Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސްރީދޭވީގެ ''މޮމް'' ޗައިނާގައި ރިލީޒް ކޮށްފި

"މޮމް" ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 މެއި 2019 | ހޮނިހިރު 03:46
ސްރީދޭވީ

ސްރީދޭވީ

ބޮލީވުޑްގެ އަންހެން ފުރަތަމަ ސުޕަރ ސްޓާރ ސްރީދޭވީ އެންމެ ފަހުން ކުޅެފައިވާ ފިލްމް "މޮމް" ހުކުރު ދުވަހު ޗައިނާގައި ރިލީޒް ކޮށްފިއެވެ.

މި ފިލްމް ރިލީޒްކުރި ދުވަހު ސްރީދޭވީގެ ހުވަފަތް ފިރިމީހާ ބޮނީ ކަޕޫރު ވަނީ އަސަރުގަދަ ނޯޓެއް ޓްވިޓާގައި ހިއްސާކޮށްފައެވެ.

ބޮނީގެ ޓްވީޓްގައި ވަނީ "މޮމް" ހުކުރު ދުވަހު ޗައިނާގައި ރިލީޒްކުރާ ކަމަށާއި އެއީ އޭނާއަށް އަސަރުން ފުރިގެންވާ ހިނދުކޮޅެއް ކަމަށެވެ. ސްރީގެ އެންމެ ފަހު ފިލްމް އެހާ ބޮޑު އޯޑިއެންސަކަށް ދައްކާތީ އެކަމަށްޓަކައި ޒީ ސްޓޫޑިއޯއަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެ ފިލްމް ޗައިނާގެ އޯޑިއެންސަށް ވެސް ކަމުދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ރަވީ އުދްޔަވާރު ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ސްރީދޭވީ ފެނިގެން ގޮސްފައި ވަނީ ގޭންގް ގްރޫޕަކުން ރޭޕް ކުރި ދޮން ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރާ ދޮން މަންމައެއްގެ ރޯލުންނެވެ.

މި ފިލްމުގައި ސްރީދޭވީ އަދާކުރި ރޯލަށް ވަނީ ގައުމީ އެވޯޑް ވެސް ލިބިފައެވެ.

ޒީ ސްޓޫޑިއޯ އިންޓަނޭޝަނަލް އިން މި ފިލްމް މީގެ ކުރިން ވަނީ 40 ސަރަހައެއްގައި ރިލީޒް ކޮށްފައެވެ.

އޭގެ ތެރޭގައި ޕޮލޭންޑް، ރަޝިޔާ، ޔޫކޭ، ސިންގަޕޯރ އަދި ޗެކް ރިޕަބްލިކް ހިމެނެއެވެ.

"މޮމް" ރިލީޒްކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ސްރީދެވީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ "ޒީރޯ" އިންނެވެ. މި ފިލްމްގައި ސްރީދޭވީ ފެނިގެން ގޮސްފައިވަނީ ޚާއްސަ ފެނިލުމަކުންނެވެ.

ސްރީދޭވީ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ދުބާއީގައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު