Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މައިނޯރިޓީގެ އަޑު މުހިއްމު: އަފީފް

20 މެއި 2019 | ހޯމަ 04:43

މައިނޯރިޓީގެ އަޑު ކެނޑިގެން ނުދާނެ ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 20 މެއި 2019 | ހޯމަ 04:43
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ސަރުކާރު ހިންގުމަށް މައިނޯރިޓީގެ އަޑު އިއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް، އަލަށް އިންތިޚާބުކުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ވިލިފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި އަފީފް ވިދާޅުވީ 19 ވަނަ މަޖިލީހުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީއަށް 65 ގޮނޑިއާއެކު ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، އެންމެ އެކަށީގެންވާ ގޮތަށް ސަރުކާރު ޖަވާބުދާރީ ކުރުވަން މައިނޯރިޓީގެ އަޑު ވަރަށް މުހިއްމު ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން ހުށަހަޅާ ބިލެއްގައި އިސްލާހު ކުރުމެއް ނުވަތަ ފާޑު ކިއުމެއް ގެނެވޭތޯ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވާނެ ކަމަށް، މީގެ ކުރިން މެދުކެނޑުމެން ނެތި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 20 އަހަރު ވަންދެން ކުރައްވާފައިވާ އަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަފީފް ވިދާޅުވީ މައިނޯރިޓީގެ އަޑު ކެނޑިގެން ނުދާނެ ކަމަށާއި އެ އަޑު އަބަދުވެސް ރައްޔިތުންނަށް އިވޭނެ ކަމަށެވެ.

ނަވާރަ ވަނަ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް 65 ގޮނޑި ލިބިފައިވާއިރު، ޖުމްހޫރީ ޕާޓީ، ޕީޕީއެމްއަށް ލިބިފައިވަނީ ފަސް ގޮނޑި އެވެ. ޕީއެންސީއަށް ތިން ގޮނޑި އެވެ. މިނިވަން ހަތް ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކުރައްވާފައިވެ އެވެ.

އަފީފް ވިދާޅުވީ މަޖިލީހުގެ ހިންގާ ގަވާއިދު އިސްލާހުކޮށްގެން ނަމަވެސް އިދިކޮޅު މެމްބަރުންނަށާއި މިނިވަން މެމްބަރުންނަށް ބަހުސް މަރުހަލާގައި ލިބޭ ވަގުތު އިތުރުކުރަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމަށް އަފީފް އިންތިހާބުވެއްޖެނަމަ މަޖިލީހުގެ ބައެއް ކޮމިޓީތަކުން އިދިކޮޅު ފަރާތްތަކަށް ވީހާވެސް ބޮޑަށް ފުރުސަތު ދެއްވަން މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް، މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު އިދިކޮޅު ފަރާތްތަކުން ގެންގުޅުނީ ސަރުކާރަށް ޖެއްސުން ކުރުމުގެ އުސޫލް ކަމަށާއި އިދިކޮޅު ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭ ކަމަށް އަފީފް ވިދާޅުވިއެވެ.

ކޮންމެ ކޮޅެއްގައި ތިއްބެވިޔަސް ބަލަން ޖެހޭނީ އެކުރައްވަނީ ރައްޔިތުނަށް ކޮށްދޭ މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ޒިންމާދާރު ކަންކަން ނުކުރެވޭނަމަ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް