Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިކަރަޕްޝަން ކަމިޝަން

ހައްޖަށް މީހުން ގެންދިއުމުގައި ހުއްދަ ދީފައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނަގާ: އޭސީސީ

14 މެއި 2019 | އަންގާރަ 07:52

ޙައްޖު އިންތިޒާމުކުރުމުގެ ނިޒާމާ ގުޅޭ 21 ޝަކުވާއެއް 2017 ވަނަ އަހަރު ހުށައެޅި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 މެއި 2019 | އަންގާރަ 07:52
ދިރާސާ ރިޕޯޓް އާންމު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ދިރާސާ ރިޕޯޓް އާންމު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ހައްޖަށް މީހުން ގެންދިއުމުގައި ހުއްދަ ދީފައިވާ އަދަދަށް ވުރެ އިތުރަށް ހައްޖަށް ދާ މީހުންގެ އަތުން ފައިސާ ނަގާ ކަމަށް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ ދިރާސާ ރިޕޯޓުން ހާމަ ވެއްޖެއެވެ.

އޭސީސީ އިން ވަނީ ހައްޖުގެ އިންތިޒާމްތަކާ ބެހޭ ގޮތުން 2017 ވަނަ އަހަރުގައި ފެށި ދިރާސާ ރިޕޯޓުން ހާމަކޮށްފައިވާ ގޮތުގައި އެ އަހަރު އެކަނިވެސް، ޙައްޖު އިންތިޒާމުކުރުމުގެ ނިޒާމާ ގުޅޭ 21 ޝަކުވާއެއް ކޮމިޝަނަން ވަނީ ހުށައަޅާފައެވެ.

Advertisement - newsAdvertisement

ޙައްޖަށް މީހުން ގެންދިޔުމަށް ދޫކޮށްފައިވާ ކޯޓާ އަށް ވުރެ އިތުރަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމާއި، ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުން މީހުން ޙައްޖަށް ގެންދިއުމަށް ނަގާފައިވާ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ސަބަބުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޙައްޖަށް ނުދެވި އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން 2013-2012 އަށް އަމިއްލަ ފަރާތަކުން 132 މީހެއްގެ އަތުން އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި އެ ފަރާތްތަކަށް އެ ފަހަރު ހައްޖަށް ނުދެވުނުކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި ހައްޖަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ހުއްދަ ކުރެވިފައިވާ މިންވަރަށް ވުރެ އިތުރަށް ކޮންމެ އަހަރަކު ވެސް ބައެއް ކުންފުނިތަކުން ފައިސާ ނަގާކަން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު ނޭޅެނީ ފައިސާ ނެގިކަމުގެ ލިޔުމެއް އަދި ރަސީދެއް ނެތުމުން ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

އޭސީސީގެ ދިރާސާ ރިޕޯޓުގައި ވަނީ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާވާ ކުންފުނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މަޤުޞަދު ދެމެހެއްޓެނިވި ގޮތެއްގައި ޙާޞިލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައެވެ. އެގޮތުން އެ ކުންފުނި ހިންގަނީ ކޮންމެ އަހަރަކު ވެސް ދަރަނީގައި ކަން ފާހަގަ ކޮށްފައެވެ.

"ރާއްޖެއަށް ޢާންމުކޮށް ލިބޭ ކޯޓާގެ އިތުރަށް ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ ޢިނާޔަތުގެ ދަށުން ރާއްޖެއަށް ލިބޭ އިތުރު ކޯޓާގެ އަދަދު ޔަޤީން ވަނީ ޙައްޖު މޫސުމާ ވަރަށް ގާތްވެފައިވަނިކޮށް ކަމަށް ވާތީ، އެ ކޯޓާ ލިބޭ ފަރާތްތައް ކަނޑައެޅުން ލަސްވުމާ އެކު ޚިދުމަތްތަކުގެ އަގު ބޮޑުވުމަށް މެދުވެރިވެއެވެ. އެގޮތުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އިތުރު ކޯޓާ ލިބިފައި ވަނީ ބައެއް ކުންފުނިތަކުގެ ޙައްޖުވެރިން ރާއްޖެ އިން ފުރި ފަހުންކަން ފާހަގަކުރެވެއެވެ." އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ރެކޯޑުތައް ދައްކާ ގޮތުން އިތުރު ކޯޓާގައި އެންމެ ފަހު ވަގުތު ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ ޙާޖީއަކަށް %15-10 ފައިސާ އިތުރަށް ޚަރަދުކުރަން ޖެހެއެވެ.

ރާއްޖެ އިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުޞޫލު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމު ނުކުރުމުން ހައްޖަށް މީހުން ގެންދިއުމުގައި ދަތިތަކާ ދިމާވާ ކަމަށް ކުންފުނިތަކުން ބުނެއެވެ. އަދި ހައްޖަށް މީހުން ގެންގޮސް އެ މީހުންނަށް އިރުޝާދު ދޭ މީހުންގެ ކިބައިގައި އެކަށީގެންވާ ގާބިލުކަން ނެތް ކަމަށާއި ގިނަ ފަހަރަށް އަރަބި ބަހުން ވާހަކަ ދައްކަން ނޭނގުމުގެ ސަބަބުން މީހުންނަށް އޭގެ އުނދަގޫ ވާކަމަށް ހައްޖަށް ދިޔަ މީހުންނާ ހަވާލާދީ ދިރާސާ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ޙައްޖު އިންތިޒާމުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށާއި ކުންފުނިތަކުގެ މަސައްކަތް ރެގިއުލޭޓްކުރުމަށް، ޙައްޖަށް އަދި ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ ޤާނޫނެއް 2017 ވަނަ އަހަރު ޑްރާފްޓްކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބަންޑާރަ ނައިބުގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
31 މާރިޗު 2017

ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން

31 މާރިޗު 2017
ހުއްދަ ނުހޯދައި އޮފީހަށް ވަދެ، ގެއްލުންދިން މީހުން މައްޗަށް ދައުވާ ކުރާނަން: ރައީސް މައުމޫން
23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް