Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިކުރާ މިސްކިތް

ޒިކުރާ މިސްކިތުގެ މަސައްކަތް ނުފެށުނީ އެ އިމާރާތުގެ ރެޖިސްޓްރީ ނުލިބިގެން

މަސައްކަތް ކުރިޔަށް ނުގެންދެވުނީ ބިމުގެ ރަޖިސްޓްރީ ނެތުމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 21 މެއި 2019 | އަންގާރަ 06:49
ޒިކުރާ މިސްކިތް އިމާރާތް ކުރަން އެތަނުގެ ބައެއް ތަޅާލާފައި

ޒިކުރާ މިސްކިތް އިމާރާތް ކުރަން އެތަނުގެ ބައެއް ތަޅާލާފައި

ޒިކުރާ މިސްކިތުގެ މަސައްކަތް ނުފެށުނީ އެ އިމާރާތުގެ ރެޖިސްޓްރީ ނުލިބި އެތަނުގެ ކުރެހުމުގެ މަސައްކަތް ނުނިމިގެން ކަމަށް އެ މަސައްކަތް ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ބުނެފިއެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ.

Advertisement - newsAdvertisement

ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.

މަޝްރޫއު ހަވާލުކުރި ރަސްމިއްޔާތުގައި އޭރުގެ އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވަނީ ރޯދަ މަހު ނަމާދުކުރެވޭ ވަރަށް އިމާރާތުގެ ތިން ބުރި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ސޮއިކުރިތާ އަހަރެއް ވީއިރު އެ ތަނުގައި މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ ކޮންޓްރެކްޓް ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން 30 ދުވަހުގެ ނޯޓިސްއެއް އެ ކުންފުންޏަށް ދިނެވެ. އެ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ ނިމިގެން ދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ނޯޓިސް މުއްދަތު ހަމަވެ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެތަން ހުސްކުރުމަށް އެކުންފުންޏަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ކޮންޓްރެކްޓް އުވާލުމަށް ފަހު ބިޑަށް ހުށައަޅައިގެން އެހެން ބަޔަކާއި އެތަން ހަވާލުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދިން އެސްޖޭގެ އިސް މީހަކު ބުނީ، އެތަނުގެ މަސައްކަތް ނުފެށިފައި އޮތީ އިމާރާތުގެ ކުރެހުން ނެހެދިގެން ކަމަށެވެ. މަސައްކަތް ހަވާލުކުރި އިރު ބިމުގެ ރަޖިސްޓްރީ ނެތް ކަމަށް އޭނާ ބުންޏެވެ. އަދި އެ ރަޖިސްޓްރީ ހޯދަން ކުރީގެ ސަރުކާރުގެ އިތުރުން މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީ އަށް އެތައް ފަހަރަކު ސިޓީ ފޮނުވާފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.

އެކަމަކު އެ ރަޖިސްޓްރީ ނުލިބުމުގެ ސަބަބުން ބިމުގެ ކުރެހުން ވެސް ކުރިޔަށް ނުގެންދެވުނު ކަމަށާއި، އެ ކޮންޓްރެކްޓް ގައިވާ ގޮތުން ދެ އަހަރު ތެރޭގައި ކުރެހުން ހުށައަޅަން ޖެހޭ ކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން އެ ކުންފުންޏާއި ވެފައިވާ އެއްބަސްވުން އުވާލަން ނިންމުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅައި ކޯޓުގައި އަޑު އެހުންތައް ހަފްތާއަކު ދެ ފަހަރު ކުރިޔަށްދާ ކަމަށް އޭނާ ބުންޏެވެ. ޝަރުއީމަރުހަލާގައި ހިނގަމުންދާ މައްސަލަޔަކަށް ވާތީވެ އެކަމާއި ބެހޭ މައުލޫމާތެއް އިސްލާމިކް މިނިސްޓްރީން ނުދެއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަވަނަ އަހަރު ކޮންސްޓްރަކްޝަންގެ ދާއިރާ އަށް ނިކުތް އެސްޖޭ ކޮންޓްރަކްޝަނަކީ ސަރުކާރުގެ އެކި ކޮންޓްރެކްޓް ތަކަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. މިހާރު ހުޅުމާލޭގައި ހަދަމުންދާ ޕޮލިސްޓޭޝަންގެ އިތުރުން ގއ. މާނާލާގައި ފިޝަރީޒް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެކުންފުންޏާއެވެ. ރ. އުގޫފާރުގައި ހަދަމުންދާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަނީ ވެސް އެސްޖޭއިންނެވެ.

ޒިކުރާ މިސްކިތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ހަނދާނުގައި 1980ގެ އަހަރުތަކުގެ ކުރީކޮޅު އިމާރާތްކުރި މިސްކިތެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު