Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކްރޮސްރޯޑްސް

ކްރޮސްރޯޑްސް: ބެލި ކޮންމެ ދިމާލަކުން ވެސް ތަފާތު ތަޖުރިބާއެއް

މިއީ ޖުމްލަ އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 މެއި 2019 | ބުރާސްފަތި 05:45
އަރަބިއަން އާކިޓެކްޗަރ ބޭނުންކޮށްފައިވާ ރެސްޓޯރަންޓެއް

އަރަބިއަން އާކިޓެކްޗަރ ބޭނުންކޮށްފައިވާ ރެސްޓޯރަންޓެއް

ކްރޮސްރޯޑްސް މޯލްޑިވްސްގެ ނަމުގައި ތަރައްޤީ ކުރާ އެނބޫދޫ ފިނޮޅަކީ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން ފުރައިގެން 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ތަނެކެވެ. "ކްރޮސްރޯޑް" މަޝްރޫއުގެ ފުރަތަމަ ބައި މި އަހަރު ހުޅުވާއިރު ރިސޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހަށެވެ. މި އަގު ބޮޑު ރިސޯޓް ޕްރޮޕަޓީތަކުގެ ތެރެއިން ފުރަތަމަ ހުޅުވާނީ ހާޑްރޮކް ހޮޓެލް އާއި ސައި ލެގޫން މޯލްޑިވްސްއެވެ. މި ދެ ރިސޯޓުގެ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިންމާލާފައެވެ.

ހާޑްރޮކް ހޮޓެލްގައި 178 ވިލާ ހިމެނޭއިރު އޭގެ ތެރޭގައި 74 ވޯޓަރ ވިލާ، ވަކިން ޕޫލެއް އޮންނަ 37 ވޯޓަރ ވިލާ ހިމެނެއެވެ.

ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ވަރަށް ތަފާތު ގޮތަކަށް މަރުހަބާ ކިޔުމުގެ އިންތިޒާމް ރިސޯޓުގައި ވަނީ ހަމަޖެހިފައެވެ. އެގޮތުން ރިސޯޓުގެ ރިސެޕްޝަން ހަދާފައިވަނީ ދެ ބުރީގެ އުސް އިމާރާތެއްގައެވެ. އެ އިމާރާތަށް ބަގީގައި ދިޔުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ. ހުރިހާ ޕްރޮސީޖަރތައް ނިމުމަށް ފަހު ފަތުރުވެރިން ބޭނުންކަމުގައިވާނަމަ ރިސެޕްޝަން ބޭރަށް އިންނަ "ޑީޕް ޕާރޕްލް" ސްލައިޑުން ސީދާ ޕޫލަށް ފުންމާލެވޭނެއެވެ. ރިސޯޓުގެ އަންޑަރ ވޯޓަރ ސުވިމިންގ ޕޫލްގެ ފެނު އަޑީގައި އޮންނަ އިރުވެސް މިއުޒިކް އަޑުއިވުމަކީ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.

މި ރިސޯޓުގެ ކޮޓަރިތައް ތަފާތު ގޮތަކަށް ފަރުމާކުރެވިފައިވާއިރު ކޮޓަރީގެ ބެޑްޝީޓް އާއި ކުއިލްޓް އިން ވެސް މިއުޒިކީ ސިފަތަކެއް ރަމްޒު ކޮށްދެއެވެ. މީގެ އިތުރުން އާއިލާތައް ތިބޭ ގޮތަށް ހަދާފައިވާ ރޫމްތަކުގައި ކުޑަކުދިންނަށް ހާއްސަ ބައެއް ހުރެއެވެ. ކޮޓަރީގެ މަތީގައި ބަންކް ބެޑެއް ބަހައްޓާފައިވުމާއި އެތަނުގައި އެ ކުދިންނަށް ހާއްސަ ކުޑަ ޑްރަމެއް ވެސް ހުރެއެވެ. ރޫމްތަކުގެ ފާހަނާތައް ޑިޒައިންކޮށްފައިވަނީ އެއް ވަގުތެއްގައި ފިރިހެނަކާއި އަންހެނަކު ފާހާނާ ބޭނުންކޮށްލެވޭ ގޮތަށެވެ. އެގޮތުން މޫނު ބަލާ ލޯގަނޑާއި އެހެނިހެން އާލަތްތައް ވެސް ފާހަނާގައި ހުންނަނީ ވަކިންނެވެ.

ދުނިޔޭގެ މަޝްހޫރު ރެސްޓޯރެންޓު ބްރޭންޑްތަކުގެ ތެރޭގައި "މިނިސްޓްރީ އޮފް ކްރެބް" އާއި "ހާޑްރޮކް ކެފޭ" އާއި މަޝްހޫރު ކެފޭ "ޑެލްމާ" ވެސް ހުންނާނެއެވެ. ދި އެލިފެންޓް އެންޑް ބަޓަފްލައިގެ ނަމުގައި ދެ ރެސްޓޯރެންޓް ހުންނައިރު އެ ރެސްޓޯރެންޓުތަކުން ލެޓިން އެމެރިކާގެ ކެއުންތައް ލިބޭނެއެވެ. މި ރެސްޓޯރެންޓްގެ އާރޓް ވޯކްތަކާއި ހުރިހާ ވިލާތަކެއްގައި ބަހައްޓާފައި ހުރި ކުރެހުންތައް ކުރަހާފައި ވަނީ ދިވެހި އާޓިސްޓެއް ކަމުގައިވާ އަހުމަދު ޝައްފާނެވެ. މި ރިސޯޓުގައި ހިމެނޭ ތިން ރެސްޓޯރެންޓްގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑް ރެސްޓޯރެންޓެއް ކަމަށްވާ ހާޑް ރޮކް ކެފޭ ހިމެނެއެވެ.

އެނބޫދޫ ފަޅުގައި ހުޅުވާފައިވާ، ބޮޑު ޔޮޓް މެރީނާ ފަރުމާކޮށްފައިވަނީ ހާއްސަ ގިނަ ހިދުމަތްތާއެކުގައެވެ. ޔޮޓް މެރީނާއަށް ފައިބަން ފެންމަތީގައި ހާއްސަ ފާލަން ތަކެއް ހަދާފައިވެއެވެ. މިތަނުގައި އެއް ފަހަރާ 30 އުޅަނދު ބަނދަރު ކޮށްލެވޭ ގޮތަށް ފެންމަތީގައި ފާލަން އަޅާފައިވެއެވެ. މި ޔޮޓްމެރީނާ ވަށައިގެންވާ ސަރަހައްދުތަކުގައި ފިހާރަތަކާއި ރެސްޓޯރެންޓުތައް ހިމެނޭ ގޮތަށް 26 ތަނެއް ހުރެއެވެ. އެ ތަނުގައި މީޓިންގތަކާއި ކައިވެނީގެ ހަފުލާތައް ބާއްވަން ހާއްސަކޮށް 300 މީހުންގެ ޖާގައިގެ ބޮޑު ތަނެއް ހަދާފައިވެއެވެ.

ރިސޯޓުގެ އެންމެ ހާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އަދި ފަރުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި ހުޅުވާފައިވާ ހަމައެކަނި މެރިން ޑިސްކަވަރީ ސެންޓަރެވެ. ސެންޓަރގައި ދިވެހިންގެ ސަޤާފަތާއި ތަރިކަ އަދި ކަނޑުއަޑީގެ ދިރުންތައް ހިމާޔަތްކުރުން ފަދަ މައުޟޫތަކަށް ބިނާކޮށް ހަދާފައިވާ އިންޓަރެކްޓިވް ޑިސްޕްލޭތައް ފެންނަން ހުންނާނެއެވެ. އަދި މެރިން ޑިސްކަވަރީ ސެންޓަރގައި ކަޑުއަޑީގެ ދިރުންތަކާއި ގުޅޭ ތަހުލީލުތައް ކެރެވޭނެ މަރުކަޒެއް ވަނީ ޤާއިމުކުރެވިފައެވެ. މެރިން ސެންޓަރުން އެންމެ ހާއްސަކަމެއް ދެނީ މަރުވެފައިވާ މުރަކަތައް ބޭނުންކޮށްގެން މުރަކަތައް އާލާ ކުރުމެވެ. ތައިލެންޑުގެ ތަޖުރިބާކާރެއްގެ އެހީގައި މުރަކައަށް ހާއްސަ ލެބޯރެޓްރީއެއް ހުންނަ އިރު ކްރޮސްރޯޑްސް އަށް ކޮންމެ ބަޔަކަށް ވެސް މަރުވެފައިވާ މުރަކަ ގެންދެވޭނެއެވެ.

ރިސޯޓުގައި ވަނީ ދިވެހިންގެ ވާހަކަ ކިޔައިދޭ ބޮޑު މައުރަޒެއް ހަދާފައެވެ. މި މައުރަޒު މެދުވެރިކޮށް ދިވެހިންގެ އޭރުގެ ސާދާ ދިރިއުޅުމުގެ މަންޒަރުތައް ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. ދިވެހިން އެންމެ ކުރިން ކައި އުޅުނު އެއްޗިއްސާއި ދިވެހިންގެ ދިރިއުޅުން ކިޔައިދެއެވެ. ދިވެހިންގެ އެންމެ މުހިންމު ކެއުން ކަމަށްވާ ކަނޑުމަހާއި ކާށީގެ ވާހަކަ ހާއްސަ ގޮތަކަށް ސްކްރީންތައް މެދުވެރިކޮށް ގެނެސްދޭއިރު މި ސެންޓަރުގައި ދިވެހި ބަހުން ލިޔެ، ދިވެހިން ތަކެއްޗަށް ކިޔާނަންތައް ވަނީ ލިޔެވިފައެވެ.

މި ރިސޯޓުގައި މި އަހަރު ދެން ހުޅުވާ، ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް ފަރުމާކޮށްފައި ވަނީ ގިނަ ގައުމުތަކެއްގެ "މިކްސް" ފަރުމާ އަކަށެވެ. އެ ރިސޯޓުގައި 198 ވިލާ ހުންނަ އިރު އޭގެ ތެރޭގައި 22 ވޮޓާ ވިލާ ހިމެނެއެވެ. މި ރިސޯޓުގެ ވިލާތަކުގެ އެންމެ ހާއްސަ ކަމަކީ އަމިއްލަ އުފެއްދުންތަކުގެ ރީތިވާ ސާމާނު ލިބެން ހުރުމާއި މީރު ކެއުންތަކަށް ހާއްސަ ދެ ރެސްޓޯރެންޓް ހުރުމެވެ. މި ތަނުގައި މެޑިޓެރޭނިއަން ކެއުން ތަކަށް ހާއްސަކޮށް "މިސް އޮލިވް އޮލައި" ގެ ނަމުގައި ރެސްޓޯރެންޓެއް ހުރެއެވެ. އަދި ތައިލެންޑުގެ ގިނަ ރަހަތަކަށް ހާއްސަކޮށް އިޓާލި އާއި ތައިލެންޑުގެ ރަހަތައް މިކްސްކޮށް "މިސްޓަ ތޮމްޔަމް" ގެ ނަމުގައި ރެސްޓޯރެންޓެއް ހުރެއެވެ.

އެނބޫދޫ ލެގޫން މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢެވެ. 9 ރަށުގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު އަކީ އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓުމަންޓެކެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.

11 އޮކްޓޯބަރު 2017
އެއްލާ ކޮންމެ މަޅިއެއް އާހިރުގައި ބަދަލުވެގެންދާނީ ގުލްހާރުގެ މާފައްޗަކަށެވެ.
04 އޮކްޓޯބަރު 2017

މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ

04 އޮކްޓޯބަރު 2017
މިގޮތަށް ކޮންމެ މީހަކަށްވެސް މަޝްހޫރު މީހުންނާ ބައްދަލުވެދާނެ
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
30 އޯގަސްޓު 2017

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު