Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސާރާ އާއި އަނަންޔާގެ ތެރެއިން ކާރތިކަށް ކަމުދަނީ ކާކު؟

ކާތިކް ވަނީ ސާރާ އަދި އަނަންޔާ އާއި އެކު ވެސް މަސައްކަތް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 29 މެއި 2019 | ބުދަ 14:03
ސާރާ، ކާރތިކް އަދި އަނަންޔާ

ސާރާ، ކާރތިކް އަދި އަނަންޔާ

ބޮލީވުޑް އެކްޓަރ ކާތިކް އަރްޔަން އާއި އަނަންޔާ ޕާންޑޭ ވަނީ ދާދި ފަހުން ނިހާ ދޫޕިޔާގެ ޗެޓް ޝޯގައި ބައިވެރި ވެފައެވެ.

މި ޝޯގައި ސާރާ އަލީ ޚާން އާއި "ސްޓޫޑެންޓް އިޔާ 2" ގެ އެއް ބަތަލާ އަނަންޔާ ޕާންޑޭ އާއި ދެތަރިންގެ ތެރެއިން ކޮންމެވެސް އެކަކުގެ ނަން ނެގުމަށް އެދުމުން ކާތިކް ވަނީ އަނަންޔާގެ ނަން ބުނެފައެވެ.

ކާތިކް ވަނީ ސާރާ އަދި އަނަންޔާ އާއި އެކު ވެސް މަސައްކަތް ކޮށްފައެވެ. އަދި ސާރާ އާއި ކާތިކް ޑޭޓް ކުރާ ކަމަށް ވެސް ވަނީ އަޑުފެތުރިގެން ގޮސްފައެވެ.

ކާތިކް އާއި ސާރާ އެކުގައި ކުޅޭ ފިލްމް "ލަވް އާޖްކަލް" ގެ ސީކުއެލް ގެ ޝޫޓިންތައް ވަނީ ނަގާ ނިންމާފައެވެ. އަދި އަނަންޔާ ދަނީ ކާތިކް އާއި އެކު "ޕަތީ ޕަތްނީ އޯރު ވޯ" ގެ ޝޫޓިންތައް ނަގަމުންނެވެ.

އަނަންޔާގެ އެންމެ ހިތްހަމަ ނުޖެހޭ ސިފައަކީ ކޮބައިތޯ ސުވާލު ކުރުމުން ކާތިކް ބުނެފައިވަނީ " ހުރިހާ އެއްޗަކަށް ވެސް ލޯބި ކުރުން" ކަމަށެވެ.

މީގެ ކުރިންވެސް ކާތިކް ވަނީ ޓްވިޓާގައި މީހަކު ސާރާ އާއި އަނަންޔާ އާއި ދެމީހުންގެ ތެރެއިން އޭނާގެ ފޭވަރިޓަކީ ކާކުތޯ ސުވާލު ކުރުމުން އަނަންޔާ ކަމަށް ބުނެފައެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓްވިއުއެއްގައި އަނަންޔާ ބުނެފައިވަނީ ކާތިކް އަކީ ރަނގަޅު ރައްޓެއްސެއް ކަމަށާއި އޭނާ އާއި އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށެވެ. އަދި ކާތިކް އާއި އެކު ވަގުތު ހޭދަކުރުމަށް ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު