Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ރައީސަކު ކަނޑައެޅުން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

27 މެއި 2019 | ހޯމަ 07:09

ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެމްބަަރަކު ވަނީ ޝައުުގުވެރިކަން ފާޅުކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 27 މެއި 2019 | ހޯމަ 07:09
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ނެރޭ މެމްބަރު ކަނޑައެޅުމުގެ ބައްދަލުވުން އޮންނާނީ ދަރުބާރުގޭގައި

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ނެރޭ މެމްބަރު ކަނޑައެޅުމުގެ ބައްދަލުވުން އޮންނާނީ ދަރުބާރުގޭގައި

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ނެރޭ މެމްބަރަކު ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމުގައި ވޯޓް ނެގުމަށް ހަމަޖެހިފައި ވަނީ އަތް ނަގައިގެންގަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީން ނެރޭނެ މެމްބަރެއް ކަނޑައެޅުމަށް ދަރުބާރުގޭގައި މިރޭ 9:30ގައި ބާއްވާ ބައްދަލުވުމުގައި އަތް ނަގައިގެން ވޯޓް ނެގުމަށް ގިނަ މެމްބަރުން ވަނީ ތާއީދުކޮށްފައެވެ. މިރޭ ބާއްވާ ބައްދަލުވުމުގައި ވޯޓް ނަގާނެ ގޮތަކާ މެދު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި އެމްޑީޕީގެ ޓިކެޓްގައި ގޮނޑި ކާމިޔާބުކުރެއްވި 65 މެންބަރުންގެ ތެރެއިން 45 މެމްބަރުން އަތްނަގައިގެން ވޯޓް ނެގުމަށް ތާއީދްކޮށްފައިވާ ކަމަށް "ރާއްޖެއެމްވީ" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މެމްބަރުން ކަނޑައަޅާނީ، މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ. އެހެންކަމުން ވޯޓު ނަގާނީ ސިއްރުންތޯ ނުވަތަ ހާމަކަން ބޮޑު ގޮތަކަށްތޯ މެންބަރުންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެމްބަރަކު ވަނީ އަމިއްލަފުޅަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. މި ފަސް މެމްބަރުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑީ އަސްލަމް އާއި އަފީފާ ދެމެދުގައެވެ. ނައިބު ރައީސް ކަމަށް އެމްޑީޕީން ނިންމާނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކަމަށް ބެލެވެއެވެ.

މަޖިލިސްގެ ރައީސް ކަމަށް ވިލިފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންފައިވާ އަފީފަކީ އެކަމަށް، އެންމެ އެކަށީގެންވާ އެއް ބޭފުޅާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު ގެންދަވަނީ އަފީފް މަޖިލިސްގެ ރައީސް ކަމަށް ގެންނަވަން މަސައްކަތް ކުރައްވަމުންނެވެ.

އަނެއްކޮޅުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ގެންދަވަނީ އަސްލަމް، މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ގެންނަން ބޭނުންވާ ވޯޓް ހަމަކުރެއްވުމުގެ މަސައްކަތް ވެސް ރައީސް ނަޝީދު ގެންދަވަނީ ކުރައްވަމުންނެވެ.

މަޖިލީހުގެ ރައީސް ހޮވުމުގެ ބަހުސް ފޯރިގަދަވެފައިވާ އިރު އަފީފް އާއި އަސްލަމަށް ތާއިދުކުރާ ފަރާތްތަކުގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ، އަލަށް އިންތިޚާބުވެވަޑައިގަތް މެމްބަރުން މި މަހު 28 ގައި ހުވާ ކުރައްވައި ބާއްވާ ފުރަތަމަ ޖަލްސާގައެވެ. ގާނޫނުއަސާސީގައި އޮންނަނީ، މަޖިލީހުގެ ރައީސަކު ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ވޯޓު ނެގޭނީ މަޖިލީހުގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް

11 ފެބުރުއަރީ 2017
ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް