Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި ދިން ބޮމުގެ ހަމަލާ

މުސްލިމުންނާ ދެކޮޅު ހަމަނުޖެހުން ބޮޑުވެ، މުޅި ލަންކާގައި ކާފިއު އިއުލާންކޮށްފި

13 މެއި 2019 | ހޯމަ 15:26

ކާފިއު އިއުލާންކުރީ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކަކާއި ގުޅިގެން

އަމަން ހަލީމް
އަމަން ހަލީމް | 13 މެއި 2019 | ހޯމަ 15:26
ލަންކާގައި ހުންނަ މިސްކިތަކަށް ހަމަލާދީފައި

ލަންކާގައި ހުންނަ މިސްކިތަކަށް ހަމަލާދީފައި

ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މުޅި ލަންކާގައި ކާފިއު އިއުލާން ކުރަން ނިންމައިފިއެވެ.

ހޯމަ ދުވަހުގެ ރޭ 9:00ން އަންގާރަ ދުވަހުގެ ފަތިހު 4:00ށް ކާފިއު އިއުލާން ކުރަން ނިންމާފައިވާ އިރު، މީގެ ކުރިން ވެސް ނޯތް ވެސްޓަރން ޕްރޮވިންސްގައި މުއްދަތެއް ނެތް ގޮތަށް އިއުލާންކޮށްފައިވެއެވެ. އެ ކާފިއު ހިނގަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:00 ވަން ދެނެވެ. މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަން އެ ގައުމުގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ކަށަވަރުކޮށްދެއްވިއެވެ.

ފޭސްބުކްގައި މުސްލިމް ވިޔަފާރިވެރިއަކު ކުރި ޕޯސްޓަކާއި ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތައް ފެށުނީ ހުޅަނގު އުތުރުން އޮންނަ ޗިލޯގައި ނަސާރާއިން މިސްކިތްތަކަށާއި މުސްލިމުންގެ ފިހާރަތަކަށް ގާއުކާން ފެށުމާ ގުޅިގެންނެވެ. އެ އަވަށުގައި ހަމަނުޖެހުން ހިންގަން އުޅުނު މީހުން ދުރުކުރަން ފުލުހުން ފަޒާޔަށް ބަޑިޖަހާފައިވާ އިރު، ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ހަމަނުޖެހުން އަވަށްތެރި އަވަށްތަކަށް ފެތުރި، އެ ތަންތަނުގައި ވެސް މުސްލިމުންގެ ފިހާރަތަކަށް ހަމަލާދީފައިވެއެވެ.

ފޭސްބުކްގައި ކޮމެންޓު ކުރި 38 އަހަރުގެ މުސްލިމެއް ކަމުގައިވާ އަބްދުލް ހަމީދް މުހައްމަދު ހަމްސަރް ހައްޔަރުކޮށް، އަވަށްޓެރި ކުރުނޭގަލާގައި ހުންނަ މުސްލިމުންގެ ފިހާރަތަކަށް ހަމަލާދިނުމުގައި ބައިވެރިވީ ބަޔަކު ހައްޔަރުކޮށްފައިވާ ކަަމަށް ލަންކާ ފުލުހުން ބުނެފައިވެއެވެ. ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިއާ ވެބްސައިޓްތައް ބްލޮކްކޮށްފައިވާ އިރު، އެކަން ކުރީ ގައުމުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، އަަމަން ނެގެހެއްޓުމުގެ ގޮތުންކަމަށް އެ ގައުމުގެ ޖެނެރަލް އިންފޮމޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ނަލަކަ ކަލުވެވަ ވިދާޅުވެފައިވެއެވެ.

ލަންކާގައި އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާގައި 256 މީހުން މަރުވެފައިވާ އިރު، މި ހަމަލާ އަމާޒުވީ ހަތަރު ހޮޓަލަކަށާއި ނަސާރާއިންގެ ތިން ފައްޅިއަކަށެވެ. މި ހަމަލާގެ ޒިންމާ އައިސިސްއިން ނަގާފައިވާ އިރު، އެ ހަމަލާދިނީ ލަންކާގައި ހަރަކާތްތެރިވާ އެންޓީޖޭ ޖަމާއަތުގެ މެމްބަރުންތަކެކެވެ. ހަށިގޮއްވާލައިގެން ދިން ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާ މެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ނެގަމްބޯގައި ވެސް މުސްލިމުންގެ ވިޔަފާރިތަކަކަށް ހަމަލާދީފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް