Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީބާޖާ އިންވެސްޓްމަންޓް

ދީބާޖާ ހުކުމް، ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކޮށްދޭން ދައުލަތުން އެދިއްޖެ

14 މެއި 2019 | އަންގާރަ 18:51

އެގޮތަށް އެދުނީ ސިވިލް ކޯޓުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 މެއި 2019 | އަންގާރަ 18:51
ބަންޑާރަ ނައިބު ރިއްފަތު: މައްސަލަ ބާތިލުކޮށްދޭން އެދުނީ ބަންޑާރަ ނައިބުގެ އޮފީހުން

ބަންޑާރަ ނައިބު ރިއްފަތު: މައްސަލަ ބާތިލުކޮށްދޭން އެދުނީ ބަންޑާރަ ނައިބުގެ އޮފީހުން

ހަތަރު އަތޮޅެއްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކޮށްދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަނީ، އެ ކޯޓުން ކަނޑައަޅާފައިވާ "ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލާ" ހިލާފަށް ކަމަށެވެ. އެ އުސޫލު ހަދާފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ނަމަވެސް ދީބާޖާއަށް ފައިސާ ދިނުމަށް ދަށު ކޯޓުން ކުރި ހުކުމަކީ "ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނިހާއި ހުކުމެއްކަން" ސުޕްރީމް ކޯޓުގެ މިދިޔަ މަހު އެ މައްސަލާގައި ކުރި ހުކުމް އެނގެން އޮންނަ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލު ކުރަން ކަނޑައަޅާފައިވާ މުއްދަތަކީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހައި ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެ ހުކުމް ބާތިލުކޮށްފައިވާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ކުރި ހުކުމަށް ބަލައި، ސިވިލް ކޯޓުގެ ހުކުމަށް އަމަލު ކުރުމުގައި މުއްދަތު ގުނަން ފަށާނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން މީލާދީ ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.

ހުކުމް ތަންފީޒު ކުރުމުގައި ސިވިލް ކޯޓުން އަމަލު ކުރަމުން ގެންދާ އުސޫލުގައިވާ ގޮތުގެ މަތިން، 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ފަހުން، ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކިވަރެއް ދައްކަމުން ގޮސް ފައިސާ ހަލާކުރާ ގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި އެ މަހަކަށްޖެހޭ ވަރު އެ މަހަކު ދައްކަމުން ނުގެންދާކަން އަރަނިވެރިޔާގެ ފަރާތުން އަންގައިފައިނުވާނަމަ، އެ ހުކުމް ތަންފީޒު ކުރުމަށް ކޯޓުން އިސްވެ ފަށާނީ ހުކުމުގައި ހުކުމުގައި ފައިސާ ދައްކާ ހަލާސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ދީބާގެ މައްސަލަ ހިންގަން ފަށާފައި ވަނީ އެ އުސޫލާ ހިލާފަށް ކަމަށާއި ހުކުމް ތަންފީޒު ކުރުމުގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެއީ ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓިތާ 26 ދުވަސް ކަމާށާއި އޭގެ ތެރެއިން ރަސްމީ މަސައްކަތުގެ ގޮތުގައި ހިނގައިގަތީ 15 ދުވަސް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހުކުމް ތަންފީޒު ކުރަން ކަމަށް ބުނެ، މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުން ސިއްރު ކުރީ ގާނޫނުއަސާސީގެ އެފަދަ އަޑުއެހުމެއް ސިއްރު ކުރަން ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ.

އަޑުއެހުމުގައި ދެއްކި ވާހަކަތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާންކޮށްފައި ނުވާ ކަމަށް ބުނެ، ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދީބާޖާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ސިވިލް ކޯޓުން މީޑިއާއަށް ހާމަކޮށްފައިވެއެވެ. އޭގެ ސަބަބުން ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ޝާމިލުވާ މައްސަލައެއްގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުމެއްގައި ކަންހިނގާދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު އާންމުކޮށް އެންމެހައި ފަރާތްތަކަށް ހުރަސް އެޅުނު ކަމަށް އޭޖީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް