Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖޭގެ ފަތުރުވެރިކަމަށް ފާއިތުވި 13 އަހަރު ނުލިބޭހާ ބޮޑު ކުރިއެރުމެއް!

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕުގެ ޤައުމުތަކުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 މެއި 2019 | އަންގާރަ 09:49
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ނުލިބޭހާ ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް މިދިޔަ މަހު ވަނީ 36.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އޭގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރާނެ ކަމަށް ގިނަ ފަރާތްތަކުން ލަފާކޮށްފައިވެއެވެ. އެހެން ނަމަވެސް ހީކުރި ގޮތާއި ހިލާފަށް ރާއްޖޭގެ ފަތުރުވެރިކަމަށް އުންމީދުނުކުރާހާ ބޮޑު ކުރިއެރުމެއް ލިބި މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 163،114 (އެއްލައްކަ ފަސް ދޮޅަސް ތިން ހާސް އެއްސަތޭކަ ސާދަ) އަށް އަރާފައެވެ. އޭގެ ކުރީ މަހު (މާރޗްގައި) ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 163،843 (އެއްލައްކަ ފަސް ދޮޅަސް ތިން ހާސް އަށްސަތޭކަ ސާޅިސް ތިން) ފަތުރުވެރިންނެވެ. މާރޗް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވެސް ވަނީ 16.8 ޕަސެންޓް އިތުރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 2000 ގެ އަހަރުތަކުގައި ސުނާމީގެ ހާދިސާ އަށް ފަހު، މިއީ އައި އެންމެ ބޮޑު ޖަމްޕު ކަމަަށާއި މި ކާމިޔާބީ ހާސިލު ކުރެވިފައިވަނީ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ މަސައްކަތުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން ދިވެހިރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އެ ގޮތުން ޔޫރަޕުގެ ޤައުމުތަކުން ޖުމްލަ 88،031 (އައްޑިހަ އަށް ހާސް އެއް ތިރީސް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އޭޝިއާގެ ސަރަހައްދުތަކުންނެވެ. އޭޝިއާގެ ސަރަހައްދުތަކުން 59،390 (ފަންސާސް ނުވަ ހާސް ތިންސަތޭކަ ނުވަދިހަ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެމެރިކާ އިން ޒިޔާރަތްކޮށްފައި ވަނީ 7،393 ފަތުރުވެރިންނެވެ. އަދި މެދުއިރުމަތީގެ ޤައުމުތަކުން 6،443 ޒިޔާރަތްކޮށްފައިވާއިރު އެފްރިކާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1،883 ފަތުރުވެރިންނެވެ.

ވަކި ވަކި ޤައުމުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިޓަލީ އިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖަރުމަންވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާ އިންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުން އޭޕްރީލް މަހަށް 646،092 (ހަ ލައްކަ ސާޅީސް ހަ ހާސް ނުވަދިހަ ދެ) ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.އެ ގޮތުން ޗައިނާ އިން 95،272 (ނުވަދިހަ ފަސްހާށް ދުއިސައްތަ ހަތްދިހަ ދެ) ފަތުވެރިން ޒިޔާރަތްކޮށްފައިވާއިރު އިޓަލީ އިން 67،891 (ފަސްދޮޅަސް ހަތް ހާސް އަށްސަތޭކަ ނުވަދިހަ އެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި ޖަރުމަންވިލާތުން 54،862 (ފަންސާސް ހަތަރުހާސް އަށް ސަތޭކަ ފަސްދޮޅަސް ދޭއް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން ޖުމްލަ 48،992 (ސާޅީސް އަށް ހާސް ނުވަ ސަތޭކަ ނުވަދިހަ ދޭއް) ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި އިންޑިއާ އިން ޖުމްލަ 48،876 (ސާޅީސް އަށް ހާސް އަށް ސަތޭކަ ހަތްދިހަ ހަ) ފަތުރުވެރިން ރާއްޖެއަށް ފާއިތުވި ހަތަރު މަހު ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު