Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލޯކަލް މާރުކޭޓް

ކަރާގެ އަގު އަނެއްކާ ވެސް ދަށްވެއްޖެ!

25 މެއި 2019 | ހޮނިހިރު 10:20

ކަރާގެ އަގު އަދިވެސް ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 މެއި 2019 | ހޮނިހިރު 10:20
ރަމަޟާން މަހާ ދިމާކޮށް އިންޑިއާ އިން ގިނަ އަދަދެއްގެ ކަރާ ވަނީ އެެތެރެކޮށްފައި

ރަމަޟާން މަހާ ދިމާކޮށް އިންޑިއާ އިން ގިނަ އަދަދެއްގެ ކަރާ ވަނީ އެެތެރެކޮށްފައި

ލޯކަލް މާރުކޭޓްގައި ކަރާގެ އަގު އަނެއްކާ ވެސް ދަށްވެއްޖެއެވެ.

ހޮނިހިރު ދުވަހު މާރުކޭޓްގައި ކަރާ ކިލޯއެއް ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައެވެ. ބައެއް ގޮޅިތަކުގައި 15ރ. އަށް ކަރާ ކިލޯއެއް ހުރިއިރު، ބައެއް ގޮޅިތަކުގައި ހުރީ 18ރ. އަދި 20ރ. އަށް ކިލޯއެކެވެ.

ގިނަ ބަޔަކު ސެލެޑް ހެދުމަށް ގަންނަ ކޮޕީ ފަތުގެ އަގު މި ރަމަޟާން މަހު ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ. ރަމަޟާން މަސް ފެށިގެން މިހާތަނަށް އައިއިރު ވެސް ކޮޕީ ފަތް ބޮނޑިއެއް ހުރީ 10ރ. އަށެވެ. ރޯ ކަދުރުގެ އަގު ވަނީ ކޮންމެވެސް މިންވަރަކަށް ދަށަށް ގޮސްފައެވެ. ހޮނިހިރު ދުވަހު ރޯ ކަދުރު ކިލޯއެއް ބާޒާރުގައި ހުރީ 300ރ. އަށެވެ.

އަލަނާސިގެ އަގު ވެސް ވަނީ އުފުލިފައެވެ. ބާޒާރުގައި އަލަނާސި ގަނޑެއް ހުރީ 45ރ. އަށެވެ. ބުރާސްފަތި އަދި ހުކުރު ދުވަހު ބާޒާރުގައި އަލަނާސި ގަނޑެއް ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގައެވެ. ކިއުކަމްބާ ކިލޯއެއް 50ރ. އަށް ހުރި އިރު ލެޓިއުސް ކިލޯއެއް ހުރީ 70ރ. އަށެވެ. ޖުމްހޫރީ މޭވާގެ އަގު ދަށް ނުވެ އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، ހޮނިހިރު ދުވަހު ޖުމްހޫރީ މޭވާ ކިލޯއެއް ބާޒާރުގައި ހުރީ 80ރ. އަށެވެ. ޓޮމާޓޯ ކިލޯއެއް 50ރ. އަށް ހުރިއިރު ލުބޯ ކިލޯއެއް ހުރީ 35ރ. އަށެވެ.

ލޯކަލް މާރުކޭޓްގައި ތައިލެންޑްގެ މޭވާ އާއި ތަރުކާރީ ގިނަ އަދަދަކަށް ވިއްކަން ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ބާޒާރުގައި ތައިލެންޑްގެ ތަފާތު ވައްތަރުގެ އަނބު ހުރިއިރު ހަނީ މެންގޯ ކިލޯއެއް ހުރީ 120ރ. އަށެވެ. ބަރަބޯ 30ރ. އަށް ކިލޯއެއް ހުރިއިރު ފަޅޯ ކިލޯއެއް ހުރީ 40ރ. އަށެވެ. ރޯ މިރުހުގެ އަގު ރަމްޞާން މަސް ފެށުނު އިރާ އަޅާބަލާއިރު މިހާރު ވަނީ ދަށްވެފައެވެ. ރޯ މިރުސް ކިލޯއެއް ހޮނިހިރު ދުވަހު ބާޒާރުގައި ހުރީ 200ރ. އަށް ކިލޯއެކެވެ. ރޯދަ މަސް ފެށުނު އިރު މިރުގެ އަގު އިންތިހާ އަށް މަތީގައި ހުރި ނަމަވެސް މިހާރު ވަނީ ވެއްޓިފައެވެ.

މި ރަމްޟާންމަހު ލޯކަލް މާރުކޭޓްގައި އެއްވެސް މިންވަރަކަށް އަގު ދަށް ނުވެ ހުރީ ދޮންކެޔޮކަން ފާހަގަކޮށްލެވެއެވެ. ސަންފާކެޔޮ ކިލޯއެއް ބާޒާރުގައި ހުރީ 65ރ. އަށެވެ. ރަމްޟާން މަސް ފެށިގެން މިހާތަނަށް އައިރު ވެސް ޕެއާރސްގެ އަގު ހުރީ އެއް މިންވަރެއްގައެވެ. އެގޮތުން ހޮނިހިރުދުވަހު ވެސް ބާޒާރުގައި ޕެއަރސް ކިލޯއެއް ހުރީ 60ރ. އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް