކަށް ދެމިގެންދާ އެއްޗެކެވެ.

މިހާރު ބޭނުން ކުރުން ވަރަށް ބޮޑަށް މަދުވެފައިވީ ނަމަވެސް އެފަދަ ކެމިކަލް ހުރި ނަމަ އެތަކެތި ވީހާވެސް އަވަހަކަށް ކައުންސިލްއާ ހަވާލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
10 މާރިޗު 2017

މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ

10 މާރިޗު 2017
މަސީޙް ވަކިކުރުމަކީ ގައުމުގެ އެންމެ މަތީ މަސްލަހަތު އެކުލެވޭ ކަމެއް:އަދާލަތު ޕާޓީ
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް