Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކަސްޓަމްސްގެ ތަފާސް ހިސާބުތައް

އޭޕްރިލް މަހު ރާއްޖެ އިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ: ކަސްޓަމްސް

16 މެއި 2019 | ބުރާސްފަތި 15:57

މިދިޔަ މަހު އެކްސްޕޯޓްކޮށްފައިވަނީ 324 މިލިއަން ރުފިޔާގެ މުދާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މެއި 2019 | ބުރާސްފަތި 15:57
ރާއްޖޭގެ ވިޔަފާރި ބަނދަރު

ރާއްޖޭގެ ވިޔަފާރި ބަނދަރު

ފާއިތުވި އޭޕްރިލް މަހު ދިވެހިރާއްޖެ އިން 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އޭޕްރިލް މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ އެފް އޯ ބީ އަގު 2018 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 9 އިންސައްތަ ވަނީ އިތުރުވެފައެވެ. ނިމިދިޔަ އަހަރުގެ އޭޕްރިލް މަހު ދިވެހިރާއްޖެ އިން 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ އޭޕްރިލް މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު 377 މިލިއަން ރުފިޔާގެ އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ މަހު އެކްސްޕޯޓްކޮށްފައި ވަނީ 324 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 އިންސައްތަ ދަށް އަދަދެކެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު ދައުލަތަށް 262 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މި އަހަރުގެ އޭޕްރިލް މަހު ލިބިފައިވަނީ 300 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 14 އިންސައްތަ އިތުރުވުކެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 23 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 16 އިންސައްތަ އަދި ސިންގަޕޫރުން 12 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ. ވޭތުވެދިޔަ އޭޕްރިލް މަހު އަގުގެ ގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ކޮށްފައިވަނީ ޔޫއޭއީ އިންނެވެ. ޔޫއޭއީ އިން 23 އިންސައްތަ މުދާ އިމްޕޯޓްކޮށްފައިވާއިރު ޗައިނާ 16 އިންސައްތަ މުދާ ވަނީ އެކްސްޕޯޓްކޮށްފައިވެއެވެ. ސިންގަޕޫރުން 12 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާއިރު އިންޑިއާ އިން އެކްސްޕޯޓްކޮށްފައި ވަނީ 11 އިންސައްތައެވެ. އަދި މެލޭޝިއާ އިން އެކްސްޕޯޓްކޮށްފައި ވަނީ 6 އިންސައްތައެވެ.

އަގުގެ ގޮތުން ތައިލެންޑުން 46 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާ އިން 13 އިންސައްތަ ވަނީ އެކްސްޕޯޓްކޮށްފައެވެ. ޖަރުމަންވިލާތުން 10 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާއިރު ފަރަންސޭސިވިލާތުން 8 އިންސައްތަ އަދި އިނގިރޭސިވިލާތުން 4 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ މާރޗު މަހު ރާއްޖެ އިން 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާރޗު މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. އެއީ ނުވައެއް އިންސައްތައިގެ ދަށްވުމެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް