Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނޯ ރަޔޯލާ ސަސްޕެންޑް ކުރުން

ޕޮގްބާގެ އޭޖެންޓު ތިން މަސް ދުވަހަށް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް ފީފާއިން ތާއީދުކޮށްފި

ރަޔޯލާ ސަސްޕެންޑް ކުރި ސަބަބެއް މިހާތަނަށް އިޓަލީ އެފްއޭއިން ބުނެފައެއް ނުވޭ

އަމަން ހަލީމް
އަމަން ހަލީމް | 11 މެއި 2019 | ހޮނިހިރު 17:49
ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފުޓުބޯޅަ އެޖެންޓް މީނޯ ރަޔޯލާ

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ފުޓުބޯޅަ އެޖެންޓް މީނޯ ރަޔޯލާ

މަޝްހޫރު ފުޓުބޯޅަ އޭޖެންޓު މީނޯ ރަޔޯލާ މަސައްކަތްކުރުން މަނާކުރަން އިޓަލީ އެފްއޭއިން ނިންމި ނިންމުން މުޅި ދުނިޔޭގައި ތަންފީޒުކުރާނެ ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޓަލީ އެފްއޭގެ ނިންމުން ފީފާގެ މެމްބަރު ހުރިހާ ގައުމެއްގައި ތަންފީޒުކުރަން ނިންމީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހުގައި ކަމަށެވެ. މީނޯ (ކާމައިން) ރަޔޯލާ ތިން މަސްދުވަހަށް ސަސްޕެންޑް ކުރިއިރު އޭނާގެ ތިމާގެ ވިޗެންޒޯ ސަސްޕެންޑް ކުރީ ދެ މަސް ދުވަހުގެ މުއްދަތަކަށެވެ.

ރަޔޯލާ ސަސްޕެންޑްކުރަން ނިންމީ ކީއްވެގެންކަން މިހާތަނަށް އިޓަލީގެ އެފްއޭއިން ބުނެފައިނުވާ އިރު، އަންނަ ހަފުތާގެ ތެރޭގައި އެ މައުލޫމާތު ހާމަކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މި ފަހުން އިޓަލީގެ ފުޓުބޯޅައިގައި ނަސްލީ ފުރައްސާރައިގެ މައްސަލަ ބޮޑުވެފައިވާ އިރު، ރަޔޯލާ ވަނީ އިޓަލީ އެފްއޭއިން އެކަމަށް ވާގިވެރިވާ ކަމަށް ދާދިފަހުން ބުނެފައެވެ. އަދި އޭނާ ސަސްޕެންޑް ކުރީ އެހެން ބުނެގެން ކަމުގައިވަނީ ނަމަ އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ރަޔޯލާގެ އެޖެންޓުކަމުގެ ދަށުގައިވާ ކުޅުންތެރިންގެ ތެރޭގައި ޕޮގްބާ، އިބްރަހަމޮވިޗް އަދި މި ފަހުން އަޔަކްސްއިން ވިދާލި މަތަޔަސް ޑެ ލެއިޓް ހިމެނެއެވެ. އިޓަލީ އެފްއޭގެ ނިންމުމަށް ފަހު ކުރި ޓްވީޓެއްގައި ރަޔޯލާ ބުނީ ސަސްޕެންޑް ކުރީ ސިޔާސީ ސަބަބަކަށް ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު