Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔާޔާ ޓޫރޭ

ރިޓަޔަރކުރަން އުޅޭ ކަމަށް ބުނެ އެޖެންޓު ދެއްކި ވާހަކަތައް ޔާޔާ ޓޫރޭ ދޮގުކޮށްފި

ރިޓަޔަރކުރާ ދުވަހަކުން އޭނާ އެ ވާހަކަ ހާމަކުރާނެ ކަމަށް ބުނި

އަމަން ހަލީމް
އަމަން ހަލީމް | 12 މެއި 2019 | އާދީއްތަ 18:52
ޔާޔާ ޓޫރޭ މެންޗެސްޓަރ ސިޓީއަށް ސޮއިކުރި ދުވަހު

ޔާޔާ ޓޫރޭ މެންޗެސްޓަރ ސިޓީއަށް ސޮއިކުރި ދުވަހު

މި ސީޒަނަށް ފަހު ރިޓަޔަރ ކުރާނެ ކަމަށް ބުނެ އޭނާގެ އޭޖެންޓް ޑިމިޓްރީ ސެލުކް ދެއްކި ވާހަކަތައް ޔާޔާ ޓޫރޭ ދޮގު ކޮށްފިއެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޓޫރޭ ބުނީ އޭނާގެ ކެރިއަރާ ބެހޭގޮތުން އެކި ވާހަކަ ދެކެވެމުންދާ ކަމަށާއި، މިއީ އޭނާގެ ނިންމުން އެންމެންނަށް އަންގަންވީ ވަގުތު ކަމަށް ޓޫރޭ ވިދާޅުވިއެވެ. ޓޫރޭ ބުނީ އޭނާ ރިޓަޔަރ ކުރަން ޖެހޭ ވަގުތު އައިސް ޖެހުމުން އެ ކަން ފޭނުންނަށް އަންގާނީ އޭނާ އަމިއްލައަށް ކަމަށާއި އޭނާގެ މަތިން އެވާހަކަ ދައްކާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ.

ޓޫރޭ މި ސީޒަނަށް ފަހު ރިޓަޔަރ ކުރާނެ ކަަމަށް ބުނެފައިވަނީ އޭނާގެ އޭޖެންޓު ޑިމިޓްރީ ސެލުކް ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ސެލުކް ބުނީ ރިޓަޔަރ ކުރުމަށް ފަހު ޔާޔާ މަސައްކަތް ކުރާނީ އެސިސްޓަންޓް މެނޭޖަަރަކަށް ކަމަށެވެ. ޓޫރޭ ވަނީ އޭނާގެ ކޯޗިން ލައިސަންސް ފުރިހަމަ ކޮށްފައެވެ.

މިހާރު އެއްވެސް ކްލަބަކަށް ނުކުޅެ ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި، ޓޫރޭ ބުނީ މިހާރު ވެސް ފުރުސަތެއް ލިބިއްޖެނަމަ ކުލަބަކަށް ސޮއިކުރަން ތައްޔާރަށް ހުރި ކަމަށެވެ. ޓޫރޭ އެންމެ ފަހުން ކުޅެފައިވަނީ ގްރީސްގެ އޮލިމްޕިއާކޯސްއަށެވެ.

މެންޗެސްޓަރ ސިޓީ، މޮނަކޯ އަދި ބާސެލޯނާ ފަދަ ޓީމުތަކަށް ކުޅެފައިވާ 35 އަހަރުގެ ޔާޔާ ޓޫރޭ އޭނާގެ ކެރިއަރުގައި ގިނަ ތަށިތަކެއް އުފުލާލާފައިވެއެވެ. އެގޮތުން ބާސެލޯނާއާ އެކު ސްޕެނިޝް ލަ ލީގާ އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، ސިޓީއާ އެކު އިނގިރޭސި ޕްރިމިއަރ ލީގު ތިން ފަހަރު އަދި އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
16 އެޕްރީލު 2017

ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި

16 އެޕްރީލު 2017
ސަންޑަލޭންޑާއެކު މަޝްވަރާކުރި ކަމަށް ބާބެޓޯވް ބުނެފި
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު