Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގައި އައިސިސް

އިންޑިއާގައި އިސްލާމިކް ސްޓޭޓްގެ ޕްރޮވިންސެއް ގާއިމްކުރެވިއްޖެ ކަމަށް އެ ޖަމިއްޔާއިން އިއުލާންކޮށްފި

11 މެއި 2019 | ހޮނިހިރު 15:57

"ވިލާޔާ އޮފް ހިންދް" ޕްރޮވިންސް އިއުލާންކޮށްފައިވަނީ އިންޑިއާގެ އަސްކަރިއްޔާއާ އެކު ހިނގި ކުރިމަތިލުމަކަށް ފަހު

އަމަން ހަލީމް
އަމަން ހަލީމް | 11 މެއި 2019 | ހޮނިހިރު 15:57
އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ސީރިޔާގައި ހަރަކާތްތެރިވަނީ

އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް ސީރިޔާގައި ހަރަކާތްތެރިވަނީ

އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދެއްގައި ހިނގި ހަމަނުޖެހުންތަކަކަށް ފަހު، އެ ސަރަހައްދުގައި އައިސިސްގެ ޕްރޮވިންސެއް ގާއިމްކުރެވިއްޖެ ކަމަށް އެ ޖަމިއްޔާއިން އިއުލާން ކޮށްފިއެވެ.

"ވިލާޔާ އޮފް ހިންދް"ގެ ނަމުން ނަންދެވިފައިވާ ޕްރޮވިންސް އިއުލާން ކޮށްފައިވަނީ އައިސިސްގެ ހަބަރުތައް ގެނެސްދޭ އަމާގް ނޫސް އެޖެންސީންނެވެ. އަމާގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އައިސިސްގެ ހަނގުރާމަވެރިން އިންޑިއާ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާ ކަމަށެވެ. މި ކުރިމަތިލުންތައް ހިނގާފައިވަނީ ކަޝްމީރުގެ ޝޯޕިއާން ޑިސްޓްރިކްޓުގެ އަމްޝިޕޯރާ އަވަށުގައެވެ.

މި ކުރިމަތިލުންތަކުގައި އައިސިސްގެ ހަނގުރާމަވެރިއެއް ކަމުގައިވާ އިޝްފާގް އަހްމަދު ސޯފީ މަރާލާފައިވާ ކަމަށް އަމާގުން އާންމު ކުރި ބަޔާނުގައިވާ އިރު، އޭނާ މަރާލިކަމަށް ފުލުހުން ވެސް ރިޕޯޓް ކޮށްފައިވެއެވެ. ސޯފީއަކީ އަހަރުތަކެއް ވަންދެން ކަޝްމީރުގެ އެހެން ހަނގުރާމަވެރި ޖަމާއަތްތަކުގައި އުޅުމަށް ފަހު އައިސިސްއަށް ބައްޔަތު ހިފި މީހެކެވެ. ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ދިން އެހެން ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

އައިއެސްއިން ކަޝްމީރުގެ ސަރަހައްދެއްގައި އެ ޖަމާއަތުގެ "ހިލާފަތު" ގާއިމްކުރިކަން އިއުލާން ކޮށްފައިވާ އިރު، މިއީ ފަނޑުވަމުންދާ އެ ޖަމާއަތުގެ އަޑު އިއްވުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވެއެވެ. އައިސިސްގެ އެންމެ އުހުގައި އެ ޖަމާއަތުން ދިޔައީ އިރާގާއި ސީރިޔާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންނެވެ. އައިސިސްއިން ދެކޭގޮތަށް ދައުލަތެއް ބައްޓަން ކުރުމުގެ ބާރު ލިބިފައިނުވާ ސަރަހައްދެއްގައި "ޕްރޮވިންސެއް" އިއުލާން ކުރުމުގެ އަނެއް ބޭނުމަކީ އެ ޖަމާއަތަށް ވާގިވެރިވާ މީހުންނަށް ހިތްވަރުދިނުމެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ

26 އޯގަސްޓު 2017
ފާދިރީއެއްގެ މައްޗަށް ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވުމާއި ގުޅިގެން އިންޑިއާގައި 30 މީހަކު މަރުވެއްެޖެ
22 އޯގަސްޓު 2017

އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި

22 އޯގަސްޓު 2017
އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި
20 އޯގަސްޓު 2017

އިންޑިއާގައި ރޭލެއް ދަގަނޑުން ކައްސާލައި 23 ީމީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ

20 އޯގަސްޓު 2017
އިންޑިއާގައި ރޭލެއް ދަގަނޑުން ކައްސާލައި 23 ީމީހުން މަރުވެ 64 މީހުން ޒަޚަމްވެއްޖެ
29 ޖުލައި 2017

ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ

29 ޖުލައި 2017
ބްރެޒިލްގެ ރިއޯ ޑި ޖެނޭރޯ ސްޓޭޓްގެ މަގުތަކަށް 10،000 ސިފައިން ނެރެނީ
21 މެއި 2017

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް