Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ ހެޔޮކޮށް: ދޮގު މައްޗަށް ދޮގު ހެދީމާ، އެއަށް ކިޔާނީ ބުހުތާން ދޮގު!

ސަރުކާރުގެ ނިންމުމާ އެއް ގޮތަށް، ފެބްރުވަރީ އެއް ވަނަ ދުވަހުން ފެށިގެން ޑޮލަރުގެ ލިމިޓު ބޮޑެއް ނުކުރެވުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 06:10
ރައީސުލްޖުމްހޫރިއްޔާާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާާ ޑރ. މުޙައްމަދު މުޢިއްޒު

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެއް ވައުދުފުޅަކީ، ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބީއެމްއެލް އިން ނެގޭ ޑޮލަރުގެ ލިމިޓު އުވާލައްވާނެ ކަމަށެވެ. އެ ވައުދުފުޅު ފުރިހަމަ ކުރައްވާނެ ކަމަށް ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައެވެ. އެހެން ނަމަވެސް، އާންމު އުސޫލަކުން ވެސް ކުރައްވާ ގިނަ ކަންކަމުގައި "އަތަށް ގޮވާ" މި ސަރުކާރުގެ އަތަށް، މިފަހަރު ވެސް ހެޔޮ ވަރުގެ ގޮވުމެއް ގޮވައިފި އެވެ.

ރައީސް މަނިކުފާނުގެ ވައުދުފުޅަކީ ޑޮލަރު ނެގޭ އަދަދު ނުވަތަ ލިމިޓު އެއްކޮށް އުވާލަން ކަމަށްވީ ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި ނިންމެވީ އެ އަދަދު 1200 ޑޮލަރަށް މަތި ކުރުމަށެވެ. އަދި މި ފެށުނު ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބީއެމްއެލް އިން 1200 ޑޮލަރާ ހަމައަށް ނެގޭނެ ކަމަށް ސަރުކާރުގެ ފަރާތުން އިއުލާން ކުރެއްވި އެވެ.

ނަމަވެސް، ރަައީސް މުޢިއްޒުގެ ވައުދުފުޅާ އެއް ގޮތަށް، ލިމިޓު އެއްކޮށް އުވާ ނުލީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ރަައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިޤްތިސާދާއި އެހެނިހެން ކަންކަމަށް ރިއާޔަތް ކުރެއްވުމަށްފަހު، ކެބިނެޓުން ނިންމެވީ މަރުހަލާތަކަށް ބަހާލައިގެން އެކަން ކުރިއަށް ގެންދިޔުމަށް ކަމަށެވެ. ނާޡިމް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިސާދު ރަނގަޅުވެ، ޑޮލަރު ލިބުމުގެ ޙާލަތު ރަނގަޅުވުމުން އެކަމަށް ޙައްލެއް ގެނެވޭނެ ކަމަށެވެ. އެހެންކަމުން ބޭރުގައި ކިޔަވަން ތިބި ކުދިންނާއި އެ ކުދިންގެ މައިންބަފަައިން ތިބީ ފެބްރުވަރީ އެކެއްގެ އިންތިޒާރުގަ އެވެ. ވެވަޑައިގެންނެވި ވައުދު ދެ ފަޅިވެ، ބަދަލުވި ނަމަވެސް، އެކަމާ ވެސް އަތްޖެހި ބަޔަކު، އަތުން ހަން ދާ ވަރަށް އަތްޖެހި އެވެ.

އެހެން ނަމަވެސް، ޖަނަވަރީ މަސް ނިމެން ދަނިކޮށް، ޚަބަރުތައް ލިބެން ފެށީ ބެންކަށް އެކަން ކޮށްދެވެން ނެތް ވާހަކަ އެވެ. އެއާއެކު އާންމުންގެ ޝަކުވާތައް އިންތިހާ އަށް ބޮޑުވާން ފެށުމުން، ބުދަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ފިނޭންސް އިން ބުނެފައި ވަނީ، ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޑޮލަރުގެ ލިމެޓު 1200 އަށް ބޮޑު ކުރަން ނިންމާފައި އޮތް ނަމަވެސް، ޑޮލަރުގެ ތާށިކަމާ ހުރެ، އެކަން ތަންފީޒު ކުރެވެން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި ބުނެފައި ވަނީ އެ ސިޔާސުތައް ތަންފީޒު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސްގެ ބަޔާނުގައި ދެން ބުނެފައި ވަނީ ކާޑު ލިމިޓު އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރު ކުރުމާއި، ބޭންކިން ނިޒާމުން މާރުކުރެވޭ ޑޮލަރުގެ މިންވަރު އިތުރު ކުރުމަށްޓަކައި އެ މިނިސްޓްރީ އާއި ބޭންކުތައް އަދި އެމްއެއެމްއޭ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަރުކާރުގެ ވައުދާ އެއްގޮތަށް، ޑޮލަރު ނެގޭ ލިމިޓު ބޮޑު ކުރެވޭނެ ތާރީޚެއް އެ ބަޔާނުގައި ނެތެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައީސްގެ ރިޔާސީ ކެމްޕެއިންގައި އެ ވައުދުފުޅު ވެވަޑައިގެންނެވިއިރު، މި ޙާލަތު ބައްލަވާފައި ނެތީތޯ އެވެ؟ ނުވަތަ އޭގެ ފަހުން ވަޒީރުންގެ މަޖިލީހުގައި އެކަމާ ގުޅޭ މަޝްވަރާތައްކޮށް، ގޮތެއް ނިންމެވިއިރު މި ޙާލަތު ބައްލަވާފައި ނެތީތޯ އެވެ؟ ގައިމު ކެބިނެޓު ބައްދަލުވުމުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު، ރައީސުލްޖުމްހޫރިއްޔާ ވެސް އިންނަވާނެތާ އެވެ! ސަރުކާރުގެ މާލީ ކަންކަމާ ބެހޭ ވަޒީރާއި، އިޤްތިޞާދީ ވަޒީރު ވެސް އިންނަވާނެތާ އެވެ! އެ ބޭފުޅުން ތިއްބެވި ވަޒީރުންގެ މަޖިލީހެއްގައި މިކަމާ މެދު ސަރުކާރުން މަޝްވަރާކޮށް، ފެބްރުވަރީ އެއް ވަނަ ދުވަހުން ފެށިގެން އެ ލިމިޓު 1200 ޑޮލަރަށް ބޮޑު ކުރަން ނިންމެވިއިރު، ރާއްޖޭގެ އިޤްތިޞާދީ ހާލަތު އެ ބޭފުޅުންނަށް އެނގިވަޑައިނުގެންނެވީތޯ އެވެ؟ ޑޮލަރުގެ ލިމިޓު ބޮޑު ކުރުމުގެ ދަތިތަކެއް ހުރިކަން އެ ދުވަހު ހަނދުމަފުޅު ނެތީތޯ އެވެ؟

ނޫން ނަމަ، އާންމު ގޮތެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއް ގޮތަށް، "ހޮޅި" ވައުދެއް ވެވަޑައިގެންނެވީބާވަ އެވެ؟ ނުވަތަ އިތުރުފުޅެއްގެ މައްޗަށް، އެހެން އިތުރު ފުޅެއް ހެއްދެވީތޯ އެވެ؟ އެހެންވިއްޔާ ރައީސް މަނިކުފާނު ވެސް ވިދާޅުވެފައި އޮތީ ވަރަށް ބޮޑު ތެދުފުޅެކެވެ. ދޮގު މައްޗަށް ދޮގު ހެދީމާ، އެޔަށް ކިޔާނީ ބުހުތާނު ދޮގެވެ!

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައީސް އޮފީސްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު