Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލީރޯއި ސާނޭ

ސާނޭ ބަޔާންއަށް ބަދަލުވުމާ ގާތަށް

25 މެއި 2019 | ހޮނިހިރު 14:41

ސާނޭގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 25 މެއި 2019 | ހޮނިހިރު 14:41
ލީރޯއި ސާނޭ

ލީރޯއި ސާނޭ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖަރުމަންގެ ވިންގާ ލީރޯއި ސާނޭ ބަޔާން މިއުނިކަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ބަޔާނުން ސާނޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސާނޭވެސް ބޭނުންވަނީ އެ ކްލަބަށް ބަދަލުވާން ކަމަށެވެ.

ސާނޭއަށް ޝައުގުވެރިވާކަން ބަޔާނުން ކަށަވަރު ކޮށްދީފައިވާއިރު، އޭނާ ހޯދުމަށް ބަޔާނުން ހުށަހަޅާނީ 80 މިލިއަން ޔޫރޯއަށް ވުރެ މަދު އަދަދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިޓީއާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ދާދި ފަހުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ސާނޭގެ އެހީ ބޭނުންވާ ކަމަށެވެ.

ޝާލްކޭ އިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސާނޭ ވަނީ އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 133 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ސާނޭ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 19 މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 މެއި 2017

ލިޔޯން އަތުން މޮޅުވެ އަޔެކްސް ފައިނަލާ ގާތަށް

04 މެއި 2017
ލިޔޯން އަތުން މޮޅުވެ އަޔެކްސް ފައިނަލާ ގާތަށް
04 މެއި 2017

ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް

04 މެއި 2017
ހިގުއައިންގެ ދެލަނޑާ އެކު ޔުވެންޓަސް ފައިނަލާ ގާތަށް
03 މެއި 2017

ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް

03 މެއި 2017
ރޮނާލްޑޯގެ ހެޓްރިކާއެކު ރެއާލް ފައިނަލާ ގާތަށް
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް