Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖިއަންލުއިޖީ ބުފޮން

ބުފޮން ބޭނުންވަނީ އިތުރު ސީޒަނެއް ކުޅެން

ބުފޮންގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 12 މެއި 2019 | އާދީއްތަ 16:27
ބުފޮން

ބުފޮން

ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ބޭނުން ވަނީ އިތުރު ސީޒަނެއް ކުޅެން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ސީޒަނަށް ފަހު ޕީއެސްޖީއާއެކު ބުފޮން ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ އިތުރު އަހަރެއް ކުޅޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އޭނާ ކުޅުން ހުއްޓާލާނީ އަދި އިތުރު ސީޒަނެއް ކުޅެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އުމުރުން 41 އަހަރުގެ ބުފޮން ހޯދުމަށް ބައެއް ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާ ބަދަލުވާން އުޅޭ ޓީމެއް އަދި ކަށަވަރެއް ނުވެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުފޮން ބުނީ ކުރިޔަށް އޮތް ހަ މަސް ތެރޭގައި ނުވަތަ އަހަރެއް ތެރޭގައި ނުވަތަ 10 އަހަރު ފަހުން ކުޅުން ހުއްޓާލާނެ ކަމަށާއި، އެހެން ނަމަވެސް އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ.

ބުފޮން ބުނީ އުމުރުން 32 އަހަރުގައި ބޭނުންވީ 35 އަހަރުގައި ކުޅުން ހުއްޓާލަން ކަމަށާއި، 38 އަހަރުގައި ބޭނުންވީ 40 އަހަރުގައި ހުއްޓާލަން ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އެކަން އެގޮތަށް ނުހިނގި ކަމަށެވެ.

ޕާރްމާ އިން 1995 ވަނަ އަހަރު ކެރިޔަރު ފެށި ބުފޮން ޔުވަންޓަސް ބަދަލުވީ 2001 ވަނަ އަހަރު ރެކޯޑު އަގަކަށެވެ. އޭނާ އެ ކްލަބުގައި 17 އަހަރު ހޭދަކުރުމަށް ފަހު ޕީއެސްޖީ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޔުވަންޓަސްއާ އެކު ނުވަ ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ ބުފޮން ވަނީ ގައުމީ ޓީމާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ގައުމީ ޓީމުން ބުފޮން ރިޓަޔާވެފައިވާއިރު، އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 176 މެޗު ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު