Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ނިޒާމް (ނިޒާމްބެ)

ނިއުގެ ކޯޗަކަށް ނިޒާމްބެ ގެންނަނީ؟

23 މެއި 2019 | ބުރާސްފަތި 14:19

މި ސީޒަނުގައި ނިއުއަށް ކުޅެވުމުގެ އުންމީދު އެބައޮތް

ލީވާން އަލީ
ލީވާން އަލީ | 23 މެއި 2019 | ބުރާސްފަތި 14:19
ނިއުގެ ބައެއް އޮފިޝަލުންނާއެކު ނިޒާމްބެ

ނިއުގެ ބައެއް އޮފިޝަލުންނާއެކު ނިޒާމްބެ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެންނަން އުޅޭކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުއިން ވަނީ އެ ކްލަބަށް ނިޒާމްބެ ގެނައުމަށް ރަސްމީކޮށް ވާހަކަތައް ފަށައިފައެވެ. މިކަން ނިއުގެ އޮފިޝަލަކުވެސް ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވާ ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން ވަނީ ބަންގްލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، ވިދިވިދިގެން ތިން އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ނިޒާމްބެ އިރުޝާދުގެ ދަށުން ޓީސީން ދެ ފަހަރު އެފްއޭކަޕްގެ ދެވަނަ ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގެ ދެވަނަ އެއް ފަހަރު ހޯދާފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއުއިން ނިޒާމްބެއާއެކު މަޝްވަރާތައް ފަށާފައިވަނީ އެ ކްލަބަށް މި ސީޒަނުގައި ކުޅެވޭނެކަމުގެ އުންމީދު އޮތުމުންނެވެ. އެ ކްލަބް މިވަގުތު އޮތީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައެއްގައި ސަސްޕެންޑު ކޮށްފައެވެ.

ނިއުއަށް މި ސީޒަނުގައި ކުޅެވޭނީ، އެ ކްލަބުން ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދައްކާ ނިންމުމުން ނުވަތަ ނިއުއާ ދެކޮޅަށް އެ ކްލަބުގެ ކުޅުންތެރިން އެފްއޭއެމްއަށް ހުށަހަޅާފައިވާ މުސާރައިގެ މައްސަލަތައް އަނބުރާ ނެގުމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް