Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ކޯޓު

ދީބާޖާ މައްސަލާގައި ސިވިލް ކޯޓުން ބަންޑާރަ ނައިބަށް ރައްދު ދީފި

ރައްދު ދިނީ އަންގާރަ ދުވަހު ނެރުނު ބަޔާނަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 16 މެއި 2019 | ބުރާސްފަތި 16:08
ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން

ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ކުރި ހުކުމް ތަންފީޒު ކުރަނީ އުސޫލާ ހިލާފަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނުމުން، ސިވިލް ކޯޓުން އެކަމަށް ރައްދު ދީފިއެވެ.

ބަންޑާރަ ނައިބަށް ސިވިލް ކޯޓުން ރައްދުދީފައި ވަނީ "ފަތްތޫރަ ހިންގުން" ކަމަށް ބުނެ، އެ ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ލިޔުމެއްގައެވެ. އެ ލިޔުން ނެރެފައި ވަނީ އެ ކޯޓުން މައްސަލަތައް ބަލާ ހިންގުމުގައި އަމަލު ކުރަމުން ގެންދާ ގޮތް ހުރިހާ އެންމެންނަށް ބުނެ، ހާމަކޮށް، އޮޅުންފިލުވައިދިނުމަށް ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

Advertisement - newsAdvertisement

މިދިޔަ އަންގާރަ ދުވަހު ބަންޑާރަ ނައިބު ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދީބާޖާ ހުކުމް ތަންފީޒު ކުރުން ދަށު ކޯޓުގައި ކުރިއަށް ގެންދަނީ އެ ކޯޓުން ކަނޑައަޅާފައިވާ "ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލާ" ހިލާފަށެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ އަޑުއެހުން ސިއްރު ކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެފަދަ އަޑުއެހުން ސިއްރު ކުރުމަށް ފަހު އަޑުއެހުމުގައި ކަން ހިނގައިދިޔަ ގޮތް ސިވިލް ކޯޓުން މީޑިއާއާ ހިއްސާކޮށްފައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އާންމު ކުރި ލިޔުމެއްގައި ބުނެފައި ވަނީ ދީބާޖާ މައްސަލަ އިސްތިއުނާފު ނިމުމުން، އެ މައްސަލަ ތަންފީޒު ކުރަން ދަށު ކޯޓުން ފަށާފައި ވަނީ އަލުން ހުށަހެޅުމަކާ ނުލައި، ކޯޓުން އަމިއްލަ އިސްނެގުމަށް ކަމަށެވެ. އެގޮތަށް އަމަލު ކުރަނީ އެ ކޯޓުން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށް ބުނެފައިވެއެވެ. އެފަދަ މައްސަލަތަކުގައި ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް އެ މައްސަލަ ފޮނުވަން ނުޖެހޭނެ ކަމަށް އެ ކޯޓުން ކަނޑައަޅާފައިވާ އުސޫލަށް ބެލުމުން ސާފުކޮށް އެނގޭނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރު ކުރީ ޝަރީއަތުގެ ފަރާތުން ފިވަޅެއް އެޅުމުގައި އާންމުކޮށް ހުޅުވާލައިގެން އެ ޝަރީއަތެއް ހިންގައިފި ނަމަ އެ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ތަންފީޒުވުމަށް ހުރަހަކަށް ވެދާނެ ކަމަށް ފަނޑިޔާރަކަށް ފެނިގެން ކަމަށް އެ ކޯޓުން ބުންޏެވެ. އަދި ގާނޫނުއަސާސީގެ ދަށުން އެގޮތަށް އަޑުއެހުން ސިއްރު ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ހަތަރު އަހަރު ކުރިން ފެށިގެން ދަށު ކޯޓާއި މަތީ ކޯޓުތަކުގައި މައްސަލަ ހިންގާފައިވާ

ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިންމައި، އެ ކުންފުންނަށް 348 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ދައުލަތުން އެދިފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށެވެ.

ދީބާޖާއަކީ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ހިމެނޭ ގޮތަށް ދަތުރުފަތުގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލު ކުރި ކުންފުންޏެކެވެ. ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި އެ ކުންފުންނަށް ހަވާލު ކުރި އެއްބަސްވުން 2013 ވަނަ އަހަރު ވަނީ ބާތިލުކޮށްފައެވެ.

ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު