ފިތުރު އީދުގެ ބަންދު ތެރޭގައި ރަށުތެރެ ބެލެހެއްޓުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި
31 މެއި 2019 | ހުކުރު 13:55ސެކިއުރިޓީ ފާމްތަކާ ވަނީ ބައްދަލުކޮށްފައި

އަމްނާ އިމާދު | 31 މެއި 2019 | ހުކުރު 13:55
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މި އަހަރުގެ ފިތުރު އީދުގެ ބަންދު ތެރޭގައި ރަށުތެރެ ބެލެހެއްޓުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނީ އީދު ބަންދުގައި މާލެ ސިޓީ ބެލެހެއްޓުން ވަރުގަދަ ކުރުމަށްޓަކައި ބުރާސްފަތި ދުވަހު ގަލޮޅު އަދި މާފަންނު ޕޮލިސް ސްޓޭޝަންގެ ވެރިންނާ ނެއިބަރހޫޑް ސަޕޯޓު އޮފިސަރުން ސެކިއުރިޓީ ފާމްތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިބަންދުގައި މާލެތެރެ ޕެޓްރޯލްކުރާނެ ގޮތްތަކާއި ބެހޭގޮތުންފުޅާ ދައިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ކޮންމެ އީދު ބަންދަކާ ދިމާކޮށް މާލެއިން ބޭރަށް ގިނަ ބަޔަކު ޗުއްޓީއަށްދެއެވެ. އެހެންކަމުން އަގުބޮޑެތި މުދަލާއި، ގެތައް ރަނގަޅަށް ތަޅުލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.









